ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕީޕީއެމްއަކީ ހަރުދަނާ އިދިކޮޅު ޕާޓީއެއް ނޫން. އެމްޑީޕީން ދަނީ އިދިކޮޅު ފަރާތުގެ ރޯލު ވެސް އަދާ ކުރަމުން.”: ޝަރީފް

މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

އިދިކޮޅު ޕީޕީއެމް އަކީ ހަރުދަނާ އިދިކޮޅު ފަރާތެއްގެ ނޫންކަމަށާއި  ވެރިކަން ކުރާ ފަރާތުގެ އިތުރުން އިިދިކޮޅު ފަރާތުގެ ރޯލު ވެސް ކުޅެމުން ދަނީ އެމްޑީޕީ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.

ޝަރީފް ކުރެއްވި ޓްވީޓްތަކެއްގައި ވިދާޅުވީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ހާލަތާއި އެ ހާލަތުގެ ސަބަބުން ކުރިމަތިވެފައިވާ އިގްތިސާދީ ތަދުމަޑުކަމުން އަރައިގަތުމަށް ސަރުކާރުން ކުރަން ޖެހޭ ހުރިހާ މަސައްކަތެއް ކުރަމުން ގެންދާ ކަމަށާއި ދައުލަތުގެ އެއްވެސް މުވައްޒަފަކު ވަޒީފާއިން ވަކި ނުކުރާ ކަމަށާއި އެއްވެސް މުވައްޒަފެއްގެ މުސާރައިން އުނި ނުކުރާ ކަމަށެވެ.

އަދި ވަޒީފާއާއި އާމްދަނީއަށް އަސަރު ކުރި ފަރާތްތަކަށް ވީ ވަރަކުން އިނާޔަތް ދީފައިވާ ކަމަށް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ ސަރުކާރެއްގެ ގޮތުގައި އެމްޑީޕީ އިން ރަނގަޅު މަސައްކަތެއް ކުރެވެމުންދާއިރު ކޮންމެ  ޒިންމާދާރު ހަރުދަނާ އިދިކޮޅު ފަރާތެއްގެ ރޯލު ޕީޕީއެމްއާއި ޕީއެންސީއަށް އަދާ ނުކުރެވޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ޝަރީފް މީގެ އިތުރުން ވިދާޅުވީ ކޮންމެ ސަރުކާރެއްގައި ވެސް ހިނގާ ގޮތަށް މި ސަރުކާރުގައި ވެސް މަދު ކަންކަން ގޯސްކޮށް ހުންނާނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: