ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

“ފަހުން ދައުލަތަށް ލިބެން އޮތް އާމްދަނީއެއް މިއަދު ނަގައި ހިންގުމުގެ ހަރަދު ފޫބެއްދުމުގެ ހައްގެެއް ނޯންނާނެ”

އަލީ ހުސައިން--
ޝެއާރކޮށްލާ ކަހަލަދޯ؟

ފަހުން ދައުލަތަށް ލިބެން އޮތް އާމްދަނީއެއް މިއަދު ނަގައި ހިންގުމުގެ ހަރަދު ފޫބެއްދުމުގެ ހައްގެެއް އަހަރެމެނަށް ނޯންނާނެ ކަމަށް ކެންދޫ ދާއިރާ މެންބަރު ޢަލީ ޙުސައިން ވިދާޅުވެއްޖެއެވެ.

އަލީ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ 2050 ވަނަ އަހަރު ނޫނީ 2070 ވަނަ އަހަރު ދައުލަތަށް ލިބެން އޮތް އާމްދަނީއެއް މިއަދު ނަގައި، ދައުލަތް ހިންގުމުގެ ޚަރަދު ފޫބެއްދުމަށް އެ ފައިސާ ބޭނުންކުރުމުގެ ޙައްޤެއް މިހާރު ތިބި މީހުންނަށް ނޯންނާނެ ކަމަށެވެ.

އަލީ މިފަދައިން ވިދާޅުވެފައިވާއިރު، މި ދުވަސްވަރަކީ 2021 ވަނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓުގެ މަސައްކަތް ކުރެވުމުންދާ ދުވަސްވަރެވެ. ސަރުކާރުން މިފަހަރު ހުށަހަޅާފައިވާ ބަޖެޓަކީ ޑެފިސިޓު ބޮޑު ބަޖެޓެއްކަން ފާހަގަ ކޮށްލެވެއެވެ.

ބަޖެޓުގައި އަންނަ އަހަރު ލިބޭނެ ކަމަށް ލަފާކޮށްފައިވާ އާމްދަނީއަށްވުރެ ރިކަރަންޓު ޚަރަދުގެ ގޮތުގައި ނުވަތަ ހިންގުމުގެ ޚަރަދުގެ ގޮތުގައި ކުރުމަށް ހިމަނާފައިވާ ހޭދަ ބޮޑެވެ.

ބަޖެޓު ބަހުސްގައި ރައްޔިތުން މަޖިލިހުގެ މެމްބަރުންވަނީ އެކަން ވަރަށް ބޮޑަށް ފާހަގަކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: