ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނަޒްރާގެ މަރުގެ މައްސަލަ ފުލުހުން ތަހުގީގު ކުރަނީ

ޝެއާރކޮށްލާ ކަހަލަދޯ؟

އިއްޔެރޭ ހިނގި ސައިކަލު އެކްސިޑެންޓުގައި އުމުރުން24 އަހަރުގެ އައިޝަތު ނަޒްލާގެ މަރުވި މައްސަލަ މަރުގެ މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަން ފަށައިފި އެވެ.

އެ އެކްސިޑެންޓު ހިންގާފައިވަނީ އިއްޔެ ރޭ 10:00 ހާއިރު އަމީނީ މަގުން ދަރުމަވަންތަ ހޮސްޕިޓަލް ކައިރިން ބޮޑު ތަކުރުފާނު މަގަށް ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް ކަހާލައިގެން ގޮސް ހިނގާ ޓްރެކްގައި ޖެހިގެންނެވެ. މި އެކްސިޑެންޓު ހިނގި އިރު ނަޒްރާ އިނީ އެ ސައިކަލު ފަހަތުގައި އެވެ.

ފުލުހުން މިއަދު މީޑިއާގައި ބުނީ އެ މައްސަލަ މިހާޜު ތަހުގީގު ކުރަނީ މަރުގެ މައްސަލައެއްގެ ގޮތުގައި އެވެ. އެ މައްސަލައިގަ ފުލުހުން ތުހުމަތު ކުރާ ކަންކަމާއި ގުޅޭ އިތުރު މައުލޫމާތު އަދި ހާމައެއް ނުކުރެ އެވެ.

ފުލުހުން ބުނީ އެކްސިޑެންޓުވި ސައިކަލު ދުއްވަން އިން ފިރިހެން މީހާ އަތުގައި އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ނެތް ކަމަށެވެ. ނަޒްރާ މަރުވި އެކްސިޑެންޓު ހިނގި އިރު އެ ސައިކަލު ދުއްވަން އިނީ އޭނާގެ ލޯބިވެރިޔާ އުމުރުން 24 އަހަރުގެ އާޒިފް އަބްދުލް ހަކީމެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: