ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަސްކަރީ ދާއިރާއިން އިނގިރިސި ވިލާތާއި ރާއްޖެއާއި ދެމެދު އޮންނަ ގުޅުމާ ބެހޭ މަޝްވަރާތަކެއް ބާއްވައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

އިނގިރޭސިވިލާތުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ޑިފެންސް އެޑްވައިޒަރ ކާނަލް ޑޭވިޑްއޭސްމަން މިނިސްޓަރ އޮފް ޑިފެންސް މާރިޔާ އަޙްމަދު ދީދީގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން އޮތީ ބުރާސްފަތި ދުވަހުގެ މެންދުރުފަހު ސިފައިންގެ މައި މަރުކަޒު ބަންޑާރަކޮށީގައެވެ.

މިބައްދަލުކުރެއްވުމުގައި އިނގިރޭސިވިލާތުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކެރޮން ރޯސްލަރ ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

މިބައްދަލު ކުރެއްވުމުގައި މައިގަނޑުގޮތެއްގައި މަސްވަރާކުރެވުނީ އަސްކަރީ ދާއިރާއިން ދެ ގައުމުގެ ދޭތެރޭގައި އޮންނަ ގާތް ގުޅުމާ ގުޅޭގޮތުންނެވެ. އެގޮތުން 1995 އިން ފެށިގެން އޮތް ގާތް ރަހުމަތްތެރިކަމުގެ ގުޅުން، މެދުކެނޑިފައި އޮތުމަށްފަހު މިހާރު އެގައުމުގެ ރޯޔަލްމެރިންސްއިން ދިވެހި އަސްކަރިއްޔާއަށް ދޭ ތަމްރީނާއި އަންނަ ޑިސެމްބަރު މަހު ބާއްވަން ނިންމާފައިވާ ޓޭވަލް ޓޮޕް އެކްސްސައިޒްއާ، އިނގިރޭސިވިލާތުން، ދިވެހި އަސްކަރިއްޔާއަށް ކުރިއަށް އޮތްތާގައި ފުރުސަތު ދެމުން އަންނާނެ ތަމްރީންތަކާ ގުޅޭ ގޮތުން ވެސް މިބައްދަލުކުރުމުގައި ވާހަކަ ދެކެވި، މަސްވަރާކުރެވިނެވެ.

މީގެއިތުރުން ދިފާއީ އަދި އަސްކަރީ ދާއިރާއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން މިދިޔަ ދެ އަހަރު ގެނެސްފައިވާ ހެޔޮ ބަދަލުތަކުގެ ތަފްސީލެއް މިނިސްޓަރު މާރިޔާ ވަނީ އެ ދެ ބޭފުޅުންނާ އިސްސާކުރައްވައިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: