ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑަށް ކުރި ހަރަދުތައް 2.7 ބިލިއަން ރުފިޔާ އަށް

އޭނާ ނިޔާވިއިރު އޮތީ ހުޅުމާލޭ ކޮވިޑް ފެސިލިޓީގައި. ފޮޓޯ:ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް19 އާއި ގުޅިގެން މިހާތަނަށް ސަރުކާރުން ކުރި ހަރަދު 2.7 ބިލިއަން ރުފިޔާއަށް އަރައިފިއެވެ.

ފިނޭންސް މިނިސްޓްރީން އާއްމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މި މަހުގެ 19 ވަނަ ދުވަހާ ހަމައަށް ކޮވިޑާ ގުޅޭ ސިއްހީ ކަންކަމަށް 1.3 ބިލިޔަން ރުފިޔާ ވަނީ ހަރަދުކޮށްފައެވެ.

އެގޮތުން އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީންނެވެ. ދެވަނަ އަށް އެންމެ ބޮޑު ހޭދައެއް ކޮށްފައިވާ ހެލްތު މިނިސްޓްރީން 210.3 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.

ޑިޒާސްޓާ މެނޭޖުމަންޓު ފަންޑުން މިހާތަނަށް 84.06 މިލިއަން ރުފިޔާ ހަރަދު ކޮށްފައިވާއިރު ޕްލޭނިން މިނިސްޓްރީން ވަނީ 37 މިލިއަން ރުފިޔާ ހަރަދު ކޮށްފައެވެ. ޓޫރިޒަމް އެކްޓިވިޓީސް އިމްޕްލިމެންޓޭޝަން ފަންޑުން 29 މިލިއަން ރުފިޔާ ހަރަދު ކޮށްފައިވާއިރު އެންމެ ބޮޑު ހަރަދެއް ކޮށްފައި ވަނީ މިބައްޔަށް ފަރުވާ ކުރަން ބޭނުންވާ ތަކެއްޗާއި، ޓެސްޓު ކިޓާއި ޕީޕީއީ ހޯދުމަށެވެ. އެގޮތުން 527.9 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.

ވެންޓިލޭޓަރުތައް ހޯދުމަށާއި، ކަރަންޓީން ފެސިލިޓީތަކާއި އައިސޮލޭޝަން ފެސިލިޓީތައް ތަރައްޤީކުރުމަށް ވެސް ސަރުކާރުން ދަނީ ބޮޑެތި ޚަރަދުތަކެއް ކުރަމުންނެވެ. އެގޮތުން މިހާތަނަށް މިކަމަށްވަނީ 198.5 މިލިއަން ރުފިޔާ ހަރަދު ކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: