ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަންނަ އަހަރަށް ލަފާކޮށް ހުށަހެޅި ބަޖެޓަކީ މިއަދުގެ ހާލަތަށް ބަލާ ހުށައެޅޭނެ އެންމެ ރަނގަޅު ބަޖެޓް: ރައީސް

ޝެއާރކޮށްލާ ކަހަލަދޯ؟

އަންނަ އަހަރަސް ލަފާކޮށް ސަރުކާރުން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބަޖެޓަކީ މިއަދުގެ ހާލަތަށް ބަލާ ހުށައެޅޭނެ އެންމެ ރަނގަޅު ބަޖެޓު ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ހޯރަފުށީގެ އެއާޕޯޓް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން 2021 ވަނަ އަހަރުގެ ބަޖެޓާއި ގުޅޭގޮތުން ރައީސް ސާލިހު ވިދާޅުވީ އަންނަ އަހަރަށް ސަރުކާރުން މަޖިލީހަށް ހުށަހެޅި ދައުލަތުގެ ބަޖެޓަކީ  މިއަދުގެ ހާލަތަށް ބަލާ ހުށައެޅޭނެ އެންމެ ރަނގަޅު ބަޖެޓް ކަމަށެވެ. ދުނިޔެއަށް ދިމާވެފައި މި އޮތް ކޮވިޑްގެ ދަތި އުނދަގޫ ހާލަތާއި ރާއްޖޭގެ އިގްތިސާދަށް ކުރިމަތިވެފައި އޮތް މި ދަތި ހާލަތުގައި ސަރުކާރުން ކުރަން ޖެހޭނެ އެންމެ މުހިންމު ކަމަކީ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށް ދިނުން ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މިއަހަރުގެ ތެރޭގައި ސަރުކާރުން އައީ އެކަން ވަރަށް ރަނގަޅަށް ކުރަމުން ކަމަށް ރައީސް ވިދާޅުވިއެވެ.

ބަޖެޓުގައި ހުރި ކަންކަމަށް އަލިއަޅުއްވާލައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އައު ބަޖެޓްގައި ސިއްހީ ދާއިރާއަށް ހަތަރު ބިލިއަން ރުފިޔާ، ތައުލީމީ ދާއިރާއަށް 3.9 ބިލިއަން ރުފިޔާ، އިޖްތިމާއީ ދާއިރާއަށް 3.7 ބިލިއަން ރުފިޔާ އަދި ގެދޮރު އިމާރާތް ކުރުމަށް 2.3 ބިލިއަން ރުފިޔާ ހިމަނާފައިވާނެ ކަމަށެވެ. އަދި އައު ބަޖެޓްގައި ރިކަރަންޓް ހަރަދުގެ ގޮތުގައި ހިމަނާފައިވާނީ މުސާރަތަކާއި ހިންގުމަށް ހިނގާ ހަރަދުތަކާއި އާސަންދަ އާއި ދުވަސްވީ މީހުންނަށް ދޭ އިނާޔަތާއި ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ދޭ އިނާޔަތް އަދި އެކަނިވެރި މައިންނަށް ދޭ އިނާޔަތް ކަމަަށެވެ.

ރައީސް ސާލިހު ވިދާޅުވި ގޮތުގައި ބޮޑެތި ޕްރޮޖެކްޓްތަކުގެ ފައިސާ ހުރީ ހަމަޖެހިފައެވެ. ބަޖެޓާމެދު ބަހުސް ކުރަމުންދިޔައިރު ބައެއް މެންބަރުން ދެއްކެވި ބައެއް ވާހަކަތައް އަޑުއެއްސެވި ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން ބަޖެޓު ކުޑަކުރަން ޖެހޭ ކަމަށް ބައެއް މެމްބަރުން ވިދާޅުވިކަން ރައީސް ފާހަގަ ކުރެއްވިއެވެ. އެކަމަށް އިޝާރާތް ކުރައްވާ ރައީސް ވިދާޅުވީ މިއީ ބަޖެޓު ކުޑަކޮށް ޕްރޮޖެކްޓްތައް ހުއްޓާލަންވީ ވަގުތެއް ނޫނޭ ކަމަށެވެ. ސަރުުކާރުން ކުރަން ޖެހޭ ކަމަކީ މިދަނޑިވަޅުގައި އިގްތިސާދު ހިންގުން ކަމަށާއި ބަޖެޓުގައި ޖަހާފައިވާ ބޮޑެތި ޕްރޮޖެކްޓްތަކަކީ ފައިސާ ހަމަޖެހިފައި ހުރި ޕްރޮކެޖޓްތައް ކަމަށް ވާތީ ބަޖެޓް ފާސްކޮށް ދޭން ޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ.

ބަޖެޓުގެ ބޮޑުބައެއް ދަރަނި ދެއްކުމަށް ހިމަނާފައިވާ ކަމަށް ބުނެ ދެކެވޭ ވާހަކަތަކަށް އިޝާރާތް ކުރައްވާ ރައީސް ސާލިހު ވިދާޅުވީ  ރައީސް ޔާމީން ވެރިކަމަށް ވަޑައިގެންނެވިއިރު ރާއްޖޭގެ ދަރަނި ހުރީ 26 ބިލިއަންގައި ނަމަވެސް ފަސް އަހަރުގެ ވެރިކަން ނިމުނުއޮރު ރާއްޖޭގެ ދަރަނި 60 ބިލިއަނަށް މަތިވެފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ މިދިޔަ ދެ އަހަރު މި ސަރުކާރުން އުފެއްދީ 15 ބިލިއަންގެ ދަރަނި ކަމަށެވެ. އެހެން ކަމުން ސަރުކާރުން ބަޖެޓު ހުށަހަޅާފައިވާ ގޮތަސް ފާސްކޮށް ދެއްވުމަށް ރައީސް ވަނީ އެދިވަޑައިގެންފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: