ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މީހުން ދިރިއުޅޭ ރަށް ރަށުގައި ރާ ވިއްކުމަށް އެއްވެސް ފުރުސަތެއް ދޭކަށް ދިވެހިން ޖާގަ ނުދޭނެ: އިލްޔާސް

ޝެއިހް އިލްޔާސް ހުސައިން
ޝެއާރކޮށްލާ ކަހަލަދޯ؟

މީހުން ދިރިއުޅޭ ރަށް ރަށުގައި ރާ ވިއްކުމަށް އެއްވެސް ފުރުސަތެއް ދޭކަށް ދިވެހިން ޖާގަ ނުދޭނެ ކަމަށް ދިނީ އިލްމުވެރިޔާ ޝައިޚު އިލްޔާސް ހުސެއިން ވިދާޅުވެއްޖެއެވެ.

އިލްޔާސް މިހެން ވިދާޅުވީ މީހުން ދިރިއުޅޭ ރަށްރަށަަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ރާ ވިއްކޭނެ ގޮތް ހަދަން ޖެހޭ ކަމަށް އެމްޑީޕީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެންބަރު ޙަސަން ޝިޔާން ވިދާޅުވެ ދެއްކެވި ވާހަތަކާއި ގުޅިގެންނެވެ.

އެގޮތުން އިލްޔާސް ކުރެއްވި ޓްވީޓްގައި ވިދާޅުވީ ރައްޔިތުން ނޫނެކޭ ބުނެފައިވާ ކަންކަން އަލުން ގެނައުމަށް މަސައްކަތް ކުރުމަކީ ރައްޔިތުންގެ ނިންމުންތަކުގައި ކޮޅުފައިން ޖެހުންކަމަށެވެ.

“މިފަދަ ކަންކަން ކުރުމަށް ހިތްވަރުދީ، އެކަން ކަން ކުރުމަށް ގޮވާލާ މެމްބަރުންނަށް ވިސްނައިދޭން ރައްޔިތުން ނިކުންނަނަށް ޖެހޭ.” އިލްޔާސް ވިދާޅުވިއެވެ.

ރަށްރަށުގައި ބަނގުރާ އާންމު ކުރުމަށް ދެއްކެވި ވާހަތަކާއި ގުޅިގެން ގިނަ ބަޔަކު ދަނީ ޝިޔާން އަށް ފާޑުކިޔަމުންނެވެ. އަދި މިއީ އެއްވެސް ހާލެއްގައި ކުރެވޭނެ ކަމެއް ނޫންކަމަށާއި، މިއީ އިސްލާމްދީނުގައި ކަނޑައެޅިގެން ނަހީ ކުރައްވާފައިވާކަމެއްކަމަށް ދީނީ އިލްމުވެރިންވެސް ދަނީ ވިދާޅުވަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. މީހުން ދިރިއުޅޭ ރައްރަށުތަ ޱުރަތު ބޭނުން ކުރުން ސެއިހު އައް އޯކޭ ތޯ؟ މީހުން ދިރި އުޅޭ ރައް ރަށުގަ ބޮއިގެން ކެނޱިފަތިބޭއިރު ސެއިހު ހިތައްތަދުނުވޭތޯ؟މަސްތު ވަނީ ހަމައެކަނި ރަލުންތޯ؟ރާ އެތެރެ ކުރަން ސެއިހު އޯކޭތޯ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: