ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބަޖެޓަށް ބަހުސްކުރުމަށް މެމްބަރުންގެ ޝައުގު ހުރިކަމަކަށް ނުފެނޭ: ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަޖިލީހުގެ ރިޔާސަތުގައި
ޝެއާރކޮށްލާ ކަހަލަދޯ؟

އަންނަ އަހަރަށް ދައުލަތުން ލަފާކުރާ ބަޖެޓަށްް ބަހުސްކުރެއްވުމަށް މަޖިލީހުގެ މެމްބަރުންގެ ޝައުގުވެރިކަން ނެތްކަން ފާހަގަކުރައްވައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

2021 ވަނަ އަހަރަށް ލަފާކޮށް ދައުލަތުން ހުށައަޅާފައިވާ ބަޖެޓު، ބަޖެޓު ކޮމެޓީއިން ދިރާސާކޮށް މަޖިލީހުގެ ތަޅުމަށް ފޮނުވާފައިވާއިރު، އިއްޔެގެ މަޖިލީހުގެ ޖަލްސާގައި މެމްބަރުންނަށް ބަހުސްކުރުމަށް ފުރުސަތު ވަނީ ހުޅުވާލާފައެވެ. އެހެންނަމަވެސް، އިއްޔެވެސް އަދި މިއަދުގެ ޖަލްސާގައި ބަހުސްކުރުމަށްވެސް އެދެވޭ ތަރުހީބެއް ލިބިފައިނެތްކަން ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ.

ބަހުސްކުރުމަށް ލިބުނު ފުރުސަތުގައި މާވަށު ދާއިރާގެ މެމްބަރު އަހުމަދު ސައީދު ވިދާޅުވީ ބަޖެޓަށް ޝައުގުވެރިކަން ކުޑަވީ ބަޖެޓު ގޯސްވީމަ ކަމަށެވެ. މެމްބަރުން ދެއްކެވި ވާހަކަތަކަށްބީރު ކަންފަތެއް ދިނުމަށްފަހު ބަޖެޓު ކޮމެޓީއިން ބަޖެޓު ފާސްކުރުމުން، މެމްބަރުންގެ ޝައުގުވެރިކަން ބަޖެޓަށް ކުޑަވާނެކަމަށް އޭނާ ވިދާޅުވިއެވެ. ސައީދު ވިދާޅުވީ މަޖިލީހުގެ ރައީސަށް ބަޖެޓު ރަނގަޅުވަނީ، ރައީސް އިބްރާހިމް މުހައްމަދު ސޯލީހާއި ރައީސް ނަޝީދުގެ ގުޅުން މިވަގުތު ރަނގަޅުވީމާ ކަމަށެވެ.

ބަޖެޓު ކޮމެޓީއަށް، ބަޖެޓު ފޮނުވުމުގެކުރިން މަޖިލީހުގެ ތަޅުމުގައި ބަޖެޓަށް ބަހުސްކުރެއްވިއިރު ބަޖެޓަށް ތާއީދުނުކުރައްވާކަން ގިނަ މެމްބަރުންގެ ވާހަކަތަކުން ވަނީ ހާމަވެފައެވެ، މީގެ ތެރޭގައި އިދިކޮޅު ކޯލިޝަނަށް ނިސްބަތްވާ މެމްބަރުންގެ އިތުރުން، ސަރުކާރަށް ތާއީދުކުރައްވާ މެމްބަރުންވެސް ހިމެނެއެވެ.

މަޖިލީހަށް އެންމެ ފުރަތަމަ ބަޖެޓު ހުށައެޅިއިރު ބަޖެޓުގެ ޖުމްލަ އަދަދަކީ 34.7 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އެއީ 15 ބިލިއަން ރުފިޔާއިން ޑެފިސިޓް ބަޖެޓެކެވެ.

އެބަޖެޓަކީ މިހާލަތަށް އެންމެ އެކަށީގެންވާ ބަޖެޓެއް ނޫންކަން ފާހަގަކުރައްވައި، ސަރުކާރަށް ތާއީދުކުރައްވާ މެމްބަރުންވެސް ބޭކާރު ޚަރަދުތަކެއް ބަޖެޓުގައި ހުރިކަން ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން ބައެއް ރަށްތަކަށް މިވަގުތަށް ކޮންމެހެން ބޭނުންނުވާ ޚަރަދުތަކެއް ހުރިކަން މެމްބަރުން ވަނީ ފާހަގަކުރައްވާފަައެވެ.

ބަޖެޓު ކޮމެޓީއިން ބަޖެޓު ފާސްކުރިއިރު އިތުރު ޚަރަދުތަކަކާއެކު ބަޖެޓުގެ ޖުމްލަ އަދަދު 34.9 ބިލިއަން ރުފިޔާއަށް ބަޖެޓު ވަނީ ބޮޑުކޮށްފައެވެ. އަދި އިތުރު 4 ބިލިއަން ރުފިޔާ އާމްދަނީގެ ގޮތުގައި ލިބޭނެކަމަށް އަންދާޒާކޮށް ބަޖެޓު ޑެފިސިޓް ވާނެ މިންވަރުވެސް 12 ބިލިއަނަށް ވަނީ ކުޑަކޮށްފައެވެ.

ބަޖެޓުގެ ބަހުސަށް މާބޮޑު އެއްބާރުލުމެއް މެމްބަރުންގެ ކިބައިން ލިބިވަޑައިނުގަންނަވާކަން ރައީސް ނަޝީދު ފާހަގަކުރައްވާފައިވާއިރު، މަޖިލީހުގައި މިވަގުތު އޮތީ އެމްޑީޕީ މެމްބަރުންގެ ސުޕަ މެޖޯރިޓީއެކެވެ.

މަޖިލީހުގެ ތަޅުމަށް ވަޑައިގަންނަވާ މެމްބަރުންގެ އަދަދު މަދުކަންވެސް މީގެކުރިންވެސް މަޖިލީހުގެ ރައީސް ވަނީ ފާހަގަކުރައްވާފައެވެ. އަދި ސަރުކާރަށް ތާއީދުކުރައްވާ މެމްބަރުންގެ ވާހަކަތަކުގައިވެސް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރަށް ފާޑުކިޔުންތައް އަމާޒުކުރަމުންދާއިރު، ބަޖެޓަށް ތާއީދުނުކުރައްވާކަން ސަރުކާރަށް ތާއީދުކުރައްވާ މެމްބަރުންގެ ވާހަތަކުން އަންނަނީ ހާމަވަމުންނެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: