ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސާބިތު ހެއްކާއެކު ފޮނުވައިފިނަމަ 10 ދުވަހުގެތެރޭ ކޮރަޕްޝަންގެ މައްސަލަތައް ދައުވާ ކުރުމަށް ފޮނުވޭނެ: ޕީޖީ

ޕީޖީގެ މަގާމަށް އައްޔަން ކުރުމަސް ރައީސް ސާލިޙް މަޖިލީޙުގެ ރުހުން ހޯދުމަސް ފޮނުއްވި ޝަމީމް: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ސާބިތުކުރެވޭވަރުގެ ހެކިތަކަކާއެކު ޕްރޮސެކިޔުޓަރ ޖެނެރަލްގެ އޮފީހަށް ކޮރަޕްޝަންގެ މައްސަލަ ހުށައަޅައިފިނަމަ 10 ދުވަހުގެ ތެރޭގައި މައްސަލަ ދައުވާކުރަން ފޮނުވޭނެކަމަށް ޕްރޮސެކިޔުޓަރ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވެއްޖެއެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަންގެ ސްޓްރެޓެޖިކް ޕްލޭން އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޕީޖީ ޝަމީމް ވިދާޅުވީ ޚިޔާނާތުގެ މައްސަލަތައް ފަދަ ރައްޔިތުންގެ އާންމު މަސްލަހަތާއި ގުޅުންހުރި މައްސަލަތަކަކީ ދޫދެވޭފަދަ މައްސަލަތަކެއް ނޫން ކަމަށެވެ. ރައްޔިތުންގެ އެންމެ މަތީ މަސްލަހަތާއި ގުޅުންހުރި މައްސަލަތަކަކީ ކޮރަޕްޝަންގެ މައްސަލަތައް ކަމަށާއި ކޮރަޕްޝަންގެ މައްސަލައެއްގައި ސާބިތު ހެއްކާއެކު މައްސަލަތައް ޕީޖީއަށް ފޮނުވައިފިނަމަ 10 ދުވަހުގެ ތެރޭގައި ދައުވާކުރުމަށް ފޮޮނުވޭނެ ކަމަށެވެ.

ރަސްމިއްޔާތު ޗަރަފުވެރިކޯށްދެއްވައި ދެއްކެވި ވާހަކަފުޅުގައި ޝަމީމް ވިދާޅުވީ، ކޮރަޕްޝަންގެ މައްސަލަތަކުގައި ދައުވާކުރަން ފޮނުވަން އެއްވެސް ވަރަކަށް ފަސްނުޖެހޭނެކަމަށެވެ. އަދި މައްސަލަތައް ހައްލުކުރުމުގައި ރަނގަޅު، ހަރުދަނާ އުސޫލުތަކެއް ބޭނުންވާ ކަމަށާއި އޭސީސީއިން އިފްތިތާހުކުރި އެކްޝަން ޕްލޭންއާއެކު ހަރުދަނާ އުސޫލުތަކެއްގެ ދަށުން މައްސަލަތައް ބެލޭނެކަމަށް ގަބޫލުކުރައްވާކަމަށް ޕީޖީ ވިދާޅުވިއެވެ. އަދި މައްސަލަތައް ބެލުން އަވަސްވަމުންދާ މިންވަރަކުން، މުއައްސަސާތަކަށް އާންމުން ކުރަމުންދާ އިތުބާރު ބޮޑުވެގެންދާނެކަމަށް ޕީޖީ ވިދާޅުވިއެވެ.

ކޮރަޕްޝަންގެ މައްސަލަތައް ބެލުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ މުއައްސަސާތަކަކީ އޭސީސީ އާއި ޕީޖީ އޮފީސްކަން ފާހަގަކުރައްވައި ޕީޖީ ވިދާޅުވީ މިހާރަށްވުރެވެސް މައްސަލަތައް ބެލުން އަވަސްވާނެ ގޮތަކަށް މަސައްކަތް ބައްޓަން ކުރަންޖެހޭ ކަމަށެވެ. އަދި މުއައްސަސާތަކުގައި މަސައްކަތްކުރާ މީހުންގެ ފެންވަރު ރަނގަޅުކުރަންޖެހޭ ކަމަށާއި މުއައްސަސާތަކުގައި މަސައްކަތްކުރާ މީހުންގެ ވިސްނުންވެސް ކުށްކުރާ މީހުންގެ ވިސްނުމާއި އެއް ހަމައަކަށް ގެންދަންޖެހޭކަމަށް ވިދާޅުވިއެވެ.

މީގެ އިތުރަށް ޕީޖީ އޮފީހާއި އޭސީސީއަކީ ވަރަށް ގުޅިގެން މަސައްކަތްކުރަންޖެހޭ ދެ މުއައްސަސާކަން ފާހަގަކުރައްވައި، ޕީޖީ ވަނީ މައްސަލަތައް ހައްލުކުރުމުގައި އޭސީސީއިން ފުރިހަމަ އެއްބާރުލުން ދިނުމަށް ގޮވާލައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: