ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޕީއެލްގެ ބޯޑު މެމްބަރުންނަށް ބައްދަލުވުމުގެ ކުރިން ފިޔަވަޅު އެޅި: އެމްޕީއެލް

ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ޚިޔާނާތުގެ މައްސަލައާ ގުޅިގެން ބޯޑު މެމްބަރުންނަށް ފިޔަވަޅު ނާޅާ ކަމަށް ބުނެ މީޑިޔާތަކުގައި ދައްކަމުންދާ ވާހަކަތައް އެކުންފުނިން ދޮގުކޮށްފިއެވެ.

އެމްޕީއެލްއިން އާންމުންކޮށްފައިވާ ނޫސްބަޔާނުގައި ބުނެފައިވަނީ ކޮވިޑް-19އާ ގުޅިގެން، ލޮކްޑައުންގައި ކުންފުނީގެ އޮޕަރޭޝަންސް ހިންގި މުއްދަތުގެ ތެރޭގައި، ކުންފުނީގެ އުޅަނދުތަކަށް ތެޔޮ އެޅުމުގައި ކޮރަޕްޝަންގެ އަމަލުތަކެއް ހިނގާފައިވާކަމަށް ކުންފުނީގެ މެނޭޖްމަންޓަށް ފާހަގަކުރެވި، ކުންފުނީގެ އުސޫލުތަކާ އެއްގޮތަށް މިކަމާ ގުޅޭ އިންޓާރނަލް އޮޑިޓެއް ހެދުމުގެ މަސައްކަތް ފެށީ މިދިޔަ އޮކްޓޯބަރ މަހުގެ ކުރީކޮޅުގައި ކަމަށެވެ. އަދި އިންޓަރނަލް އޮޑިޓުގެ ހޯދުންތަކުގެ މައްޗަށް ބިނާކޮށް، މި މައްސަލައިގައި ބައިވެރިވެފައިވާ ކަމަށްތުހުމަތުކުރެވޭ މުވައްޒަފުން ވަޒީފާގެ މައްސޫލިއްޔަތުން ދުރުކޮށް، ސަސްޕެންޑްކޮށްފައިވާކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

މި މައްސަލައިގެ އިންޓަރނަލް އޯޑިޓް ރިޕޯޓުން މިހާތަނަށް ލިބުނު މަޢުލޫމާތުތައް، އިތުރަށް ތަހުގީގުކުރުމަށް މިކުންފުނިން ކަމާބެހޭ އިދާރާތަކަށް ހުށަހަޅައި، މި މައްސަލައާ ގުޅޭ ތަހުގީގު ވަރަށް ފުޅާ ދާއިރާއެއްގައި ކުންފުނިން ކުރިއަށް ގެންދާކަމަށް ބަޔާނުގައިވެއެވެ.

މީގެ އިތުރަށް، މި މައްސަލައިގައި ތުހުމަތުކުރެވޭ މުވައްޒަފުންނަށް އެމް.ޕީ.އެލްގެ ޑިރެކްޓަރުންގެ ބޯޑުގެ 2020 ވަނަ އަހަރުގެ 24 ވަނަ ޖަލްސާގައި ފިޔަވަޅު ނާޅާ ކަމަށް ބުނެ، މީސް މީޑިއާ އާއި ޚަބަރު ފަތުރާ ވަސީލަތްތަކުގައި ފަތުރަމުންދާ ވާހަކަތައް އެކުންފުނިން ވަނީ ދޮގުކޮށްފައެވެ. އަދި މިމައްސަލައާ ގުޅޭ ކޮރަޕްޝަންގެ އަމަލުގައި ބައިވެރިވާ ކަމަށް ތުހުމަތުކުރެވޭ މުވައްޒަފަކާމެދު ފިޔަވަޅު އެޅުމަށް ޑިރެކްޓަރުންގެ ބޯޑުގެ ޖަލްސާގައި މަޝްވަރާ ކުރެވިފައިނުވާކަމަށް ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.

ބަޔާނުގައިވާ ގޮތުން، މިހާރު ސަސްޕެންޝަންގައި ތިބި މުވައްޒަފުންނަށް ފިޔަވަޅު އަޅާފައިވަނީ ބޯޑު މީޓީން ބޭއްވުމުގެ ކުރިންނެވެ. އެކުންފުނިން ކޮރަޕްޝަނާއި ހިޔާނާތުގެ މައްސަލަތައް، ވަރަށް ސީރިއަސްކޮށް ބަލައި، އެފަދަކަންތައްތައް ހުއްޓުވުމަށް އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް އަޅަމުން ގެންދާނެ ކަމަށްވެސް ބަޔާނުގައިވަނީ ފާހަގަކޮށްފައެވެ.

ލޮކްޑައުންގެ ތެރޭގައި ހިނގިކަމަށް ބުނާ އެމްޕިއެލްގެ 8 މިލިއަން ރުފިޔާގެ ޚިޔާނާތުގެ މައްސަލައިގެ ވާހަކަ ފަޅާއަރުވާލީ ކުންފުނީގެ ޗެއަރަމަން މުހައްމަދު ޒަކީ އާންމުކުރީ ޓުވިޓަރ ޕޯސްޓެއްގައެވެ. ބައެއް މީޑިޔާތަކަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ވައްކަމުގެ ވާހަކަ ފަޅާއެރުމާއެކު ބޯޑު މެމްބަރުންގެ ބައްދަލުވުމެއް ބާއްވައިފައިވެއެވެ. އަދި ބޯޑުން ނެގި ވޯޓުގައި 4 މެންބަރުން ބައިވެރިވެފައިނުވާކަމަށްވެސް ބައެއް މީޑިޔާތަކަށް މައުލޫމާތު ލިބިފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: