ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބަޖެޓަށް ވޯޓެއް ނުދޭނަމޭ ނަޝީދު ވިދާޅުވުމަކީ ޒިންމާދާރުކަން ކުޑަ ވާހަކައެއް: މަވޯޓާ ޝަރީފް

މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

މަޖިލީހުގެ ރިޔާސަތުގައި އިންނަވައިގެން ވޯޓު ދެއްވޭ ނަމަ، އަންނަ އަހަރަށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓަށް ވޯޓު ނުދެއްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުހަންމަދު ނަޝީދު ވިދާޅުވުމަކީ ވަރަށް ޒިންމާދާރުކަން ކުޑަ ވާހަކައެއް ކަމަށް މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް (މަވޯޓާ) ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މެންބަރަކު ދެއްކެވި ވާހަކައަކާ ގުޅިގެން ރައީސް ނަޝީދު ވިދާޅުވީ ދައުލަތުގެ ދަރަންޏާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުން ރިޕޯޓެއް ފާސްކޮށްފައިވާ ކަމަށާއި އެ ރިޕޯޓާ އެއްގޮތަށް ނޫނީ މެމްބަރުންނަށް ބަޖެޓަށް ވޯޓު ދެވޭނެ ގޮތެއް ވިސްނިވަޑައިނުގަންނަވާ ކަމަށެވެ.

ސަންގުޓީވީގެ “ޚަބަރަށްފަހު” ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވީ މަޖިލީހުގެ ރައީސްކަމުގައިވިޔަސް، ރައީސް ނަޝީދު އެ ވިދާޅުވީ ވަރަށް ޒިންމާދާރުކަން ކުޑަ ވާހަކަފުޅެއް ކަމަށެވެ. އަދި އަދި މަޖިލީހުގެ ރައީސް ރިޔާސަތުގައި އިންވައިގެން އެއްގޮތަކަށްވެސް އެފަދަ ބަސްފުޅެއް ވިދާޅުވެގެން ނުވާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ އެވާހަކަފުޅަކީ އެމްޑީޕީގެ ރައީސްގެ މަޤާމުގައި ހުންނަވައިގެންވެސް ދައްކަވައިގެންވާނެ ވާހަކައެއް ނޫން ކަމަށެވެ. އަދި މިއީ ރައީސް ނަޝީދުގެ ސަރުކާރު ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

ކަމެއް އިސްލާހު ރަނގަޅު ކުރަން އޮތިއްޔާ ފިނޭންސް މިނިސްޓަރާއި ނުވަތ ރައީސުލްޖުމްހޫރިއްޔާ އާއި ވަކިންވެސް ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ވާހަކަ ދެއްކެވޭނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ ރައީސް ނަޝީދަކީ ވެރިކަންކުރާ ޕާޓީގެ ރައީސް ކަމަށާއި އެ ޒިންމާއިން އެމަނިކުފާނަށް ރެކިވަޑައެއް ނުގެންނެވޭނެ ކަމަށެވެ. އެހެން ނޫން ނަމަ އިސްތިއުފާ ދެއްވާފައިވާ އާންމު މެންބަރަކަށް ބަދަލުވާންވީ ކަމަށް ޝަރީފް ވިދާޅުވިއެވެ.

“ރައީސް ނަޝީދަކީ ވެރިކަންކުރާ ޕާޓީގެ ރައީސް، މިއީ ރައީސް ނަޝީދުގެވެސް ސަރުކާރު، އެ ޒިންމާއިން އެމަނިކުފާނަށް ރެކިވަޑައެއް ނުގެންނެވޭނެ، އެހެން ނޫން ނަމަ އިސްތިއުފާ ދެއްވާފައިވާ އާންމު މެންބަރަކަށް ބަދަލުވާންވީ” ޝަރީފް

ބުދަ ދުވަހުގެ ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނު މަޖިލީހުގެ ރިޔާސަތުގައި ނީންނަވައި ވޯޓު ދެއްވޭ ގޮތަށް އިންނެވި ނަމަ އެ ބަޖެޓަށް ވޯޓު ނުދެއްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ދައުލަތުގެ ދަރަންޏާ ބެހޭގޮތުން މަޖިލީހުން ފާސްކުރި ރިޕޯޓުގައި ސަރުކާރަށް ގޮވާލާފައި ވަނީ ދަައުލަތުގެ ދަރަނި ރިސްޓްރަކްޗާ ކުރުމަށެވެ. ދަރަނި ރިސްޓްރަކްޗާ ކުރުމަކީ ފައިސާ އަނބުރާ ދައްކަން ޖެހޭ މުއްދަތު އިތުރުކުރުމާއި ފައިސާ ދައްކަން ފަށަށް ޖެހޭ ތާރީހު ލަސްކުރުން ފަދަ ކަންތައްތަކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: