ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޓެކްސީ ޑްރައިވަރުގެ މަރު: މިއަދުގެ އަޑުއެހުން ކެންސަލް ވެއްޖެ

ގާސިމް މަރުގެ މައްސަލައިގެ ތުހުމަތުގައި ހައްޔަރު ކުރި އަދުހަމް މީގެ ކުރިން ކުށަށް އިއުތިރާފު ވި
ޝެއާރކޮށްލާ ކަހަލަދޯ؟

ޓެކްސީ ޑްރައިވަރު ގާސިމް ހަސަނަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލި މައްސަލައިގައި ޝަރީއަތުގައި މިއަދު ބޭއްވުމަށް ތާވަލު ކުރި އަޑުއެހުން ކެންސަލް ވެއްޖެއެވެ.

މި މައްސަލާގައި ދައުވާކުރަނީ ޅ.ހިންނަވަރު ބޮޑުހިޔާގެ، އަދުހަމް މުހައްމަދުގެ މައްޗަށެވެ.

ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިސަލް ވިދާޅުވީ  އޮންލައިންކޮށް ކުރިއަށް ގެންދާ ގޮތަށް މިއަދު ހެނދުނު 10:30 ގައި ބާއްވަން ތާވަލުކުރި އަޑުއެހުން  ކެންސަލްވީ މައްސަލަ ބައްލަވާ ގާޒީ އިސްމާއީލް ރަޝީދު އާލާސްކަންފުޅާ އުޅުއްވާތީއެވެ.

ޑިސެމްބަރު 4، 2019 ގައި ގާސިމް މަރާލީ ޓެކްސީ ދަތުރެއް ކޮށްދެނިކޮށް ހުޅުމާލޭގައި އޭނާއަށް ދިން ހަމަލާއެއްގައެވެ. އެއީ އެ ދުވަހުގެ ރޭ މެންދަމުގެ ވަގުތެއްގައެވެ. މި މައްސަލައިގައި އަދުހަމް ހައްޔަރު ކޮށްފައި ވަނީ އޭގެ 15 ދުވަސް ފަހުން ޑިސެމްބަރު 15، 2019 ގައެވެ.

ތަހުގީގު މަރުހަލާގައި އަދުހަމް ވަނީ ކުށަށް އިއުތިރާފް ވެސް ވެފައެވެ. އަދި މައްސަލައިގެ ތަހުގީގު އަވަސްކޮށް އަވަސް ނިޔާގެ އެއްބަސްވުމެއް ދައުލަތާ އެކު އެކުލަވާލަން ވެސް އެއްބަސްވިއެވެ.

އެކަމަކު އަވަސް ނިޔާގެ އަޑުއެހުމުގައި އަދުހަމް ވަނީ ގާސިމް މަރާލި ކަމަށް އިންކާރު ކޮށްފައެވެ. އަދުހަމް ބުނި ގޮތުގައި ކުރިން ކުށަށް އިއުތިރާފްވީ ފުލުހުން އެ ކަމަށް މަޖުބޫރުކޮށްގެނެވެ. އަދި ފުލުހުން އޭނާ ޝަރީއަތަށް ގެންދަނީ ވެސް މަސްތުގެ ހާލުގައި ކަމަށް ބުންޏެވެ. އެކަމަކު ފުލުހުން މި ތުހުމަތުތައް ދޮގުކުރެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: