ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހިޖުރަ ކުރާ ދޫންޏަކީ އެއްތަނެއްގައި މަޑުވާ އެއްޗެއް ނޫން!

އެހަނޑަ
ޝެއާރކޮށްލާ ކަހަލަދޯ؟

ދޫނިސޫފާސޫފީގެ އުޅުމާއި ގުޅުންތައް ހޯދާ ދިރާސާ ކުރުމަކީ އަޅުގަނޑުމެންގެ ތެރެއިން ގިނަ ބަޔަކު ޝައުޤުވެރިވާ ކަމެކެވެ. އެހެނީ ދޫންޏަކީ އަޅުގަނޑުމެން ގިނަ ދިވެހީން ނުހަނު ގަޔާވާ އެޔަށް ލޯބިކުރާ އެއްޗެކެވެ. މާތްﷲ ދުނިޔޭގައި ލައްވަވާފައިވާ ދޫންޏަކީ ހައްދެއް ނެތް މަޢުލޫމާތު ހިނެމޭ، ތަފާތު އެތައް ބާވަތެއްގެ މަޢުލޫމާތު އެއްކުރެވިދާނެ ފުޅާ ދާއިރާއެކެވެ. ދުނިޔޭގެ ކަންކޮޅުތަކުގައި ދޫންޏާބެހޭ މަޢުލޫމާތު އެއްކުރުމަށް ސަރުކާރުތަކާއި ތަފާތު އިންސްޓިޓިއުޓްތައް ގުޅިގެން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ރާއްޖޭގެ އިރުވައި މޫސުމާއި، ހުޅަނގު މޫސުން ބެދޭ މި ދުވަސްވަރު ދުނިޔޭގެ ކަންކޮޅުތަކުގައި ދިރިއުޅެމުންދާ ތަފާތު ވައްތަރުތަކުގެ ދޫނިތައް ރާއްޖެއަށް ހިޖުރަ ކުރަމުންދެއެވެ. މިއީ ދޫންޏާ ބެހޭ މިފަދަ މަޢުލޫމާތެއް ހިއްސާ ކޮށްލަން ވަރަށް މުނާސަބު ވަގުތެއް ކަމުގައި ދެކެމެވެ.

ދިވެހިރާއްޖެއަކީ ދޫނީސޫފާސޫތްޕަށް ހިމާޔަތްދީފައިވާ ޤައުމެކެވެ. ދިވެހިރާއްޖޭގައި އުޅޭ ދޫނީގެ ގިނަ ވައްތަރުތައް ހިފުމަކީ ޤާނޫނީ ގޮތުން މަނާކަމެކެވެ. ރާއްޖޭގައި އުޅޭ ދޫނިތައް ހިފާ ފަރާތްތައް ބޮޑެތި ޢަދަދުތަކުން ޖޫރިމަނާކޮށް އަދަބު ދީފައިވެއެވެ.

ދިވެހިރާއްޖެއަކީ ދޫނީސޫފާސޫފި އާލާވުން ކުޑަ ޤައުމުކެވެ. ވަރަށް މަދު ބާވަތެއްގެ ދޫނި ފިޔަވައި ރާއްޖޭގައި އުޅޭ ދޫނީގެ ބާވަތްތަކަކީ މޫސުމީ ގޮތުން ރާއްޖެއަށް ހިޖުރަ ކުރާ ދޫނިތަކެވެ. މުސްކުޅީން ބުނާ ގޮތުން އެހެން ޤައުމުތަކުން ރާއްޖެއަން ދޫނި ހިޖުރަ ކުރަން ފަށަނީ ކޮންމެ އަހަރެއްގެ ވެސް ހުޅަނގު މޫސުމުގެ ފަހުކޮޅު އަންނަ މާ ނަކަތާ ހިސާބުންނެވެ. މީގެ ދުވަސްކޮޅެއް ކުރީން ދިވެހިރާއްޖޭގެ މި ރީތި ރަށްތަކުގެ ޗާލު ގޮނޑޮދޮށްތަކުން ފެނުނު ތޭރަވާ ބައިބަޔާއި، ރަތަފަ ފަދަ ދޫނިތައް މިހާރު ދިވެހިރާއްޖޭގެ ރަށަކުން ފެނުމަކީ ނާދިރު ކަމެކެވެ. އެއީ ދުނިޔޭގައި އުޅޭ ދޫނީގެ އާބާދީއަށް އައި ބަދަލުގެ ސަބަބުން ފާހަގަވި ކަމަކަށް ވެދާނެއެވެ. އެހެންކަމުން ދޫންޏަށް ހިމާތްދީ ބެހެލެއްޓުމަކީ މި ޤުދުރަތީ ވެށީގެ ދިރުންތައް ދިގު މުއްދަތަކަށް ރައްކާތެރި ކުރުމަށް ކޮންމެހެން ކުރަންޖެހޭ ކަމެއްކަމުގައި ވެއްޖެއެވެ.

ވައިލްޑް ލައިފް އިންސްޓިޓިއުޓް އޮފް އިންޑިޔާއިން ހިންގި ދިރާސާއެއްގައި ދޫނީގެ ބާވަތެއްކަމުގައިވާ އެހަނޑަ (ފަލްކަން)ގެ ފަސް ދޫނި ހިފައި ޓްރެކިންގ ޑިވައިސްއެއް ހަރުކޮށް އެތަކެތީގެ އުޅުން ދިރާސާ ކޮށްފައި ވެއެވެ. އެއްސަތޭކަ ހަތްދިހަ ގުރާމު ބަރުދަނުގެ ދޫނީގައި ހަރުކުރި ޑިވައިސްއަކީ ގާތްގަނޑަކަށް ފަސް ގުރާމު ބަރު، އިރުގެ ހަކަތައިން ބާރު ލިއްބައިދޭ ޑިވައިސް އެކެވެ. ޗައިނާ އަދި އިރުމަތީ މޮންގޯލިޔާގެ ސަރަހައްދުގައި ދިރިއުޅޭ އެހަނޑަތައް ކޮންމެ އަހަރު ވެސް ދަރިމައިވުމަށްޓަކައި ދުރު ދަތުރު ކުރެއެވެ. އެތައް ހާސް އެހަނޑަ އެކުގައި ކުރާ މި ދަތުރަކީ ދެކުނު އެފުރިކާ ސަރަހައްދަށް ކުރާ އެތައް ސަތޭކަ މޭލުގެ ދުރު ރާސްތާއެކެވެ. މި ދަތުރުގައި އަހަރުގެ އޮކްޓޯބަރ މަހު އިންޑިޔާގެ މަނިފޫރު ސަރަހައްދުގައި މަޑުކޮށް އަރާމު ކުރެއެވެ. އަދި އަރަބި ކަނޑު ހުރަސްކޮށް ދެކުނު އެފުރިކާ ބައްރަށް ދަތުރު ކުރެއެވެ. އަރަބި ކަނޑު ހުރަސްކުރުމަށްޓަކައި މި ދޫނިތައް ކުރާ ދަތުރުގައި ތިން ހާސް ކިލޯމީޓަރު ދުރަށް ހުއްޓުމެއްނެތި ކަނޑުމަތީން އުދުހެން ޖެހެއެވެ. މި ކަނޑު ހުރަސް ކުރުމަށް ފަސްދުވަހާއިބައިގެ ވަގުތު ހޭދަ ކުރެއެވެ. 2019ވަނަ އަހަރު އޮކްޓޯބަރ މަހު އިންޑިޔާގެ ޓަމެންގްލޯންގ ޑިސްޓްރިކްޓުން ހިފައި ގެޓް ކުރި އެހަނޑަތަކުގެ ތެރެއިން ދެ އެހަނޑަ އޭތީގެ ދަރިމައިވުމުގެ ދަތުރު ނިންމައި އެނބުރި އިންޑިޔާއަށް އައުމުގެ މަގުމަތީގައި މިހިނގާ ނޮވެމްބަރ މަހު ސޯމާލިޔާގައި މަޑުކުރުމަށްފަހު އިންޑިޔާއަށް އައިސްފައި ވެއެވެ. މި ދޫނިތައް ކުރި ދިގު ދަތުރަކީ ގާތްގަނޑަކަށް ތެއްތިރީސްހާސް ކިލޯމީޓަރގެ ދިގު ދަތުރެކެވެ.

ދޫނިތައް ދިރިއުޅޭ ވަޒަން ދޫކޮށް އަނެއްވަޒަނަށް ކުރާ މި ދިގު ދަތުރުތައް ކުރަނީ އެ ވަގުތަކު އެ ދޫންޏަކަށް އެންމަ އެކަށޭނަ މާހައުލެއް ބަލައިގެންނެވެ. އެ ދޫނިތަކަށް ރައްކާތެރިކަމާއި، ކެއިންބުއިން އެންމެ ފަސޭހަވާނެ ގޮތްތަކަށް ވިސްނައިގެންނެވެ. ދަރިމައިވުމާއި އަރާމު ކުރުމުގެ ތާވަލްތައް ރާވައިގެންނެވެ. ހަމައެހެންމެ ދޫނިސޫފާސޫފީގެ މި ދަތުރުތަކަކީ މޫސުމީ ގޮތުން އެ ތަކެތީގެ ދިރިއުޅުމާއި ގުޅިފައިވާ ކަމެކެވެ. އަޅުގަނޑުމެންނަށް ނުވިސްނުނަސް ދިވެހިރާއްޖެއަށް ޒިޔާރަތްކުރާ ދޫނިތައް ރާއްޖެއަށް އައިސް އެ އުޅެނީ އަހަރު ދުވަހަށް ރާވާލެވިފައިވާ ތާވަލުގައި ދިވެހިރާއްޖެއަކީ އެ ތަކެތީގެ މަންޒިލެއްކަމުގައި ލިސްޓް ކުރެވިފައި ވާތީއެވެ. މޫސުމީ ގޮތުން ދިވެހިރާއްޖެއަށް ހިޖުރަކުރާ ދޫނިތައް މި ރާއްޖޭގައި ދާއިމީކޮށް ނުތިބޭނެއެވެ. އެނބުރި ދާންޖެހޭ މުއްދަތު ހަމަވުމުން އެ ދޫނިތައް ދެން އޮތް މަންޒިލަކަށް އަނެއްކާ ވެސް ދަތުރު ފަށާނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: