ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހަގީގީ ހާދިސާ: ހަށި ވިއްކި ދިވެހި އަންހެން ކުއްޖެއްގެ ވާހަކަ!

ޝެއާރކޮށްލާ ކަހަލަދޯ؟

ނޯޓް: މިއީ މި ހާދިސާ ދިމާވެފައިވާ ފަރާތުން ސަންގަށް ހިއްސާ ކޮށްފައިވާ މައުލޫމާތު އަސްލަކަށް ބަލައިގެން ލިޔެފައިވާާ ލިޔުމެކެވެ. ލިޔުމުގައި ބޭނުން ކޮށްފައިވަނީ ހިޔާލީ ނަންތަކެކެވެ. 

އަހަރެންގެ އުމުރުން އޭރު 21 އަހަރެވެ. މާލެއަށް ދިރިއުޅުން ބަދަލުކޮށް އަހަރެން އުޅެމުންއައީ ކުއްޔަށް ކުދިން ބަހައްޓާ ގެއެއްގައެވެ. ދިވެހި އަންހެން ކުދިންގެ އާދައިގެ މަތިން ނިވާ ނުވާ ވަރުގެ ހެދުންލުމާއި, ފަހުގެ ފެޝަން ތަކަށް އަހަރެންވެސް ލޯބި ކުރީމެވެ. ރޭގަނޑުގެ އެތަށް ވަގުތެއް ހިލޭ ފިރިހެނުންނާއި އެކު ކޮފީ ތަކުގައި ހޭދަކުރީމެވެ. ޝީސާ އާއި ސިގިރޭޓަކީ އެއާ ނުލާ ނޫޅެވޭނެ ގާތް ދެ މިތުރުންނަށް ވިއެވެ.

ނަތީޖާއެއްގެ ގޮތުން އޭރު ވަޒީފާގައި އުޅެމުން އައި ފިހާރައިން އަހަރެން ކަނޑާލާފިއެވެ. ފައިސާ ލިބޭނެ އިތުރު ގޮތެއްނެތި, ކުލި ނުދެއްކި ގެއިން ނިކުންނަށް އަންގައިފިއެވެ.

ކުއްޔައް އުޅުނުގޭގައި އަހަރެންނާ އެއް ކޮޓަރިއެއްގައި އިތުރު އަންހެން ކުއްޖެއް އުޅެއެވެ. ދެން އުޅެނީ ގޭގެ ވެރި މީހާ ސޯބިރާ އެވެ. ދަރިއަކު ލިބިފައި ނެތް އެމީހާގެ ފިރިމީހާ ވަނީ ނިޔާވެފައެވެ. އެހެން ކަމުން އޭގޭގައި އުޅެމުންއައީ އަހަރުމެން ތިން އަންހެނުން އެކަންޏެވެ.

ސޯބިރާ އަހަރެންނަށް އެންގީ ކުލި ނުދެއްކޭނަމަ, އޭނާ ކުރާ ވިޔަފާރީގައި އޭނާ އާއިއެކު ބައިވެރި ވުމަށެވެ. އަހަރެން އެއްބަސްވީމެވެ. އޭރުގައި އޭނާ ކުރާ ވިޔަފާރިއަކީ ކޮޮބާ ކަމެއް އަދި އޭގެ އެއްވެސް މައުލޫމާތެއް އަހަންނަކަށް ނޭންގެއެވެ.

އޭގެ ފަހުން އެރޭގައި އޭނާ ކުރާ ވިޔަފާރިއަކީ ކޮބައިކަމާ އެ ވިޔަފާރި އާއިބެހޭ އިތުރު މައުލޫމާތު ދިނެވެ.

އިތުރު ގޮތެއް ނެތުމުން, މަގު މަތިވުމައް ވުރެ އޭނާގެ ހަށި ވިއްކުމިގެ ވިޔަފާރީގައި ބައިވެރިވުން މާރަގަޅުކަމަށް އަހަންނަށް ފެނުނެވެ. އަދި އެ ވިޔަފާރިން ވާނެ ފައިދާ އާއި ފައިސާގެ ދަހިވެތިކަމުގައި އަހަރެންގެ ޖިސްމު ވިއްކާލަން އެއްބަސްވީމެވެ. އަދި އަހަރެންނާ އެކު އެއް ކޮޓަރި އެއްގައި ދެން އޮންނަ އަންހެން ކުއްޖާއަކީވެސް ސޯބިރާގެ އެ ވިޔަފާރީގައި އުޅޭ ކުއްޖެއް ކަން އެގުނެވެ.

އޭގެ ހަތަރު މަސްފަހެވެ. ހަށި ވިއްކުމުގެ ވިޔަފާރީގައި އަހަރެން އޭރުވަނީ ދެވިހިފާފައެވެ. ދުވާލަކު އެތަށް ބަޔަކަށް އެ ހިދުމަތް ދެމުން ގެންދިޔާމެވެ. ކަސްޓަމަރުން ހޯދުމުގެ މަސައްކަތާއި ކަސްޓަމަރުންނާ ވާހަކަ ދެއްކުމުގެ މަސައްކަތް ކުރަމުން ގެންދަނީ ސޯބިރާއެވެ. އެހެން ކަމުން އެއްވެސް ކަސްޓަމަރަކަށް ހިދުމަތް ހޯދަން އައުމުގެ ކުރިއަކުން އަހަރަމެންނަކާ ބައްދަލެއް ނުވެއެވެ.

އަހަރެން ހުރީ ކަސްޓަމަރެއްގެ އިންތިޒާރުގައި ކޮޓަރީގައެވެ. ގަޑި ޖެހުމާއެކު ކޮޓަރީގެ ދޮރު ހުޅުވާފައި ނޫ ކަށި ފުރައިގެ ޒުވާނެއް ދޮރުން އެތެރަށް ދެމިގަނެފިއެވެ. ނިދާ ބޮކީގެ ފަޑު އަލިކަމުގެ ތެރެއިން އެމީހާގެ މޫނެއް މާރަގަނޅަކަށް ނުފެނެއެވެ. ދޮރު ލައްޕާ ތަޅުލުމަށްފަހު އެމީހާ އަހަރެން ހުރި ހިސާބާ ކައިރިވެލިއެވެ. މިހާރު ހަމަ ރަނގަޅަށްވެސް އެމީހާ އެހުރީ އަހަރެންނަށް ފެންނާށެވެ.

އެއީ އަހަރެންގެ އެއްބަނޑު ބޭބެ ނޫން ދެވަނަ މީހެއް ނޫނެވެ. ހުރިތަނުން ގުޑިލާންވެސް ނުކެރިފައި ހުރީމެވެ. ލަދުންނެވެ. ބޭބެގެ ހާލަކީވެސް އެއީއެވެ. ބާރަށް ދޮރުޖަހާފައި ބޭބެ ނިިކުމެގެން އެ ދިޔައީއެވެ.

އެދުވަސް ވެގެން ދިޔައީ އަހަރެންގެ ދިރިއުޅުން މުޅިން ބަދަލުވެގެން ދިޔަ ދުވަހެކަށެވެ. ކުރު ހެދުންތައް ދޫކޮށްލާ, އިސްލާމީ ރިވެތި ހެދުންތަކުގެ ތެރޭގައި ހަށިގަނޑު ފޮރުވާލީމެވެ. ކުރެވުނު ކަންތަކާ ހިތާމަކޮށް ތައުބާވީމެވެ. ހަގީގީ ހިންހަމަ ޖެހުމަކީ މިއީކަން މިއަދު ޔަގީން ވެއްޖެއެވެ.

ވަރަށް ގަދަ
30%ވަރަށް ގަދަ 7%ވަރަށް ގަޔާވޭ 13%ބޮޑު ޖޯކެއް 4%ހައިރާންވެއްޖެ 40%ވަރަށް ދެރަ 6%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: