ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖެނުއަރީ 5 ގެ ކުރިން ހުއްދަ ނުދީފިނަމަ އިންތިހާބު ނުބޭއްވޭނެ: ޝަރީފް

އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް، ސަންގުޓީވީގެ ހަބަރަށް ފަހު ޕްތޮގުރާމުގައި: ފޮޓޯ ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

އަންނަ ޖެނުއަރީ 5 ގެ ކުރިން ލޯކަލް ކައުންސިލްތަކުގެ އިންތިޙާބުގެ ކަންކަން ކުރިއަށް ގެންދަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހުއްދަ ނުދީފިނަމަ އިންތިހާބު ނުބޭއްވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ލޯކަލް ކައުންސިލް އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ އިންތިޚާބަށް އިލެކްޝަންސް ކޮމިޝަނުން ވަމުން އަންނަ ތައްޔާރީތަކާއި ގުޅޭގޮތުން މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުން ޝަރީފް ވަނީ ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު ދެމު އޮތްހާ ހިނދަކު އިންތިޚާބުގެ ކަންކަން ކުރިއަށް ނުގެންދެވޭނެކަމަށް ޤާނޫނުގައި ބުނެފައިވާކަމަށެވެ.

އޭނާ ވިދާޅުވީ ކޮވިޑް-19ގެ ރާއްޖޭގެ ޙާލަތަށް ބަލައި އިންތިޚާބުގެ ކަންކަން ކުރިއަށްގެންދިއުމުގެ ހުއްދަ ޖެނުއަރީ މަހުގެ ފަސް ވަނަ ދުވަހުގެ ކުރިން އެޗްޕީއޭއިން އެކޮމިޝަނަށް ދޭންވާނެކަމަށެވެ.

ޑިސެމްބަރު 15 ގައި އެޗްޕީއޭ އިން އިންތިހާބުގެ ކަންކަން ކުރިއަށް ގެންދެވިދާނެ ކަމަށް އިއުލާންކުރުން މުހިއްމީ ވޯޓާސް ލިސްޓް އާންމު ކުރުމާއި، ކެމްޕެއިން ކުރުމަށް ކެންޑިޑޭޓުންނަށް ވަކި މުއްދަތެއް ދޭން ގާނޫނުގައި ބަޔާންކޮށްފައިވުމާއި އަދި އެ ނޫންވެސް ޑެޑްލައިންތަކަށް މަސައްކަތް ކުރަންޖެހޭތީ ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

“ބްރީތިން ސްޕޭސްލާފައި 15 ޑިސެމްބަރު މި ދެންނެވީ. އެކަމަކު ޖެނުއަރީ 5 ގެ ކުރިން އިއުލާން ނުކުރެވިއްޖެއްޔާ އިންތިހާބެއް ނުބޭއްވޭނެ ގާނޫނާ އެއްގޮތަކަށް” ޝަރީފް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: