ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހޯރަފުށީ އެއާޕޯޓަކީ އިހަވަންދިއްޕޮޅު ތަރައްޤީ ކުރުމުގެ ފެށުން: ރައީސް

ޝެއާރކޮށްލާ ކަހަލަދޯ؟

ހޯރަފުށީ އެއާޕޯޓަކީ އިހަވަންދިއްޕޮޅު ތަރައްޤީ ކުރުމުގެ ފެށުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ހއ.ހޯރަފުށި އެއާޕޯޓު ހުޅުވުމަށް މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ހޯރަފުށި އެއާޕޯޓު ހުޅުވިގެން ދިއުމުން ރަމްޒުކޮށްދެނީ، ރާއްޖޭގެ ރަށްތަށް ލާމަރުކަޒު ކުރުމުގައި ސަރުކާރުން ކުރަމުންދާ މަސައްކަތަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ.

މީގެ އިތުރުމް މިއީ މުޅި އިހަވައްދިންޕޮޅު ތަރައްޤީކުރުމުގެ ފެށުންކަަށާއި  މިއީ، ތުރާކުނާއި، އުލިގަމާއި، މޮޅަދުއާއި، އިހަވަންދޫ، އަދި ތަކަންދޫ މާރަންދޫގެ ރައްޔިތުން ވެސް، އުންމީދު ކުރަމުން އައި ތަރައްޤީ ގެނެސްދޭނެ އެންމެ މުހިންމު އެއް ވަސީލަތްކަމައް ރައީސް ވިދާޅުވިއެވެ.

“ހޯރަފުށީ އެއާޕޯޓާއެކު، އިހަވަންދިއްޕޮޅުގެ ރަށްރަށުގެ ރައްޔިތުންނަށް ވަޒީފާގެ އެތައް ފުރުޞަތެއް ތަނަވަސް ވެގެން ދާނެ. މި އެއާޕޯޓު އިތުރަށް ތަރައްޤީވެ ފުރިހަމަވެގެން ދާއިރު ކައިރި ރަށްރަށުގެ ރައްޔިތުންނަށް ވެސް މި އެއާޕޯޓު ބޭނުންކުރެވޭނެ ފަސޭހަ އިންތިޒާމެއް ހަމަޖެހިގެން ދާނެ ” ރައީސް ވިދާޅުވިއެވެ.

އަދި ހޯރަފުށީ އެއާޕޯޓަކީ އެ ސަރަޙައްދުގެ ފަތުރުވެރިކަމަށް ލިބުނު ވަރަށް ބޮޑު އުންމީދެއް ކަމަށާއި އެގޮތުން ހޯރަފުށިން ފަތުރުވެރިކަމަށް ދޫކުރާނެ ބިންތައް، ޤާނޫނުގައިވާ ގޮތުގެ މަތިން، ޕްލޭނިން މިނިސްޓްރީގެ ލަފަޔާއެކު، މިދިޔަ ހޯމަ ދުވަހު ކަނޑައަޅާފައި ވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެއިތުރުން ހއ. އަތޮޅުގައި ފަތުރުވެރިކަމުގެ މާގިނަ ފުރުޞަތުތަކެއް ނެތް ނަމަވެސް، މި އެއާޕޯޓާއެކު، ފަތުރުވެރިކަމުގެ ވަރަށް ފަހި ފުރުޞަތުތަކެއް، މި ސަރަޙައްދުގައި ތަނަވަސްވާނެ ކަމަށާއި، އެގޮތުން، ހއ. ކެލާގައި ޓޫރިސްޓް ހޮޓަލެއް ތަރައްޤީކުރަން، އެރަށުގެ އަށް ލައްކަ އަކަފޫޓަށް ވުރެ ބޮޑު ސަރަޙައްދެއް މިދިޔަ އާދީއްތަ ދުވަހު ބީލަމަށް ހުޅުވާލާފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: