ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރިސޯޓެއްގައި ގަވާއިދާ ޚިލާފަށް މަސައްކަތްކުރަމުންދާ 1500 ބިދޭސީންގެ ވާހަކަ ފުލުހުންނާއި ހިއްސާކުރިން، އަޅައެއްނުލާ: ޔޫނުސް

ބޮޑުފިނޮޅުގެ ހަމަނުޖެހުންތަކާއި ގުޅިގެން ހައްޔަރު ކުރި ބިދޭސީން
ޝެއާރކޮށްލާ ކަހަލަދޯ؟

ނ އަތޮޅުގެ ހަދަމުންދާ ރިސޯޓެއްގައި ގަވާއިދާ ޚިލާފަސް މަސައްކަތްކުރަމުންދާ 1500އެއްހާ ބިދޭސީންގެ ވާހަކަތައް ފުލުހުންނާއި ހިއްސާކޮށްފައިވާނެ ކަމަށާއި އެހެންނަމަވެސް މިހާތަނަށް އައިއިރު، ފުލުހުންގެ ފަރާތުން ސަމާލުކަމެއް ލިބިފައިނުވާކަމަށް ހޮޅުދޫ ދާއިރާގެ މެމްބަރު ޔޫނުސް އަލީ ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ފަރާތުން ހުށައަޅުއްވާފައިވާ މީހުން ޓްރެފިކްކުރުން ހުއްޓުވުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ބަހުސްކުރައްވަމުން މެމްބަރު ޔޫނުސް ވިދާޅުވީ ގަނޑުކޮށް މީހުން އެތެރެކުރަން ފެށި ހިސާބެއް ސާފުވާންޖެހޭ ކަމަށެވެ. އަދި އެއް ޕްރޮޖެކްޓަަކަށް މީހުން ގެނައުމަށްފަހު، އެމީހުން އަނބުރާ ފޮނުވާނުލަނީސް ދެވަނަ ޕްރޮޖެކްޓަކަށް މީހުން ނުގެނެވޭ ގޮތް ހަދަންޖެހޭ ކަމަށް ވިދާޅުވިއެވެ. އަދި ކޮމެޓީ މަރުހަލާގައި މިފަދަ އިސްލާހުތައް ބިލަށް ގެނައުން މުހިންމުކަމަށް ފާހަގަކުރެއްވިއެވެ.

ޔޫނުސް ވިދާޅުވީ ނިމިދިޔަ ވެރިކަމުގެ ފަހުކޮޅު، ދުވާލަކު 5000-7000އާ ގާތްކުރާ އަދަދަކަަށް މީހުން ގަވައިދާ ހިލާފަށް އެތެރެކޮށްފައިވާ ކަމަށެވެ. އަދި ނުހިންގާ ބޮޑެތި ޕްރޮޖެކްޓްތަކުގެ ނަމުގައިވެސް މީހުން އެތެރެކޮށްފައި އެބަހުރި ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރަށް މަގުމަތި ބަލަހައްޓާ ފުލުހުންނަށް ޒިކުރާ މިސްކިަތް ކުރިމަތި ފަދަ ތަންތަނުގައި ފުނިޖެހިފައި ތިބޭ ބިދޭސީންގެ މައްސަލަތައް ނުބެލެނީ ކީއްވެތީ ސުވާލު އުފެއްދެވިއެވެ. އަދި ގަވާއިދާ ޚިލާފަށް މަސައްކަތްކުރާ ބިދޭސީން ހިފައި ހައްޔަރު ނުކުރެވެނީ ކީއްވެތޯވެސް ވަނީ ސުވާލު އުފައްދަވާދައެވެ. އެފަދަ މީހުން ގެނައި މީހެއްވެސް، އެމީހުންނާއި ހަވާލުވާނެ މީހެއްވެސް ނެތްކަމަށާއި ދެތިން އަހަރުވަންދެން ގަވާއިދާ ޚިލާފަށް ކޮންމެ ދުވަހަކު މސައްކަތްކޮށްގެން ބޮޑެތި އާމްދަނީ ހޯދާ މީހުންނަކީ ޓުއަރިސްޓް ވިސާގައި އަންނަ ބައެއްނޫންކަމަށް ވިދާޅުވިއެވެ. އަދި މީގެ ތެރެއިން ބައެއް މީހުންނަކީ، ބަރާބަރަށް މުސާރަ ދީގެން އުޅޭއިރުވެސް، އެއަށްވުރެ ބޮޑު މުސާރައެއްގެ ބޭނުމުގައި ފިލައިގެންދާ މީހުންކަން ފާހަގަކުރައްވާފައިވެއެވެ. އަދި މިފަދަ މައްސަލަތައް ނުބަލާ ދޫކޮށްލަނީ އެއީ ވަަރަށް ބައިވަރު މީހުންގެ ޖީބަށް އެކަމުގެ ފައިސާ ވަންނާތީކަމަށެވެ.

ނ އަތޮލޫގައި މަސައްކަތްކުރާ ރިސޯޓެއްގައި 1500 ބިދޭސީން އެބަ މަސައްކަތްކުރޭ ގަވާއިދާ ޚިލާފަށް. ފުލުހުންނަށް މައްސަލަ ހުށައަޅައިފިން. އެކަމަކު އަޅައެއްނުލާ

ސަރުކާރުގެ ފަރާތުން މިގާނޫނަށް އިސްލާހު ހުށައަޅުއްވާފައިވަނީ ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހްމޫދެވެ. ޖީހާން ވަނީ މައިގަނޑު ތިން އިސްލާހެއް މިގާނޫނަށް ހުށައަޅާފައެވެ. އޭގެ ތެރޭގައި ހިމެނެނީ ހިޔުމަން ޓްރެފިކިން ނުވަތަ އެކްސްޕްލޮއިޓޭޝަން އަލުން މާނަކުރުމާއި، ކުށް ކޮށްގެން ހޯދާ ފައިސާއާއި މުދާ އަނބުރާ ދައުލަތަށް ނެގުމާއި ކުށް ކުރުމަށް ބޭނުންކުރާ ފައިސާއާއި މުދާ ދައުލަތަށް ނެގުމެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: