ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

“ޔޫތް ވިޝަން”ގެ ނަމުގައި ޒުވާނުންނަށް ޚާއްސަ އޮންލައިން އާޓް ވޯކްޝޮޕެއް!

ޝެއާރކޮށްލާ ކަހަލަދޯ؟

“ޔޫތު ވިޝަން” ގެ ނަމުގައި ޒުވާނުންނަށް އަމާޒުކޮށްގެން އިންޓަނެޓް މެދުވެރިކޮށް، އޮންލައިން އާޓް ވޯކްޝޮޕެއް ބޭއްވުމަށް ނިންމައިފިއެވެ.

މި ވޯކްޝޮޕަކީ އދ. ގެ ތަރައްޤީއާއި ބެހޭ ޖަމިއްޔާ، ޔޫ.އެން.ޑީ.ޕީގެ އިސްނެގުމާއެކު، މިނިސްޓްރީ އޮފް ޔޫތު ސްޕޯރޓްސް ކޮމިއުނިޓީ އެމްޕަވަރމަންޓާއި، އޫރިދޫ މޯލްޑިވްސް އާއި ޔޫރަޕިއަން ޔޫނިއަން ގުޅިގެން ކުރިއަށްގެންދާ ވޯކްޝޮޕެކެވެ. މިވޯކްޝޮޕް އަމާޒުކޮށްފައިވަނީ އުމުރުން 16 އަހަރާއި 25 އަހަރާ ދެމެދުގެ ޒުވާނުންނަށެވެ.

މިއީ ކޯވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން ދިމާވެފައިވާ ބައެއް ގޮންޖެހުންތަކަށް އަލިއަޅުވާލުމާއިއެކު ކުރިމަގުގައި ކަންކަމުގައި އިސް ދައުރެއް އަދާކުރުމަށް ޒުވާނުން ބިނާކުރުމާއި، އަމިއްލަ ވިސްނުން ބޭނުންކޮށްގެން އިޖްތިމާޢީ ކަންކަމާމެދު މަޝްވަރާކޮށް ޙައްލު ހޯދަން ދަސްކުރުމުގެ ހުނަރު އުނގަންނައިދިނުމުގެ މަޤްޞަދުގައި ކޭމްޕެއްގެ ގޮތުގައި ކުރިއަށްގެންދާ ހަރަކާތެއްކަމަށް ޔޫ.އެން.ޑީ.ޕީން ވިދާޅުވެއެވެ.

މި ކޭމްޕުގައި ބައިވެރިވުމަށް ވަކި ހުނަރެއް ނުވަތަ ވަކި ތައުލީމީ ފެންވަރެއް ހުރުން ލާޒިމެއް ނޫނެވެ. ބައިވެރިވުމަށް ބޭނުންވަނީ ހަމަ އެކަނި އިންޓަރނެޓްގެ ޚިދުމަތް ލިބި އޮންލައިން ކްލާސްތަކާއި ގުޅޭނެގޮތަކަށް މަގުފަހިވެފައި ހުރުމާއި އާރޓްގެ ދާއިރާއަށް ޝަޢުގުވެރިކަން ހުރުމެވެ. ޑިސެމްބަރުމަހުގެ ތެރޭގައި ހަފްތާއެއްގެ މުއްދަތަށް ކުރިއަށްދާ މި ވޯރކްޝޮޕްގައި ބޭނުންކުރުމަށް ބޭނުންވާ އާރޓް ކިޓް އާއި އިންޓަނެޓާއި ގުޅުމަށްބޭނުންވާ 3 ޖީ އާއިއެކު، ވޯރކްޝޮޕްގައި ކިޔަވައިދޭ މާއްދާތަކަށް ބޭނުންވާނޭ އެހެނިހެން ތަކެތިވެސް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާކަމަށް ޔޫ.އެން.ޑީ.ޕީން ހާމަކުރައްވައެވެ. މި ވޯރކްޝޮޕުގައި އޮންލައިންކޮށް ކްލާސްތައް ނަގައިދިނުމުގެ އިތުރުން ބައިވެރިން އަމިއްލައަށް އާރޓްގެ މަސައްކަތް ފަރުމާކުރުމަށް 3 ދުވަސް ޚާއްސަކޮށްފައިވާނެކަމަށްވެސް އެޖަމިއްޔާއިން ވިދާޅުވެއެވެ.

މިއީ ޒުވާނުންނަށް އެމީހުންގެ ހުނަރުތައް ކުރިއެރުވުމަށް ލިބޭ އަގުހުރި ފުރުޞަތެއްގެ ގޮތުގައި ސިފަކުރައްވާ މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަޙްމަދު މަހްލޫފު ވަނީ މި ފުރުޞަތުގެ ބޭނުން ވީހާވެސް ގިނަ ޒުވާނުން ހިފުމަށް ގޮވާލައްވާފައެވެ.

މި ވޯރކްޝޮޕް ގައި ބައިވެރިވުމަށް ޝަޢުގުވެރިވާ ފަރާތްތަކަށް http://tinyurl.com/yvworkshop މި ލިންކް މެދުވެރިކޮށް އެޕްލައިކުރުމުގެ ފުރުޞަތު މިމަހުގެ 26 ވަނަ ދުވަހާ ހަމައަށް ވަނީ ހުޅުވާލާފައެވެ.

ޔޫތު ވިޝަން ވޯރކްޝޮޕްގެ އަމާޒަކީ ރައްކާތެރި މާޙައުލެއްގައި އެކަކުއަނެކަކަށް އިހްތިރާމާއެކު މިމުޖުތަމަޢުގައި ހުރި އެކިއެކި ކަންކަމަށް އަލިއަޅުވާލާ، އެކުވެރި، މިނިވަން މާޙައުލެއްގައި ވާހަކަދައްކާ، ޚިޔާލުބަދަލުކޮށް، މަޝްވަރާކުރުމެވެ.

މި ވޯރކްޝޮޕްގައި ހިމެނެނީ ހޭލުންތެރިކުރުވުމާއި، ހުނަރު ދަސްކޮށްދިނުމުގެ ސެޝަންތަކަކާއި، މިމުޖުތަމަޢުގައި ޒުވާނުން ތަޙައްމަލުކުރަމުންދާ މައްސަލަތަކާއި ގުޅޭގޮތުން ވާހަކަދެއްކުމާއި ޚިޔާލުބަދަލުކުރުމުގެ ސެޝަންތަކެކެވެ. މި ވޯރކްޝޮޕްގެ ތެރެއިން އަލިއަޅުވާލެވޭނެ ބައެއް މަޢުޟޫތަކުގެ ތެރޭގައި ވަޒީފާގެ މާހައުލު، ތިމާވެށި، އިސްނެގުން (ލީޑަރޝިޕް)، އަނިޔާއާއި ގޯނާކުރުން، އެކުވެރިކަމާއި، ރައްކާތެރިކަމާއި އަމާންކަން ހިމެނެއެވެ.

މި ވޯރކްޝޮޕް ކުރިއަށްގެންގޮސް ކިޔަވާދޭނީ އާރޓްގެ ދާއިރާއިން ތަޖްރިބާ ޙާސިލް ކޮށްފައި ތިބި ހުނަރުވެރިންކަމަށް ޔޫ.އެން.ޑީ.ޕީން ވިދާޅުވެއެވެ. އެގޮތުން 2 ޑީ އާރޓް، ފޮޓޯގްރަފީ، މަލްޓިމީޑިއާ، މިކްސްޑްމީޑިއާ އަދި ކްރިއޭޓިވް ރައިޓިންގް ދާއިރާގެ ތަޖުރިބާކާރުން އޭގެ ތެރޭގައި ހިމެނޭނެކަމަށް އެ ޖަމިއްޔާއިން ފާހަގަކުރައްވާފައިވެއެވެ. މި ހަރަކާތުގެ އަލީގައި ދިރާސާކުރުމުގެ ހުނަރު،
ޚިޔާލެއް ނުވަތަ ޑިޒައިނެއް ފަރުމާކުރުން، ޑޮކިއުމަންޓް އާއި އިންސްޓަލޭޝަނާއި ބަޔާން އަދި ތައާރަފް ލިޔުމުގެ ހުނަރު ބައިވެރިންނަށް ދަސްވެގެންދާނެކަމަށް ޔޫ.އެން.ޑީ.ޕީން ވިދާޅުވެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: