ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިނިސްޓަރު އާމްދަނީ ލިބޭނޭ ވިދާޅުވިޔަސް ގަބޫލެއް ނުކުރެވޭނެ: އަފީފު

ވިލުފުށި ދާއިރާގެ އެމްޑީޕީ މެމްބަރު ހަސަން އަފީފް
ޝެއާރކޮށްލާ ކަހަލަދޯ؟

ބަޖެޓަށް އާމްދަނީ ލިބޭނެކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވިޔަސް، އެކަން ގަބޫލުކުރެވެން ނެތްކަމަށް ވިލުފުށި ދާއިރާގެ އެމްޑީޕީ މެމްބަރު ހަސަން އަފީފް ވިދާޅުވެއްޖެއެވެ.

ބަޖެޓު ކޮމެޓީއިން ބަޖެޓު ދިރާސާކުރުމަށްފަހު މަޖިލީހުގެ ތަޅުމަށް ކޮމެޓީ ރިޕޯޓު ފޮނުވައި، ކޮމެޓީ ރިޕޯޓަށް ބަހުސްކުރެއްވުމަށް މެމްބަރު އަފީފަށް ލިބިވަޑައިގެންނެވި ފުރުސަތުގައި އަފީފް ވިދާޅުވީ، އާމްދަނީ ލިބޭނެ ގޮތްތަކަކީ ކޮބައިކަން މިނިސްޓަރ ސާފުކޮށްދެއްވަންޖެހޭ ކަމަށެވެ.

ބޭރުގެ ގައުމުތަކުން އަންނަ ފަތުރުވެރިންނަށް ރާއްޖޭގެ އިގްތިސާދު ބަރޯސާވެފައިވާއިރު، މުޅި ދުނިޔޭގެ އިގްތިސަދު ހުއްޓިފައިވުމާއި ގުޅިގެން ދަތިތަކެއް އެބަހުރިކަން އަފީފް ފާހަގަކުރެއްވިއެވެ. ކޮވިޑް-19އށް ވެކްސިނެއް ލިބޭނެކަމުގެ އުންމީދީ ވާހަކަތަކެއް އިވެމުންދާ ނަމަވެސް، އިގްތިސާދު ރަނގަޅުވާނެކަމުގެ ޔަގީންކަން ނެތްކަމަށް ވިދާޅުވިއެވެ. އަދި އާމްދަނީ ލިބޭޭނެ ގޮތްތަކަކާއި ދޭތެރޭ ވިސްނަންޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.

ބަޖެޓް ކޮމެޓީއިން ޑެފިސިޓް ކުޑަކުރިނަމަވެސް، 12 ބިލިއަން ރުފިޔާއަކީ ބޮޑު އަދަދެއްކަމަށް ވިދާޅުވިއެވެ. އަދި ބަޖެޓުގައި ކޮންމެ އަދަދެއްވެސް ޖަހާލެވިދާނެކަމަށާއި އެކަމުގެ ސަބަބުން ރައްޔިތުންގެ އުންމީދުތައް އިތުރުވެގެންދާނެ ކަމަށް ވިދާޅުވިއެވެ. އެހެންނަނަމަވެސް، ބަޖެޓުގައި ހިމަނާ ކަންކަން ތަންފީޒު ނުކުރެވޭނެމަ، ރައްޔިތުންނަށް ލިބޭ މާޔޫސްކަން މާބޮޑުވާނެކަމަށް ވިދާޅުވިއެވެ.

އިއްޒަތްތެރި މިނިސްޓަރު އެބަ ވިދާޅުވޭ ފައިސާ ލިބޭނެކަމަށް. އެކަމަކު ހަމަ އެހެން ވިދާޅުވިޔަސް ގަބޫލެއް ނުކުރެވޭނެ. އާމްދަނީ ލިބޭނެ ގޮތްތައް ދައްކަން އެބަޖެހޭ، ކޮންތާކުން ކިހިނެއްކަން އާމްދަނީ ލިބެން އޮތީ

ބޮންޑު އަދި ސުކޫކް އިޝޫކޮށްގެން އާމްދަނީ ހޯދާނެ ކަމަށް ފިނޭންސް މިނިސްޓަރ ވިދާޅުވާ ކަމަށާއި އަދި މިއަހަރު ފެށުނީއްސުރެ ސުކޫކާއި ބޮންޑް ހޯއްދަވަން މަސައްކަތް ކުައްވަމުން ގެންދަވާކަމަށް ވިދާޅުވިއެވެ. އެހެންނަމަވެސް މިއަހަރުގެ މިހާތަނަށް އައިއިރު އެކަންވެފައި ނުވާކަން ފާހަގަކުރެއްވިއެވެ.

ވިލުފުށި ދާއިރާއަށް ކަނޑައަޅާފައިވާ ބަޖެޓުގެ ވާހަކަދައްކަވަމުން އަފީފް ވިދާޅުވީ ދާއިރާގެ ތިން ރަށަށްވެސް ކަންކަން ހިމަނާފަ ހުރުމުން އުފާ ކުރައްވާކަމަށެވެ. އެހެންނަމަވެސް، އެއީ 2019ވަނަ އަހަރާއި 2020ވަނަ އަހަރު ބަޖެޓުގައި ހިމަނާފައި ހުރިކަންކަން ކަމަށާއި މިއަހަރުވެސް ހިމަނާފައި ހުރީ ހަމަ އެކަންކަން ކަމަށެވެ. ތިން އަހަރު ދުވަސްވަންދެން އެކައްޗެއް ބަޖެޓު ފޮތުގައި ޖަހަން ތިބުމަކީ އެދެވޭ ކަމެއްނޫންކަން ފާހަގަކުރައްވައި އަފީފް ވިދާޅުވީ އެބޭފުޅާއަކީ ގަދަ 11 މެމްބަރުންގެ ތެރެއިން މެމްބަރަަކަށް ނުވިޔަސް އެދާއިރާގެ ރައްޔިތުން ބޭނުންވާ ކަންކަން ކޮށްދިނުމަކީވެސް ކުރަންޖެހޭނެކަމެއް ކަމަށެވެ. އަދި މިފަދަ ކަންކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުވެސް ބައްލަވައިލެއްވުމަށް ވަނީ އެދިވަޑައިގެންފައެވެ.

އަފީފް ވިދާޅުވީ މިހާރުވެސް ދައްކަންޖެހެނީ، ބޮޑެތި އިންޓްރެސްޓްތަކުން ލޯނު ނަގާފައި ހުރި ވާހަކަތައް ކަމަށާއި އަނެއްކާވެސް އެގޮތަށް ލޯނު ނެގުމުން ދަތިތަކެއް ދިމާވާނެ ކަމަށެވެ. އަދި އޭގެ ބަދަލުގައި މިހާރު ނަގާފައި ހުރި ލޯނުތައް ދައްކަން ފަސްކޮށްދިނުމަށް މަޝްވަރާކުރުމަކީ މުހިންމުކަމެއްކަމަށް އަފީފް ވިދާޅުވިއެވެ.

 

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: