ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަނީ ލޯންޑަރިންގެ ކުށް ހުއްޓުވަން އެއްބަސްވުމެއްގައި ސޮއިކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

އިންޓަރޕޯލް ސެކިއުއަރ އިންފޮމޭޝަން ނެޓްވޯކްގެ އެކްސެސް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ފައިނޭޝަލް އިންޓެލިޖެންސް ޔުނިޓަށް ދިނުމުގެ އެއްބަސްވުމުގައި އިންޓަރޕޯލް ނޭޝަނަލް ސެންޓްރަލް ބިއުރޯ (އެން.ސީ.ބީ) މާލެ އާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މިއަދު އިސްކަންދަރު ބިލްޑިންގގައި ބޭއްވި ރަސްމިއްޔާތެއްގައި އިންޓަރޕޯލް ނޭޝަނަލް ސެންޓްރަލް ބިއުރޯ (އެން.ސީ.ބީ) މާލޭގެެ ފަރާތުން ސޮއިކުރެއްވީ ހެޑް އޮފް އިންޓަރޕޯލް ނޭޝަނަލް ސެންޓްރަލް ބިއުރޯ (އެން.ސީ.ބީ) މާލެ، ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދުއެވެ. އެމްއެމްއޭގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެމްއެމްއޭގެ ފައިނޭޝަނަލް އިންޓެލިޖެންސްގެ ހެޑް އިބްރާހިމް ނާޞިރުއެވެ.

މިރަސްމިއްޔާތުގައި ހެޑް އޮފް އިންޓަރޕޯލް އެން.ސީ.ބީ މާލެ، ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ދެއްކެވި ވާހަކަފުޅުގައި އިންޓަރޕޯލް އެން.ސީ.ބީ ގެ މަސައްކަތްތައް ފުޅާކޮށް ބައިނަލް އަޤުވާމީ ގޮތުން ރާއްޖެއިން އިންޓަރޕޯލް އާއި ގުޅިގެން ކުރާ މަސައްކަތްތައް މިހާރަށްވުރެ އިތުރުކޮށް ހަރުދަނާކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަން ފާހަގަކުރެއްވިއެވެ.

އަދި ޓްރާންސްނޭޝަނަލް ކްރައިމްސްގެ މައްސަލަތަކާ ގުޅިގެން ދިވެހިރާއްޖޭގެ ޤާނޫނު ތަންފީޛުކުރާ އިދާރާތަކަށް އިންޓަރޕޯލްގެ ފަރާތުން ފޯރުކޮށްދެވެން ހުރި އެހީތެރިކަން ދެއްވާނެކަމަށާއި އިންޓަރޕޯލްގެ ޑޭޓާބޭސްތަކާއި ރިސޯރސްތަކުގެ އެކްސެސް ލިބިގެން ދިއުމުން އެމްއެމްއޭގެ ފައިނޭޝަނަލް އިންޓެލިޖެންސް ޔުނިޓްގެ މަސައްކަތްތަކަށް އިތުރު ފުރިހަމަކަމެއް ލިބިގެން ދާނެކަމަށް އުންމީދު ކުރައްވާކަމަށް ވިދާޅުވިއެވެ.

އެމްއެމްއޭގެ ފައިނޭޝަނަލް އިންޓެލިޖެންސް ޔުނިޓްގެ ހެޑް އިބްރާޙިމް އަޙްމަދު ނަޞީރު މިރަސްމިއްޔާތުގައި ދެއްކެވި ވާގަކަފުޅުގައި މިއަދި މި ސޮއިކުރި އެއްބަސްވުމުގެ ދަށުން އެފް.އައި.ޔޫ އަށް އިންޓަރޕޯލްގެ ޑޭޓާބޭސްތަކަށް އެކްސެސް ލިބިގެންދިޔުމަކީ އެފް.އައި.ޔޫގެ މަސައްކަތްތަކަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެ ކަމެއްކަން ފާހަގަކުރެއްވިއެވެ.

އަދި އެފް.އައި.ޔޫ އިން މިހާރުވެސް މޯލްޑިވްސް ޕޮލިސް ސަރވިސް އާއި އެކު ވަރަށް ގާތްކޮށް މަސައްކަތްކުރަމުން ގެންދާކަމަށާއި ކުރިއަށް އޮތް ތަނުގައިވެސް ކަމާގުޅުންހުރި މުއައްސަސާތަކާއެކު ގާބިލްކަން އިތުރުކުމަށް އިސްކަމެއް ދެއްވާނެކަމަށާއި އިންޓަރޕޯލްގެ ޑޭޓާބޭސްތަކާއި ރިސޯސްތަކުގެ އެކްސެސް ހަމަޖައްސަވައި ދެއްވުމުގައި، އިންޓަރޕޯލް އެން.ސީ.ބީ މާލޭގެ މުވައްޒަފުންނާއި ކޮމިޝަނަރ އޮފް ޕޮލިސް ކޮށްދެއްވާފައިވާ މަސައްކަތްތައް ފާހަގަކުރައްވައި ޝުކުރު އަދާކުރެއްވިއެވެ.

ފުލުހުން ބުނީ އިންޓަރޕޯލް ނޭޝަނަލް ސެންޓްރަލް ބިއުރޯ (އެން.ސީ.ބީ) މާލެ އާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓާ ދެމެދު މިއަދު ސޮއިކުރި މި އެއްބަސްވުމުގެ ތެރެއިން ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުގެ މަސައްކަތްތަކާ ގުޅުންހުރި ދާއިރާއިން، އިންޓަރޕޯލްގެ އެކިއެކި ކްރިމިނަލް އިންފޮރމޭޝަން ޑޭޓާބޭސްތަކާއި ލޯއެންފޯރސްމަންޓް ކޭޕެބިލިޓީސް އަދި ޓޫލްސްގެ ބޭނުންކުރެވޭނެ ގޮތް މަގުފަހިވެގެންދާނެ ކަމަށެވެ.

އަދި މުވައްޒަފުންނަށް ބޭނުންވާ ތަމްރީނު ޕްރޮގްރާމްތައް ލިބުމަށާއި އެކިއެކި ފައިނޭންޝަލް ކްރައިމްސް، މަނީލޯންޑަރިންގ އަދި ޓެރަރިޒަމް ފައިނޭންސިންގ ގެ މައްސަލަތަކުގައި އެފް.އައި.ޔޫ އަށް އިންޓަރޕޯލްގެ އެހީތެރިކަން ލިބިގެންދާނެ ކަމަށްވެސް ފުލުހުން ބުނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: