ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުށުގެ ރިކޯޑް ސާފުކުރުން ޑީޖޭއޭއަށް ބަދަލުކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ޝަރުއީ ދާއިރާގެ ހުރިހާ ކޯޓުތަކެއްގެ ރެކޯޑް ސާފުކުރުމުގެ ކަންކަން ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)ގެ ދަށަށް ބަދަލުކޮށްފިއެވެ.

ޑީޖޭއޭއިން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ، ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ތިން ވަނަ އިސްލާހު ގެނައުމުގެ ގާނޫނާއި ގުޅިގެން މަރުކަޒީކޮށް ކުށުގެ ރެކޯޑް ބަލަހައްޓާނީ ޑީޖޭއޭއިން ކަމަށް އެޓާނީ ޖެނެރަލް ކަނޑައަޅުއްވާފައިވާ ކަމަށެވެ.

އެހެންކަމުން ނޮވެމްބަރު 22 ވަނަ ދުވަހުން ފެށިގެން ޝަރުއީ ދާއިރާގެ ހުރިހާ ކޯޓުތަކެއްގެ ރެކޯޑް ސާފުކުރުމުގެ ކަންތައްތައް ކުރިއަށްގެންދާނީ ޑީޖޭއޭ އިން ކަމުގައި އެ އިދާރާއިން ވަނީ ބުނެފަ އެވެ.

ޑީޖޭއޭ އިން ބުނެފައިވަނީ ރިކޯޑް ސާފުކުރުމަށް ހުށަހަޅާއިރު އެކަމަށް އެދޭ ފޯމާއި، އައިޑީކާޑްގެ ކޮޕީ ނުވަތަ ޕާސްޕޯޓްގެ ކޮޕީ އަދި ކޮމްޕެނީއެއްގެ ރެކޯޑް ސާފުކުރާނަމަ އެ ކޮމްޕެނީގެ ރަޖިސްޓްރީގެ ކޮޕީ އަދި ފޯމުގެ ވެރިފަރާތާއި ގުޅޭނެ ފޯނު ނަމްބަރު ހުށަހަޅަންވާނެ ކަމަށެވެ. އަދި އެ މައުލޫމާތުތައް މެއިލް (records@judiciary.gov.mv) ކުރުމުން ރެކޯޑް ސާފުކުރެވޭނެ އިންތިޒާމު ހަމަޖެހެނޭކަމަށްވެސް މައުލޫމާތު ދީފައިވެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: