ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ޔާމީން ވަޑައިގެންނެވީ ނުއަނގުގައި ދޫކުރި ރަށްތަކުން ލިބުނު ފައިސާކޮޅުވެސް ހިއްޕަވައިގެން: ރައީސް ސޯލިހް

ހޯރަފުށީ އެއާޕޯޓު ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް ސާލިހު ވާހަކަފުޅު ދައްކަވަނީ: ފޮޓޯ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވަޑައިގެންނެވީ ނުއަނގުގައި ދޫކުރި ރަށްތަކުން ލިބުނު ފައިސާކޮޅުވެސް ހިއްޕަވައިގެން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހް ވިދާޅުވެއްޖެ އެވެ.

މި ސަރުކާރުން ތަރައްގީކުރި ފުރަތަމަ އެއާޕޯޓު ހއ. ހޯރަފުށީ އެއާޕޯޓު ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސާލިހް މިއަދު ވިދާޅުވީ، އެފައިސާވެސް ހުރިނަމަ ދަރިވަގުތު ތަކުގައި ބޭނުންކުރަން ހުރިކަމަށެވެވ.

“ރައީސް ޔާމީންްގެ ވެރިކަމުގައި ދޫކުރި ރަށްތަށް ނުއަނގުގައި ދޫކޮށް އެ ލިބުނު ފައިސާކޮޅުވެސް ހިފައިގެން ވަޑައިގެންނެވީ، އެވެސް ބަޖެޓުގައި ހުރިނަމަތާ މި ދަތިހާލަތުގައި އޭގެން ހަރަދު ކުރަނީ”. ރައީސް ވިދާޅުވިއެވެ،

މީގެ އިތުރުން ރައީސް ވިދާޅުވީ، ރައީސް ޔާމީން ވެރިކަމަށް ވަޑައިގަތް އިރު ރާއްޖޭގެ ދަރަނި އޮތީ 26 ބިލިއަން ރުފިޔާގައި ކަމަށާއި އެހެން ނަމަވެސް އެމަނިކުފާނު ވެރިކަމުން ފައިބައިވަޑައިގަތް އިރު ދައުލަތުގެ ދަރަނި ވަނީ 60 ބިލިއަނަށް އަރާފައި ކަމަށް ރައީސް ސޯލިހް ވަނީ ފާހަގަކުރައްވާފައެެވެ.

ރައީސް ވިދާޅުވީ މި ސަރުކާރުން ވެރިކަމަށް އައި އިރު ރިޒާވްގައި ހުރީ 250 މިލިއަން ޑޮލަރު ކަމަށާއި، މި ދަތި ހާލަތުގައިވެސް ރިޒާވްގައި އެވަރު ހުރި ކަމަށް ރައީސް ވިދާޅުވިއެވެ.

ވަރަށް ގަދަ
67%ވަރަށް ގަދަ 33%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: