ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދިވެހި މުވައްޒަފުންނަށް ޕާކިސްތާނުގައި ތަމްރީނު ދިނުމާ ގުޅޭގޮތުން މަޝްވަރާކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހި ސިވިލް ސާވިސް މުވައްޒަފުންނަށް ޕާކިސްތާނުގައި ތަމްރީން ދިނުމާގުޅޭގޮތުން މަޝްވަރާކޮށްފިއެވެ.

މި މަޝްވަރާތައް ކުރިއަށްގެންގޮސްފައިވަނީ ޕާކިސްތާނުން ރާއްޖެ ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވައިސް އެޑްމިރަލް ރިޓަޔަރޑް އަތާރް މުޙުތާރުއާއެކު ސިވިލް ސަރވިސް ކޮމިޝަނުގެ މެންބަރުން ބޭއްވެވި ބައްދަލުކުރެއްވުމެއްގައެވެ.

ސިވިލް ސާވިސް ކޮމިޝަނުގައި ބޭއްވި މިބައްދަލުވުމުގައި ދިވެހި ސިވިލް ސާވިސް މުވައްޒަފުންނަށް ޕާކިސްތާނުގައި ތަމްރީނު ދިނުމާއި ތަޖުރިބާގެ ފުރުސަތުތައް ހޯދުމާއި ގުޅޭގޮތުން ދެފަރާތުގެ މެދުގައި މަޝްވަރާ ކުރައްވާފައިވެއެވެ. އަދި ޕާކިސްތާނުގެ އެމްބަސީއާއި ސިވިލް ސަރވިސް ކޮމިޝަނާ ދެމެދު މީގެ ކުރިން މަޝްވަރާކުރެވިފައިވާ ކަންކަމާއި ގުޅޭގޮތުންވެސް އެއްބަސްވުންތައް އެކުލަވާލުމާ ގުޅޭގޮތުން މަޝްވަރާކުރެވިފައިވެއެވެ.

މި ބައްދަލުވުމުގައި ސިވިލް ސާވިސް ކޮމިޝަނުގެ މެންބަރުން ވަނީ ވައިސް އެޑްމިރަލް ރިޓަޔަރޑް އަތާރް މުޙުތާރު ސަފީރު ކަމާއި ހަވާލުވެވަޑައިގަންނަވާފައިވާ ވާތީ މަރުޙަބާ ދަންނަވާފައެވެ.

މިއަދުގެ ބައްދަލުވުމުގައި ކޮމިޝަނުގެ ރައީސްގެ އިތުރުން ކޮމިޝަނުގެ ނައިބު ރައީސް އިބްރާހިމް ރަޝީދާއި، މެންބަރު މުހައްމަދު ފަރުޞަތާ، މެންބަރު ފާތިމަތު އާމިރާގެ އިތުރުން މެންބަރު ފާތިމަތު ޝަރީފްވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: