ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބިދޭސީންތަކެއް ވެގެން ބިދޭސީއެއް މަރާލުން: ލުތުފަރުގެ މަރުގެ މައްސަލައިގެ އަޑުއެހުމެއް މާދަމާ!

ލުތުފަރުގެ ހަށިގަނޑުގެ ބައިތައް ކަނޑު އަޑިން ފެނިފައިވަނީ އޭނާ ގެއްލިގެން ހޯދަން ފެށިތާ 15 ދުވަސް ފަހުން/ ފޮޓޯ: ފުލުހުން
ޝެއާރކޮށްލާ ކަހަލަދޯ؟

ށ. ޅައިމަގު ބޯޓެއްގައި މަސައްކަތް ކުރަމުން ދިޔަ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ލުތުފަރު މަރާލި މައްސަލާގެ ޝަރީއަތުގެ އަޑު އެހުމެއް މާދަމާއަށް ތާވަލްކޮށްފިއެވެ.

މިދިޔަ އަހަރުގެ އޭޕްރިލް މަސްތެރޭގައި ލުތުފަރު މަރާލާފައިވަނީ އޭނާ މަސައްކަތްކުރި ބޯޓުތެރޭގައެވެ. އަމައްސަލައިގައި ބަންގްލަދޭޝްގެ ތިން މީހެއްގެ މައްޗަށް ދައުވާ ކުރުމަށްވަނީ ފޮނުވާފައެވެ.

މިއީ 2019 ވަނަ އަހަރު، ރާއްޖޭގައި ހިނގައިދިޔަ އެންމެ އަނިޔާވެރި އެއް ގަތުލެވެ. މައްސަލައިގައި އެންމެ ފަހުން އަޑުއެހުމެއް ބާއްވާފައިވަނީ މިދިޔަ މަހުގެ 25 ވަނަ ދުވަހުއެވެ. އަދި އެ ދުވަހުގެ އަޑުއެހުމުގައި ދައުލަތުން ވަނީ ލުތުފަރު މަރާލިކަމަށް ތުހުމަތުވާ ބިދޭސީންނާއި ދެކޮޅަށް ގިނަ ހެކިތަކެއް ހުށަހަޅާފައެވެ.

ހޯމަ ދުވަހުގެ ހެނދުނު 9:00 އަށް ތާވަލްކޮށްފައިވާ ލުތުފަރުގެ މަރުގެ މައްސަލައިގައި ދައުވާ އުފުލާފައިވަނީ ބަންގަލަދޭޝްގެ އަލަމިން އާއި ނޫރުލް އިސްލާމް އާއި އެމްޑީ އަހުތަރު ހޮސައިންގެ މައްޗަށެވެ. މި ތިން މީހުންގެ މައްޗަށް ކުރަނީ އެނގި ހުރެ މީހަކު މެރުމުގެ ކުށުގެ ދައުވާއެވެ.

ލުތުފަރު ގެއްލިގެން އެންމެ ފުރަތަމަ ރިޕޯޓުކޮށްފައިވަނީ މިދިޔަ އަހަރުގެ އޭޕްރިލް މަހުގެ 22 ވަނަ ދުވަހުއެވެ. “ކުރިމަގު 1” ބޯޓުގެ ކައްކާއެއްގެ ގޮތުގައި މަސައްކަތްކުރު ވީނުވީއެއް ނޭނގި ގެއްލިގެން ރިޕޯޓު ކުރީ ބޯޓުގެ ވެރިމީހާއެވެ. އެއަށްފަހު އޭނާ ގެއްލިގެން ހޯދުމުގެ މަސައްކަތް ކުރިޔަށް ގެންދަނިކޮށް، ހަށިގަނޑުގެ ބައިތަކެއް ފެނިފައިވަނީ ކަނޑުގެ އަޑީންނެވެ.

އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ދައުލަތުން ދައުލަތުން، ބިދޭސީންނާއި ދެކޮޅަށް 14 ޝަފަވީ ހެއްކަކާއި، 07 ކިތާބީ ހެއްކެއް ހުށަހެޅިއެވެ. އޭގެ އިތުރުން ޅައިގަމުގައި އުޅޭ ބައެއް ބިދޭސީން އެ މީހުންނާއި ދެކޮޅަށް ދީފައިވާ ބަޔާންތައް ހުށަހެޅިއެވެ. އަދި މި މައްސަލައިގެ ކްރައިމް ސީން މީގެ ކުރިން އެ ތިން ބިދޭސީން ވެސް ކުޅެދީފައިވާތީ، އެކަމާއި ގުޅޭގޮތުން ފުލުހުން ދިން ބަޔާން ވެސް ހުށަހެޅިއެވެ. އެއާއި އެކު ދައުލަތުން ވަނީ ބިދޭސީން ލުތުފަރު މަރާލިގޮތް ކިޔާދީ، އެ މަންޒަރުތައް ކުޅެދީފައިވާ ވީޑިއޯ ވެސް ހުށަހަޅާފައެވެ. މީގެ ތެރޭގައި އެ ބިދޭސީން ފުލުހުންނަށް ދިން ބަޔާނާއި، އެ މީހުންގެ ޑީއެންއޭ ރިޕޯޓު ވެސް ހިމެނެއެވެ.

ލުތުފަރު މަރާލީ، އޭނައާ އެކު އެއް ބޯޓުގައި މަސައްކަތްކުރި މީހުންނާ އެކު ގަދަކަމުން އެއް ޖިންސުން ގުޅުން ހިންގަން އުޅޭތީ އެކަމާ ހިތްހަމަނުޖެހިގެންނެވެ. އެ ވާހަކަތައް ބިދޭސީން ވަނީ ފުލުހުންނަށް ކިޔާ ދީފައެވެ.

ލުތުފަރު މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރާ ތިން ބިދޭސީން ކުށަށް އިއުތިރާފްވުމަށް ފަހު އެކަމަށް ފަހުން އިންކާރު ކޮށްފައިވާތީ އެ މައްސަލައިގެ ތަހުގީގު ފުރިހަމަ ކުރުމަށްޓަކައި އެ މައްސަލަ ކޯޓުން ބޭރުކޮށްލީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ. އެ ތިން މީހުންގެ މައްޗަށް ކުރަނީ އެނގިހުރެ މީހަކު މެރުމުގެ ދައުވާ އެވެ. އެ ކުށަށް ކުރިން އެ މީހުން އިއުތިރާފްވެ، ޖިނާއީ އިޖްރާއާތުގެ ގާނޫނުގެ ދަށުން ދައުލަތާ އެކު އިއުތިރާފްގެ އެއްބަސްވުމެއް ސޮއި ކުރިޔަސް، ފަހުން އެ މީހުން ވަނީ ކޯޓުގައި އެކަމަށް އިންކާރުކޮށްފަ އެވެ.

ލުތުފަރު ކަނޑުފެއްތި ކަމަށް ބުނާ ސަރަހައްދު ފާސްކުރިއިރު ގާ އަޅައި ވާ އައްސާފައިވާ ބަސްތާތަކާއި ބަނދަރާ ދިމާލުން ބޭރު ކަނޑުގެ ސަރަހައްދުން 27 މީޓަރު އަޑިން ލުތުފަރުގެ ހަށިގަނޑުގެ ބައިތަށް ކަމަށް ބެލެވޭ، ހަށިގަނޑުގެ ބޮޑުބައެއް ފެނުނެވެ.

ފުލުހުން ނޫސްވެރިންނަށް، ލުތުފަރުގެ ހަށިގަނޑުގެ ބައިތަކުގެ ފޮޓޯތަކެއް ވެސް ދެއްކިއެވެ. އޭގެ ތެރޭގައި ވަކިވަކިން ހުރި ކަށިތަކަކާއި ކަރުން ފެށިގެން މައިބަދަ އެއްކޮށް އޮތް ކަށިގަނޑަކާއި ވަކިން އޮތް ބޮލުގެ ނާށިގަނޑު ހިމެނެއެވެ.

ލުތުފަރުގެ ކަށިތައް ފެނިފައި ވަނީ އޭނާ ކަނޑުފެއްތިތާ 15 ވަރަކަށް ދުވަސް ފަހުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: