ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޓޫރިސްޓް ގެސްޓްހައުސް ހިންގުމާބެހޭ ގަވާއިދަށް އިސްލާހުތަކެއް ގެނެސްފި

ގެސްޓްހައުސް ހިންގުމުގެ ގަވާއިދަށް އިސްލާހުތަކެއް
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގައި ޓޫރިސްޓް ގެސްޓްހައުސް ހިންގުމާބެހޭ ގަވާއިދަށް ޓޫރިޒަމް މިނިސްޓްރީގެ ފަރާތުން އިސްލާހުތަކެއް ގެނެސް ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްފިއެވެ.

ގެސްޓްހައުސް ހިންގުމުގެ ގަވާއިދަށް ޓޫރިޒަމް މިނިސްޓްރީން ގެނެފައިވާ އިސްލާހުގައި ބުނެފައިވާ ގޮތުގައި ޓޫރިސްޓް ގެސްޓްހައުސްއެއް ހިންގުމަށް ހުއްދަ ދީފައިވާ ފަރާތަކުން އެ ގެސްޓްހައުސް ހިންގުން ހުއްޓައިލަން ބޭނުންވެއްޖެނަމަ، ގަވާއިދުގެ ދަށުން އެ ފަރާތަކަށް ދޫކޮށްފައިވާ ޓޫރިސްޓް ގެސްޓްހައުސް ހިންގުމުގެ ހުއްދަ ބާޠިލުކޮށްދިނުމަށް އެދި މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ.

އެގޮތުން ޓޫރިސްޓް ގެސްޓްހައުސް ހިންގުމަށް ދީފައިވާ ހުއްދަ ބާޠިލުކޮށްދިނުމަށް އެދި ހުށަހަޅައިފިނަމަ، އެ ހުށަހެޅުމެއް ލިބޭ ތާރީޚުން ފެށިގެން ގިނަވެގެން 7 ދުވަހުގެ ތެރޭގައި އެ ހުއްދަ ބާޠިލުކޮށް، ހުއްދަ ބާޠިލުކުރުމަށް ހުށަހެޅި ފަރާތަށް މިނިސްޓްރީން އަންގަންވާނެ ކަމަށް ގަވާއިދުގައި ވަނީ ބުނެފައެވެ.

ގެސްޓްހައުސް ހިންގުމުގެ ގަވާއިދަށް ގެނެސްފައިވާ އިސްލާހުގައި ބުނެފައިވާ ގޮތުގައި ގައިވާއިދުގައި ބުނެފައިވާ ގޮތުގެ މަތިން ހުއްދައިގެ މުއްދަތު އިތުރުކުރަން ހުށަހަޅައިފައިވާނަމަ، އެ ހުށަހެޅުމާމެދު މިނިސްޓްރީން ގޮތެއް ކަނޑައަޅަންދެން އެ ފަރާތަކަށް ދީފައިވާ ހުއްދަ ބާޠިލެއް ނުވާނެއެވެ.

މީގެއިތުރުން ގަވާއިދުގެ ދަށުން ދީފައިވާ ޓޫރިސްޓް ގެސްޓްހައުސް ހިންގުމުގެ ހުއްދައެއް އެހެން ފަރާތެއްގެ ނަމަށް ބަދަލުކުރެވޭނީ، ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އެކަމަށް އެދި މިނިސްޓްރީއަށް ހުށަހެޅުމުން، އެ ހުށަހެޅުމުގަ ބަޔާންކޮށްފައިވާ އެންމެހައި ކަންކަން ފުރިހަމަވުމާއެކު، އެ ގެސްޓްހައުސް ހިންގުމުގެ ހުއްދަ ލިބިފައިވާ ފަރާތުން، އެ ގެސްޓްހައުސްއާ ގުޅިގެން ދައުލަތުގެ އެއްވެސް އިދާރާއަކަށް ދައްކަންޖެހިފައިވާ ޓެކުހެއް ނުވަތަ ފައިސާއެއް އޮތްނަމަ، އެ ޓެކުހެއް ނުވަތަ އެ ފައިސާ ދައްކައި ޚަލާޞްކުރުމުންނެވެ.

ވަރަށް ގަދަ
50%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 50%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: