ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހައިކޯޓުގެ އިސް ފަނޑިޔާރަކަށް ހާތިފް

ޝެއާރކޮށްލާ ކަހަލަދޯ؟

ހައިކޯޓުގެ އިސް ފަނޑިޔާރުކަމުގެ މަގާމަށް، ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ހާތިފް ޙިލްމީ ޖުޑީޝަލް ސަރވިސް ކޮމިޝަނުން މިއަދު އައްޔަން ކުރައްވައިފިއެވެ.

އަލްއުސްތާޛު ހާތިފް ހިލްމީއަކީ އިނގިރޭސިވިލާތުގެ އޮކްސްފޯޑް ބްރޫކްސް ޔުނިވަރސިޓީއިން ބެޗްލާ އޮފް ލޯ (އޮނާސް) ހާސިލު ކުރައްވައިގެން ހުންނެވި ބޭފުޅެކެވެ. އެ މަނިކުފާނު ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުކަމުގެ ހުވައި ކުރެއްވީ، 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ހަތް ވަނަ ދުވަހުއެވެ.

ހާތިފް ހިލްމީ ކުރިން ފުރުއްވާފައިވާ މަގާމްތަކުގެ ތެރޭގައި އެޓާނީ ޖެނެރަލްގެ އޮފީހުގެ އެސިސްޓެންޓް ސްޓޭޓް އެޓާނީކަމާއި މަދަނީ ކޯޓުގެ ގާޒީކަމާއި، ސިވިލް ކޯޓުގެ ގާޒީކަމުގެ މަގާމު ހިމެނެއެވެ.

މީގެ އިތުރުން ފަނޑިޔާރު އަލްއުސްތާޛު ހާތިފް ޙިލްމީވަނީ ޤާނޫނީ ވަކީލެއްގެ ގޮތުން، ދިވެހިރާއްޖޭގެ ޝަރުޢީ ކޯޓުތަކުގައި ވަކާލާތު ކުރައްވާފައެވެ. ހާތިފް އަށް މަގާމުގެ ލިޔުން މިއަދު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގައި ބޭއްވި ރަސްމިއްޔާތެއްގައި އެކޮމިޝަނުގެ ރައީސް ހިސާން ހުސައިން ވަނީ ދެއްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: