ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކާގޯ ފެރީގެ ހިދުމަތް ހުވަދޫ އާއި އައްޑޫ އަށް ފަށަނީ

ކާގޯ ފެރީ ކުޅުދުއްފުށީގައި
ޝެއާރކޮށްލާ ކަހަލަދޯ؟

ކާގޯ ފެރީގެ ހިދުމަތް ހުވަދު އަތޮޅަށާއި އައްޑު ސިޓީ އަށް ފެށުމަށް ތައްޔާރުވަމުންދާ ކަމަށް ރައީސް އިބްރާޙިމް މުޙައްމަދު ސޯލިޙު ވިދާޅުވެއްޖެއެވެ.

ހއ.ހޯރަފުށި އެއާޕޯޓު ހުޅުވުމަށް މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ހދ. ކުޅުދުއްފުއްޓާއި އިންޑިޔާގެ ކޮޗިންއާ ދެމެދު މިދިޔަ ސެޕްޓެމްބަރު މަހުގެ ފަހުކޮޅު، ފެށި ކާގޯ ފެރީގެ ޚިދުމަތަކީ، ވިޔަފާރި ލާމަރުކަޒު ކުރުމުގެ ވަރަށް މުހިންމު މަސައްކަތެއް ކަމަށެވެ

އަދި އޭގެ ސިލްސިލާގެ ދަށުން އައްޑޫ އާއި ހުވަދޫ އަތޮޅަށް އެ ހިދުމަތް ފުޅާކުރުމަށް ތައްޔާރުވަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ.

އިންޑިއާގެ ކޮޗިން އާއި ރާއްޖެއާ ދެމެދު ކާގޯ ފެރީގެ ހިދުމަތް ފެށީ ސެޕްޓެމްބަރު މަހު 21 ވަނަ ދުވަހުއެވެ. ކާގޯ ބޯޓުގެ ފުރަތަމަ ދަތުރުގައި ސެޕްޓެމްބަރު މަހުގެ 26 ވަނަ ދުވަހު ވަނީ ހދ.ކުޅުދުއްފުއްޓަށް އައިސްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: