މިއަދުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެފައިވާ ގޮތުގައި ގައުމެއްގައި އިގްތިސާދީ މިނިވަންކަމެއް ނެތް ނަމަ އެގައުމަކީ ހަގީގީ މިނިވަން ކަމެއް އޮތް ގައުމެއް ކަމަށް ނުބެލެވޭނެއެވެ. އެހެން ކަމުން އިގްތިސާދީ މިނިވަންކަން ހޯދުމަށްޓަކައި ބަވަނަ ވެފައިވާ ދުނިޔޭގައި ކުރަން ޖެހޭ އެއް ކަމަކީ އިންވެސްޓްމަންޓުތަކާއެކު އަމިއްލަ އުފެއްދުންތެރިކަން އިތުރުކޮށްގެން އައު އިގްތިސާދީ ގޮތްތަކެއް ހޯދައިގެން ގައުމު ނަގާ ކޮޅަށް ޖެހުމެވެ. ގައުމުގެ އިގްތިސާދީ ދުވެލި ހަލުވި ކުރުމެވެ.
މިދެންނެވި ގޮތުގެ މަތިން ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން ނިންމެވި އެންމެ މުހިންމު އެއް ނިންމެވުމަކީ އަލުން އަނެއްކާވެސް ރާއްޖޭގައި ގައުމީ ޝިޕިންލައިންއެއް އުފެއްދެވުމެވެ. އެގޮތުން ދިވެހި ސަރުކާރުން އާ ޝިޕިން ލައިނެއް އުފައްދާ، ރަސްމީކޮށް ޚިދުމަތް ފެށީ ޝިޕިން ލައިނެއް އުފެއްދުމުގެ މަޝްވަރާތައް އެތައް އަހަރެއް ވަންދެން ކުރުމަށް ފަހުއެވެ.
މޯލްޑިވްސް ސްޓޭޓް ޝިޕިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ ނަމުގައި އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެއް އުފައްދާ ރަޖިސްޓްރީ ކޮށްފައިވަނީ މާޗް މަހުއެވެ. އެ ކުންފުންޏަކީ އެސްޓީއޯގެ 99.99 އިންސައްތަ އަދި ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ 0.01 އިންސައްތަ ހިއްސާ ހިމެނޭ ކުންފުންޏެކެވެ.
އެސްޓީއޯގެ އެމްޑީ އަދި ސީއީއޯ ހުސެން އަމްރު ވިދާޅުވާ ގޮތުގައި ރާއްޖޭގެ އަމިއްލަ ޝިޕިން ލައިނެއް އުފެއްދުމަކީ ގައުމުގެ އިގްތިސާދީ އިސްތިގުލާލަށް އެޅުނު ވަރަށް މުހިއްމު ފިޔަވަޅެކެވެ.
މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް) ގެ ފުރަތަމަ ބޯޓު ރާއްޖެ އައުން ފާހަގަ ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އަމްރު ވިދާޅުވީ މީގެ ކުރިންވެސް ރާއްޖޭގައި ޝިޕިން ލައިނެއް އޮތް ކަމަށާއި ޝިޕިން ލައިން އުވިގެން ދިޔައީ ދުނިޔެއަށް އައި ބަދަލުުތަކާ އެއްވަރަށް ފައިހަމަ ނުކުރެވުމުން ކަމަށެވެ. ރާއްޖޭގެ ޝިޕިންލައިން އޭރުވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދަތުރު ކުރިކަމަށާއި ގިނަ ދިވެހިންނަށް އޭރު ވަޒީފާގެ ފުރުސަތުތައް ލިބުނުކަން ފާހަގަކުރައްވާ އަމްރު ވިދާޅުވީ އާ ޝިޕިން ލައިނާއެކު ސްޓްރެޓެޖިކް ވިސްނުން ގެންގުޅެ، ފަހުގެ އީޖާދުތަކަށް އަހުލުވެރިވާން ޖެހޭނެ ކަމަށެވެ.
ކޮންމެއަކަސް އެސްޓީއޯގެ ޝިޕިންލައިން ވުޖޫވިތާ މާ ގިނަ ދުވަސްތަކެއް ނުނަގާ މިވަނީ ބައިނައްލަޣުވާމީ ދަތުރުތައް ފެށުމަށް ތައްޔާރުވެފައެވެ. އެގޮތުން އެސްޓީއޯގެ ކޯގާ ޝިޕިންގެ ބައިނައްލަޣުވާމީ ދަތުރުތައް ފެށުމަށް ނިންމާފައި ވަނީ އައްޑޫ ސިޓީއާއި ގދ، ތިނަދޫއާއި އިންޑިއާއާއި ދެމެދުއެވެ. މިކަމުގެ ތަފްސީލްތަކަށް ޖެހިލާނަމެވެ.
އައްޑޫ ސިޓީއާ ހުވަދުއަތޮޅަކީ ކުރިން ޝެޑިއުލްކޮށް ބައިނަލްއަޤްވާމީ ކާގޯގެ ޚިދުމަތް ދެމުން އައި ދެތަނެއް ނޫނެވެ. އެގޮތުން އައްޑޫ ސިޓީއަކީވެސް އިންޓަރނޭޝަނަލް ސީޕޯޓެއް ނަމަވެސް އެތަނަށްވެސް ޝެޑިއުލްކޮށް ބޭރުން ބޯޓުފަހަރެއް ނާދެއެވެ. އަދި ގދ ތިނަދޫ ޕޯޓަކީ ޑޮމެސްޓިކް ސީ ޕޯޓެއް ކަމުގައިވާތީ އެތަނަށް ބޭރުން ސީދާ ކާގޯ ގެނެވޭނެ ގޮތެއް މީގެ ކުރިން ފަހިވެފައެއް ނުވެއެވެ. އެހެން ކަމުން މިއީ މުޅިން އަލަށް ފެށިގެންދާ މަސައްކަތެކެވެ.
އުތުރުން ކުޅުދުއްފުށްޓަށް ސީދާ އިންޑިޔާއިން މުދާ ގެނެވޭ ގޮތަށް އިންޑިޔާގެ ޝިޕިންގް ލައިންއްގެ ޚިދްމަތް ފެށުމުން އުތުރުގައި މިހާރު އެވަނީ އަގުހެޔޮކޮށް ބޭރުން މުދާ ގެނެވޭނެ ފަސޭހަ މަގެއް ފަހިވެފައެވެ. ދެކުނުގައި މިފެށޭ މަސައްކަތަކީވެސް ހަމަ އެގޮތަށް ފެށޭ މަސައްކަތެކެވެ. އެގޮތުން އިންޑިޔާގެ ޓުޓޮކޮރިމް ބަނދަރުން އައްޑޫސިޓީއަށް އަދި ގދ ތިނަދުއަށް އެސްޓީއޯގެ ސްބަސިޑިއަރީއެއް ކަމަށްވާ ދިވެހި ރާއްޖޭެގެ ޤައުމީ ޝިޕިން ކުންފުނީގެ ކާގޯ ލައިނަރުގައި މިފެށޭ މަސައްކަތަކީވެސް ހަމަ އެފަދަ މަސައްކަތެކެވެ.
އައްޑޫސިޓީއަކީ އިންޓަރނޭޝަނަލް ސީޕޯޓެއް އޮތްތަނެއް ނަމަވެސް ޝެޑިއުލްކޮށް ދަތުރުތައް ނެތުމުން ޢާންމުކޮށް ގިނަ ބާވަތުގެ ކާގޯ މިހާރު ގެންނަނީ މާލެއިންނެވެ. ބައެއް ފަހަރަށް ހިލަހިލަވެލި ފަދަ ބައެއް ސާމާނު ހިފައިންގެން ސީދާ ބޭރުން އެޕޯޓަށް މުދާ ގެނައި ނަމަވެސް ގިނަފަހަރަށް އެގޮތަށް ގެނެވޭ ތަކެއްޗަކީވެސް ކޮންމެ ވެސް ޕްރޮޖެކްޓަކާ ގުޅިގެން ގެނެވޭ ތަކެއްޗެވެ.
މިހާރު މިފަށާ ދަތުރުތައް ޝެޑިއުލްކުރެވިފައި ވަނީ ކޮންމެ 20 ދުވަހަކުން ރައުންޑު ވޮޔޭޖްއެއް ފުރިހަމަވާގޮތަށެވެ. އެއީ ޓުޓިކޮރިންއިން އައްޑޫސިޓީއަށް އައްޑޫ ސިޓީއިން ތިނަދޫއަށް ތިނަދޫއިން އަނެއްކާ އިންޑިޔާގެ ޓުޓޮކޮރިން ބަނދަރަށް ދާގޮތަށެވެ.
އެސްޓީއޯއިން ގަބޫލު ކުރާ ގޮތުގައި މިޚިދުމަތް ފެށުމާއެކު މިދެސަރަޙައްދުގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ވަރަށް ގިނަ ފައިދާތަކއް ލިބިގންދާނެއެވެ. އެއީ އިންޑިޔާއިން ތަކެތި ސީދާ ގެނެވޭގޮތްވުމުން، ފްރްއިޓް އަދި ހޭންޑްލިންގްގެ ޚަރަދުތައް ކުޑަވެ،ގިނަ ތަކެތި ހެޔޮ އަގުގައި ވިއްކޭގޮތްވެ ލިބޭ މަންފާ ބޮޑުވެގެންދިއުމެެ.
ސަރުކާރުން ގަބޫލު ކުރާ ގޮތުގައި މިމަސައްކަތަކީ ލާމަރުކަޒީނިޒާމަށް ރާއްޖޭގެ ހިންގުން ބައްޓަންކުރުމަށް އެޅިގެންދާ އިތުރުބާރެއްވެސްމެެވެ. އެގޮތުން މާލެ ފިޔަވައި ދެކުނުގެ އިޤްތިޞާދު ފުޅާވުމަށް މީގެސަބަބުން މަގުފަހިވެގެންދާނެއެވެ. މި ޚިދުމަތް ފެށުމާއެކު މާލެއިން މިހާރު ގަންނަންޖެހޭ ބައެއް ބާވަތްތަކުގެ މުދާ ގަންނަންޖެހޭ ޢަދަދު މަދުވުން ނުވަތަ ނުގެނެސް މުޅިން ހަމަޖެހޭ ގޮތް މެދުވރިވުމަކީ މިދެސަރަޙައްދުގެ ވިޔަފާރިވެރިން ކުރިން މުދާގަންނަން ކުރަން ޖެހުނު ޓްރާންސްޕޮޓޭޝަން އަދި ލޮޖިސްޓިކް އެތައް ޚަރަދުތަކެއް ސަލާމަތްވެގެންދާނެ ކަމެކެވެ.
ހަމައެހެންމެ މި ޚިދުމަތް ދެކުނުގައި ފެށުމާއިކު މިހާރު ރާއްޖޭގެ އެހެން ޕޯޓްތަކަށް ގެންނަ ތަކެތިން އިމްޕޯޓްޑިއުޓީ ކުޑަކުރުމަށް ޤާނޫނަށް ގނެސްފައިވާ ބަދަލާއިކު ސީދާ އިންޑިޔާއިން އެތެރެ ކުރެވޭ ތަކެތީގެ އަގު މާލޭ ޕޯޓަށް ބޭރުން އެތެރެކުރެވޭ ތަކެއްޗަށްވުރެ އަގުހެޔޮ ވުމަކީވެސް އެކަށީގެންވާކަމެކެވެ. އެހެންކަމުން އައްޑޫއާ ހުވަދޫއަށް މިހާރު މާލެއިން މުދާ ގެންދިއުމުގެ ބަދަލުގައި އެ ދެ ސަރަޙައްދުން މާލެއަށް ބައެއް މުދާ ގެންދިއުމުގެ ފުރުޞަތު ފަދަ އެތައް ފުރުޞަތުތަކެއް މި ޚިދުމަތާއިކު ހުޅުވިގެންދާނކަމަށް ބެލެލެވެއެވެ.
ކޮންމެއަކަސް ޝެޑިއުލްކޮށް ދަތުރުތައް ފެށުމުން މިދެ ޕޯޓު ހިމެނޭ ސަރަޙައްދުތަކުގެ ބިމުގެ އަގު އުފުލި ވެއާހައުންސިންގފަދަ އެތައް ޚިދުމަތްތަކެއް އިތުރުވެ ވަޒީފާއާއި މަންފާލިބޭނެ އިތުރު ވަޞީލަތްތައް ތަޢާރަފުވެގެންދާނެއެވެ. މި ދިޕޯޓަކީ ވެސް ރެގިއުލަރކޮށް ބޭނުންކުރެވޭ ތަންތަނަށް ވުމުން މި ތަންތަނަކީވެސް ފައިދާވާ ތަންތަނުގެ ގޮތުގައި ބަދަލުވެ، އުތުރަށް ދާދިފަހުން ފށި އިންޑިޔާ ފެރީއިން އުތުރުގެ އަތޮޅުތަކަށް ލިބިގންދިޔަ ފައިދާތައް ދެކުނުގެ އަތޮޅުތަކަށްވެސް މި ޚިދުމަތާއެކު ފަހިވެގެންދާނެކަމަށް ޔަގީޏް ކުރަމެވެ. ދެކުނަށް އެސްޓީއޯއިން ފަށާ ކާގޯ ލައިނަރުގެ ޚިދުމަތުގައި ބޭނުންކުރުމަށް ހަމަޖެހިފައި ވަނީ އެސްޓީއޯގެ 3700 މެޓްރިކްޓަނުގެ ކާގޯ ބޯޓެކެވެ. މި ބޯޓުގައި އަވަހަށް ހަލާކުވާފަދަ ކާބޯތަކެތިފަދަ ބާވަތްތައް އުފުލުމަށް 4 ރީފާސް ކޮންޓެއިނަރު ބޭނުންކުރުމަށް ހަމަޖހިފައިވެއެވެ.
އެސްޓީއޯއިން އިންޑިޔާއަށް މިފަށާ ކާގޯ ޚިދްމަތުގައި މައިގަނޑުގޮތެއްގައި ގެނައުމަށް ހަމަޖެހިފައިވަނީ ކޮންޓްރޮކްޝަން މެޓީރިއަލް އަދި ކާބޯތަކެއްޗެވެ. އައްޑޫއަށް ތިނަދުއަށް ފަށާ މި ޚިދުމަތުގެ ދަށުން ކޮންމެ ފަރާތަކަށްވެސް ކާގޯ ގެނައުމަށް ފުރުޞަތު އޮންނާނެއެވެ. އެހެން ކަމުން އެސްޓީއޯގެ ޝިޕްންލައިންއަކީ އިގްތިސާދަށް ލިބިގެންދިޔަ ވަރަށް ބޮޑު ކުރިއެރުމެކެވެ. ދެން އިތީ ދަތުރު މެކުހަށް ޖެހުމެވެ.