ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޔާމީން ޖަލަށްލިތާ އެއް އަހަރު ފުރުމާ ދިމާކޮށް އިދިކޮޅުން ކަނޑުމައްޗަށް

ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް އަބްދުﷲ ޔާމީނަށް ޖަލަށްލިތާ އެއް އަހަރު ފުރުމާ ދިމާކޮށް އިދިކޮޅުން ކަނޑުމަތީގައި ހަރަކާތެއް ބޭއްވުމަށް ނިންމައިފިއެވެ.

އެ ދުވަހާއި ދިމާކޮށް އިދިކޮޅުން އަންނަނީ ރާއްޖޭގެ ހުރިހާ ސަރަަހައްދެއްގައި ވެސް ހަރަކާތްތައް ހިންގަން ތައްޔާރުވަމުންނެވެ.

އެ ހަރަކާތްތަކާ ގުޅިގެން މިއަދު ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވީ އަންނަ ހޮނިހިރު ދުވަހު މާލޭގައި ހިންގާނެ ހަރަކާތަކީ ކަނޑުމަތީގައި ހިންގާނެ ހަރަކާތެއް ކަމަށެވެ.

” ހަމަ އެ ދުވަހު ރާއްޖޭގެ 185 ރަށެއްގައި އިހުތިޖާޖުތައް ކުރިއަށްދާނެ. މިއީ ސިޔާސީ ކަމެއްގެ ގޮތުގައި ނުދެކި އެ އިހުތިޖާޖުތަކުގައި ބައިވެރިވުމަށް  ރައްޔިތުންނަށް ގޮވާލަން” ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ އިދިކޮޅުން ހަރަކާތްތައް ކުރިއަށް ގެންދާނީ ގާނޫނީ އިމުގެ ތެރެއިން ކަމަށާއި އަދި މިވަގުތުގެ ހާލަތުގައި އެޗްޕީއޭ އިން ނެރެފައިވާ ގައިޑްލައިންތަކާއި ވެސް އެއްގޮތަށް ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 100%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: