ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދު ހާމަނުކުރި މައްސަލަ ހައިކޯޓަށް ހުށަހަޅައިފި

ސިފައިންގެ އެންމެ މަތި ވެރިޔާ ރައީސް ޞާލިހުއާއި ޑިފެންސް މިނިސްޓަރ މާރިޔާ އަދި ބައެއް ސިފައިންގެ އޮފިސަރުން --- ފޮޓޯ: މީސްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދު ޑިފެންސް މިނިސްޓްރީން ހާމަ ނުކުރި މައްސަލަ ހައި ކޯޓަށް ހުށަހަޅައިފިއެވެ.

“ދިޔަރެސް” ނޫހުން ވަނީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދާއި، އެމީހުންނަށް ކުރާ ހަރަދު ތަފްސީލު ހޯދުމަށް ޑިފެންސް މިނިސްޓްރީއަށް ހުށަހަޅާފައެވެ.

ނަމަވެސް ޑިފެންސް މިނިސްޓްރީން ވަނީ ރާއްޖޭގެ ސަލާމަތަށް ނުރައްކާވެދާނެ މައުލޫމާތެއް ކަމަށް ބުނެ މައުލޫމާތު އެނޫހަށް ނުދީފައެވެ.

މި މައްސަލަ އިންފޮމޭޝަން ކަމިޝްނާސް އޮފީސް( އައިކޮމް) އަށް ހުށަހެޅުމުން އެއޮފީހުން ވަނީ ޑިފެންސް މިނިސްޓްރީ ވާހަކަތައަށް ތާއީދުކޮށްށ އެމައުލޫމާތު ދޭން ނުޖެހޭނެކަމަށް ނިންމާފައެވެ.

“ދިޔަރެސް” ނޫހުގެ ފަރާތުން މި މައްސަލަ އިސްތިއުނާފުކޮށްފައިވާއިރު، މިއީ ޤައުމީ ސަލާމަތަށް ނުރައްކާވެދާނެ ކަމުގައި ބުނެ މައުލޫމާތެއް ހާމަކުރަންނުޖެހޭ ކަމުގައި ނިންމައިގެން ހައިކޯޓަށް ހުށަހަޅާ ފުރަތަމަ މައްސަލައެވެ.

މި މައްސަލާގައި “ދިޔަރެސް”ގެ ވަކީލަކީ ސިވިލް ކޯޓުގެ ކުރީގެ ޤާޟީ އަދި ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް އަލްއުސްތާޛާ މަރިޔަމް ނިހާޔަތެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: