ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

“މިއީ ބިންގާ އަޅާ ބާރުމިނުގައި މަޝްރޫއުތައް ނިންމާ ސަރުކާރެއް” ނަހުލާ

ޝެއާރކޮށްލާ ކަހަލަދޯ؟

މިއީ މަޝްރޫއުތަކުގައި ބިންގާ އަޅާ ބާރުމިނުގައި ނިންމާ ސަރުކާރެއް ކަމަށް ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.

ހއ.ހޯރަފުށި އެއާޕޯޓު ހުޅުވުމަށް މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ނަހުލާ ވިދާޅުވީ މިފަދަ އެއާޕޯޓެއް ހުޅުވިގެން ދިޔުމަކީ މިކަމުގެ ސަބަބުން އިގްތިސާދީ އަދި ސިނާއީ މަސައްކަތްތައް ފަށައިގަންނަން ރައްޔިތުންނަށް އިތުރު ބާރަކަށް ވެގެންދާނެ ކަމަށްވެސް ނަހުލާ ވިދާޅުވިއެވެ.

“މި ސަރުކާރަކީ ތަރައްގީގެ މަޝްރޫއުތަކުގެ ބިންގާ އަޅާ، ހަމަ އެ ބާރުމިނުގައި އެ މަޝްރޫއެއް ނިންމާ ސަރުކާރެއް” ނަހުލާ ވިދާޅުވިއެވެ.

އޭގެ އިތުރުން ހޯރަފުއްޓާއި މި ސަރަހައްދުގެ އެންމެހާ ރައްޔިތުންގެ ހުވަފެންތައް ހަގީގަތަކަށް މިއަދު ވެގެން ދިޔައީ އަތޮޅުތައް ތަރައްގީ ކުރުމަށް ރައީސް ސޯލިހު ދެއްވާ އިސްކަމެއްގެ ސަބަބުން ކަމަށްވެސް ނަހުލާ ވިދާޅުވިއެވެ.

ހޯރަފުށީގައި އެއާޕޯޓެއް އެޅުމަކީ ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހު ވެވަޑައިގެންނެވި ވައުދެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: