ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިއީ ފަތުރުވެރިކަމަށް އާ އުކުޅުތައް ތައާރަފްކުރަންވީ ވަގުތު: މައުސޫމް

ޓުއަރިޒްމް މިނިސްޓަރ ޑރ އަބްދުﷲ
ޝެއާރކޮށްލާ ކަހަލަދޯ؟

ދިގު މުއްދަތަކަށްފަހު ބޯޑަރު އަލުން ހުޅުވާލައި ފަތުރުވެރިކަމުގެ ސިނާއަތުގެ މަސައްކަތްތައް މިހާރު ކުރިއަށްދާއިރު، މިދަނޑިވަޅަކީ ފަތުރުވެރިކަމުގެ ދާއިރާއަށް އާ އުކުޅުތައް ތައާރަފްކުރަންވީ ވަގުތުކަމަށް ޓުއަރިޒްމް މިނިސްޓަރ ޑރ އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

ދަ ސްޓޭންޑިން ކޮމިޓީ ފޮ އިކޮނޮމިކް އެންޑް ކޮމާޝަލް ކޯޕަރޭޝަން އޮފް ދަ އޯގަނައިޒޭޝަން ފޮ އިސްލާމިކް ކޯޕަރޭޝަން (ކޮމްސެކް)ގެ 36 ވަނަ ބައްދަލުވުމުގެ މިނިސްޓީރިއަލް ސެޝަންގައި ތަގުރީރުކުރައްވަމުން މިނިސްޓަރ ވަނީ ކޮވިޑް-19ގެ ސަބަބުން ފަތުރުވެރިކަމުގެ ދާއިރާއަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކަށާއި ގޮންޖެހުންތަކުން އަރައިގަތުމަށް ކުރަމުންދާ މަސައްކަތްތަކަށް ވަނީ އަލިއަޅުއްވާލައްވާފައެވެ.

މިއީ ފަތުރުވެރިކަމުގެ ދާއިރާއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އާ ފުރުސަތުތައް ހޯދައި ފަތުރުވެރިކަމުގެ ސިނާއަތަށް އާ އުކުޅުތައް ތައާރަފްކުރަންވީ ވަގުތުކަމަަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މިކަން ފާހަގަކުރައްވާ ރާއްޖޭގައި ސަގާފީ ފަތުރުވެރިކަމާއި ހަލާލް ޓުއަރިޒްމް ޕްރޮމޯޓްކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުއްވާލެއްވިއެވެ.

މީގެ އިތުރަށް ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުން ހޯދައި ކުރިއެރުންތަކުގެ އަސްލަކީ، ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންގެ މިންނަތް މަސައްކަތްކަން ފާހަގަކުރައްވައި، އެފަރާތްތަކަށް ޝުކުރު އަދާކުރެއްވިއެވެ.

މިބައްދަލުވުން ކުރިއަށް ގެންގޮސްފައިވަނީ ނޮވެމްބަރު 25އިން 26 އަށެވެ. ކޮމްސެކްއަކީ އޯގަނައިޒޭޝަން ފޮ އިސްލާމިކް ކޯޕަރޭޝަން (އޯއަިސީ)ގައި ހިމެނޭ ހަތަރު ދާއިމީ ކޮމެޓިގެ ތެރެއިން އެއް ކޮމެޓިއެވެ. މިކޮމެޓީގެ މެމްބަރުންގެ ގޮތުގައި  57 ގައުމު ބައިވެރިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: