ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފަޚުރުވެރި އެވޯޑާއެކު އެމްއެމްޕީއާރުސީގެ އަމާޒު ލޯކަލް ޓުއަރިޒްމް ފުޅާކުރުމަށް!

މޯލްޑިވްސް މާކެޓިން އެންމެ ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަންސްގެ މެނޭޖިން ޑިރެކްޓަރ ތޮއްޔިބް މުހައްމަދު
ޝެއާރކޮށްލާ ކަހަލަދޯ؟

“ވޯލްޑް ޓްރެވަލް އެވޯޑްސް 2020” ގައި ރާއްޖެއަށް ލީޑިން ޑެސްޓިނޭޝަންގެ އެވޯޑަކީ މުޅި ދިވެހިރާއްޖެއަށް ލިބުނު ކާމިޔާބެއްކަމަށާއި މިއާއެކު އަމާޒަކީ ލޯކަލް ޓުއަރިޒްމް އިތުރަށް ފުޅާކުރުންކަމަށް މޯލްޑިވްސް މާކެޓިން އެންމެ ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަންސްގެ މެނޭޖިން ޑިރެކްޓަރ ތޮއްޔިބް މުހައްމަދު ވިދާޅުވެއްޖެއެވެ.

ރާއްޖެއަށް ލިބުނު ކާމިޔާބީއާ ގުޅިގެން ސަންގުޓީވީއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ތޮއްޔިބް ވިދާޅުވީ މި އެވޯޑަކީ ރާއްޖޭގެ ކޮންމެ މީހަކަށް، ކުންފުންޏަކަށް އަދި ރިޒޯޓަކަށްވެސް މާކެޓިން ޓޫލްއެއްގެ ގޮތުގައި ބޭނުންކުރެވޭނެ އެއްޗެއްކަމަށެވެ. ރާއްޖޭގެ ކޮންމެ ތަނެއް އިޝްތިހާރުކުރުމަށްވެސް މިލަގަބު ބޭނުންކުރެވޭނެކަމަށެވެ.

އެވޯޑާއިއެކު، ކުރިއަށް ކުރުމަށް ރާވާފައިވާ ކަންކަމަކީ ސުވާލުކުރުމުން، ޖަވާބުގައި ތޮއްޔިބް ވިދާޅުވީ، މިހާރަށްވުރެ ބޮޑަށް ލޯކަލް ޓުއަރިޒްމް ފުޅާކުރުމަށް މަސައްކަތްތަކެއް ކުރަން ބޭނުންވާ ކަމަށެވެ. އެގޮތުން، ރާއްޖޭގައި ގާއިމްކޮށްފައިވަނީ ހަމައެކަނި ލަގްޒަރީ ވަސީލަތްތައް ނޫން ކަމަށާއި ހެޔޮ އަގެއްގައި ރާއްޖޭގެ ރީތިކަން ތަޖުރިބާކުރުމުގެ ފުރުސަތު އެބައޮތްކަން ހާމަކޮށްދޭން ޖެހޭ ކަމަށެވެ.

ގިނަ ބަޔަކަށް ހީވެފައިވަނީ ރާއްޖެއަކީ ވަރަށް އަގުބޮޑު، ހަޔާތުގެ އެއްފަހަރު ޗުއްޓީ ހޭދަކޮށްލަން އާދެވޭ ފެންވަރުގެ މަންޒިލެއް ފަދަ ތަނެއްގެ ގޮތުގައި ކަމަށާއި ގިނަ ބަޔަކަށް ރާއްޖޭގެ ރަށްތަކުގައި ގެސްޓްހައުސްތައް ހުންނަކަންވެސް ނޭންގޭ ކަމަށެވެ. ރާއްޖެއަކީ އެންމެ ޕްރިމިއަމް، އެންމެ އަގުބޮޑު މަންޒިލެއްކަމަށް ހީވެފައި އޮތް އޮތުމަކީ  ކުރިމަތިވާ ވަަރަށް ބޮޑު ގޮންޖެހުމެއްކަމަށާއި، ހެޔޮއަގެއްގައި ރާއްޖޭގެ ރީތިކަން ތަޖުރިބާކުރުމުގެ ފުރުސަތު އެބައޮތްކަން ހާމަކޮށްދޭން މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށެވެ.

ދުނިޔޭގެ އެހެން ގައުމުތަކާއި އެއްގޮތަށް، މިހާރު ތަޖުރިބާތައް ވިއްކަން މިމަސައްކަތްކުރަނީ. ރިޒޯޓުތަކުގައި މިހުންނަނީ ދުނިޔޭގެ ނެތް ފެންވަރުގެ ތަޖުރިބާތައް.

ދުނިޔެ ހަތަރު ބަޔަކަށް ބަހާލުމަށްފަހު، މިތަޖުރިބާތައް ކިޔައިދިނުމަށް ވެބިނަރތަކެއް ކުރިއަށް ގެންދިޔަކަމަށާއި ބޭރު ދުނިޔޭގެ ގިނަ އޮޕަރޭޓަރުންނަށް މިފަދަ ކަންކަންވީ އަޖައިބުވާ ފަދަ ވާހަކަތަކަކަށް ކަމަށް ވިދާޅުވިއެވެ. ބައެއް އޮޕަރޭޓަރުންނަށް އަގުހެޔޮކޮށް ގެސްޓްހައުސްތައް ހުންނަކަންވެސް ނޭންގޭ ކަމަށް ވިދާޅުވިއެވެ.

އެހެންނަމަވެސް، ރާއްޖޭގެ ރަށްރަށުގައިވެސް ރީތި ފެންގަނޑުތަކާއި ކުޅިތައް ހުންނަކަން އަންގައިދޭންޖެހޭކަމަށާއި، އެއާއެކު މިތަންތަން މިހާރަށްވުރެވެސް ރަނގަޅު ފެންވަރެއްގައި ބަލަހައްޓަންޖެހޭކަން ތޮއްޔިބް ވިދާޅުވިއެވެ. އަދި ރާއްޖެ ގުދުރަތީގޮތުން އުފެދިފައިވާ ގޮތުގެ ސަބަބުން، ފަތުރުވެރިންނަށް ރައްކާތެރި މާހައުލެއް އޮތްކަން ހާމަކޮށްދިނުމަށްވެސް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށް ތޮއްޔިބް ވިދާޅުވިއެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: