ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސައީދު، ރައީސް ސޯލިހުއަށް: ގޮތްދޫކޮށް ރަނގަޅު ލަފާ ހޯއްދަވާ!

ޝެއާރކޮށްލާ ކަހަލަދޯ؟

ގޮތްދޫކޮށް ރަނގަޅު ލަފާ ހޯއްދެވުމަށް މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއަށް ގޮވާލައްވައިފިއެވެ.

ސައީދު މިހެން ވިދާޅުވީ އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި 34 ބިލިއަން ރުފިޔާގެ ބަޖެޓަކީ ކޮވިޑްގެ ބަލިމަޑުކަމުގެ މި ހާލަތުގައި އިގްތިސާދު ހިނގައިގަނެވޭނެ ގޮތްތަކަށް އަމާޒުކޮށް މިވަގުތަށް ހުށަހެޅޭނެ އެންމެ ރަނގަޅު ބަޖެޓް ކަމަށް ރައީސް ސޯލިހު މިއަދު ވިދާޅުވުމާ ގުޅިގެންނެވެ.

އެގޮތުން ސައީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދުނިޔެއަށް އިންތިސާދީ ބަލިމަޑުކަމެއް ނާންނާނެ ކަމާއި މިދުވަސްވަރު ބޮޑު “ބޫމް” އެއް ރާއްޖެ އަންނާނެ ކަމަށް ގަބޫލު ކުރާ ރައީސް އަކު އެހެން ވިދާޅުވުމުން ހައިރާނެއް ނުވާ ކަމަށެވެ.

“ގޮތްދޫކޮށް ރަނގަޅު ލަފާ ހޯއްދަވާ!” ސައީދު ވިދާޅުވިއެވެ.

ހއ. ހޯރަފުށީގެ އެއާޕޯޓް ހުޅުވުމުގެ ރަސްމިއްޔާތުގައި، އަންނަ އަހަރުގެ ބަޖެޓާ ގުޅޭ ގޮތުން ފުރަތަމަ ފަހަރަށް ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ކޮވިޑުގެ ބަލިމަޑުކަމުގައި ރާއްޖެ އިގްތިސާދީ ގޮތުން އޮތް ދަތި ހާލަތުގައި ސަރުކާރުން ކުރަން ޖެހޭނެ އެންމެ މުހިއްމު ކަމަކީ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށެވެ. ކިތަންމެ ދަތީގައި ވެސް މިހާތަނަށް ސަރުކާރުން އެކަން ކުރަމުން އައީ ވަރަށް ރަނގަޅަށް ކަމަށް ރައީސް ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 67%ވަރަށް ގަޔާވޭ 33%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: