ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބަނގުރާ ވިއްކުމާއި ގުޅޭގޮތުން ދެއްކި ވާހަކަތައް ވަނީ އޮޅުވާލާފައި: ޝިޔާން

ތޮއްޑޫ ދާއިރާގެ އެމްޑީޕީ މެމްބަރު ހަސަން ޝިޔާން
ޝެއާރކޮށްލާ ކަހަލަދޯ؟

ބަނގުރާ ވިއްކުމާއި ގުޅޭގޮތުން މުޅި މަޖިލީހުގެ ކޮމިޓީގައި ދެއކެވި ވާހަކަތައް ވަނީ އޮޅުވާލާފައިކަމަށް ތޮއްޑޫ ދާއިރާގެ އެމްޑީޕީ މެމްބަރު ހަސަން ޝިޔާން ވިދާޅުވެއްޖެއެވެ.

ޓުއަރިޒްމްގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް މުޅި މަޖިލީހުގެ ކޮމެޓީގައި ދެއްކެވި ވާހަކަތަކާއި ގުޅިގެން އިލްމުވެރިން ކަންބޮޑުވުން ފާޅުކުރަމުންދާކަމަށް ބުނެ “ޚަބަރު އޮންލައިން” ގައި ޝާއިއުކޮށްފައިވާ ޚަބަރެއް ރީޓުވީޓު ކުރައްވައި ޝިޔާން ވިދާޅުވި އޭނާ މަޖިލީހުގައި ދެއްކެވި ވާހަކަތައް ވަރަށް ބޮޑަށް އޮޅުވާލާފައިވާކަމަށެވެ. އަދި މީހުން އުޅޭ ރަށްރަށުގައި ބަނގުރާ ވިއްކުމާއި އޭނާ ވެސް ދެކޮޅުކަމަށް ޓުވީޓުގައިވެއެވެ.

ޝިޔާން ވިދާޅުވީ މުޅި މަޖިލީހުގެ ކޮމެޓީ ބައްދަލުވުމުގައި އޭނާ ދެއްކެވި ވާހަކަތައް އޮޅުވާލައިގެން މާނަ އޮޅޭ ގޮތަށް މީޑިޔާތަކުން ގެންނަމުން ދާތީ އެކަމާއި ހިތާމަކުރާ ކަމަށެވެ. އަދި ނޫސްވެރިން ޒިންމާދާރު ވުމަށް ގޮވާލެއްވިއެވެ.

މަޖިލީހުގެ ތަޅުމުގައި ބިލަށް އިތުރުކުރުމަށް ބޭނުންވާ ކަންކަން ފާހަގަކުރައްވަމުން ޝިޔާން ވިދާޅުވީ ރިޒޯޓުތަކަށް އަންނަ ފަތުރުވެރިންނަށް ރަލުގެ ޚިދުމަތް ލިބޭ އުސޫލުން ރަށްރަށުގެ ގެސްޓްހައުސްތަކަށް އަންނަ ފަތުރުވެރިންނަށްވެސް މިޚިދުމަތް ލިބެންވާނެކަމަށް ގަބޫލުކުރައްވާކަމަށް ވިދާޅުވިއެވެ.

“އެހެންވީމަ، މީހުން ދިރިއުޅޭ ރަށްރަށުގައިވިޔަސް، ރަށުން ބޭރުގައިވިޔަސް ފެސިލިޓީ ގާއިމްކުރެވޭނެ ގޮތް، ފަޅު ތެރޭގައިވިޔަސް، ވިލެއްގައިވިޔަސް އަދި ކަނޑުތެރޭގައިވިޔަސް އެހިދުމަތް މީހުން ދިރިއުޅޭ ރަށްރަށަށް އަންނަ ފަތުރުވެރިންނަށް ރަށުން ބޭރުންނަމަވެސް ލިބެން އޮންނަންޖެހޭ. މިހާރު ވެއްޖިއްޔާ މިސާލަކަށް އުކުޅަސް، ރަސްދޫ، ތޮއްޑޫއަށް އަންނަ ފަތުރުވެރިން މިޖެހެނީ 45 މިނެޓުގެ ދަތުރަކަށްފަހު ދާން ކޮންމެވެސް ރިޒޯޓަކަށް. މިއަންނަ ހުރިހާ ފަތުރުވެރިންނަކީ ރާބޯ ބަޔަކަށް ނުވިޔަސް، އެވެސް ބޯނެ ބަޔަކު ތިބޭނެ ދެއްތޯ؟ އެހެންކަމުން މިހިދުމަތް ލިބޭނެގޮތަށް އޮތުމަކީ މުހިންމުކަމަށް ވާތީވެ، އެކަން މިމާއްދާއަށް އިތުރުކުރަން ބޭނުން” ޝިޔާން

ޓުއަރިޒްމްގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް މަޖިލީހުގެ ކޮމިޓީގައި ބަހުސް ކުރަމުންދާއިރު، އިދިކޮޅު މެމްބަރުންނާއި ސަރުކާރު މެމްބަރުންނާއި ދެމެދު ހޫނު ބަހުސްތަކެއް އަންނަނީ ކުރެވެމުންނެވެ. ގިނަ ހުށައެޅުންތަކަކާއި އިސްލާހުތަކެއް ބިލަށް ހުށައަޅާފައިވާއިރު، ބިލަށް ހުށައަޅާ އިސްލާހުތަކާއި ހުށައެޅުންތަކަށްް ޚިޔާލު ހޯދުމަށް ސްޓޭކްހޯލްޑަރުންނާއި މަޝްވަރާކުރުން މުހިންުމުކަމަށް ބައެއް މެމްބަރުން ދެކެވަޑައިގަންނަވާކަމަށް މެމްބަރުން ވިދާޅުވެއެވެ.

ބިލާއިމެދު ޚިޔާލު ފާޅުކުރެއްވުމަށް އިކޮނޮމިކް މިނިސްޓަރ އަލްއުސްތާޛް ފައްޔާޒް އިސްމާއިލާއި ޓުއަރިޒްމް މިނިސްޓަރ ޑރ އަބްދުﷲ މައުސޫމްވެސް ވަނީ މަޖިލީހުގެ ކޮމެޓީއަށް ވަޑައިގެންފައެވެ. އަދި އިސްލާހުތަކާއިމެދު ދެކެވަޑައިގަންނަވާ ގޮތް މިނިސްޓަރުން ވަނީ މަޖިލީހާއި ހިއްސާކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 33%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 67%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: