ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފްލެޓްތަކުގެ ކުލި ދެއްކުން ފަސްކުރުމަށް އެދުމުގެ މުއްދަތު އިތުރުކޮށްފި

ހުޅުމާލޭގައި ޢިމާރާތްކޮށްފައިވާ ހިޔާ ފްލެޓްތައް
ޝެއާރކޮށްލާ ކަހަލަދޯ؟

ގެދޮރުވެރިކުރުން ޕްރޮގްރާމްގެ ދަށުން ދޫކޮށްފައިވާ ފްލެޓާއި ހައުސިން ޔުނިޓުތަކުން ސަރުކާރަށް ކުއްލިދެއްކުން ފަސްކޮށްދިނުމަށް އެދުމުގެ މުއްދަތު އިތުރުކޮށްފިއެވެ.

ގެދޮރުވެރިކުރުން ޕްރޮގްރާމްގެ ދަށުން މާލެއާއި، ހުޅުމާލެއާއި، އަތޮޅުތަކުން ދޫކޮށްފައިވާ ފްލެޓާއި ހައުސިން ޔުނިޓުތަކުން ސަރުކާރަށް ދައްކަން ޖެހޭ ކުލި ކޮވިޑް-19އާ ގުޅިގެން ސަރުކާރުން ވަނީ މިދިޔަ މާރޗު މަހުން ފެށިގެން 6 މަސް ދުވަހުގެ މުއްދަތަކަށް ފަސްކޮށްދީފައެވެ.

މި މުއްދަތު 31 އޯގަސްޓް 2020 އަށް ހަމަވެފައިވާއިރު ޕްލޭނިން އެންޑު ހައުސިން މިނިސްޓްރީން ބުނީ ވަރަށް ގިނަ ފަރާތްތަކަކުން މުއްދަތު އިތުރު ކޮށްދިނުމަށް އެދެމުންދާތީ، ސެޕްޓެމްބަރު މަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށް ތިނ މަހަށް ކުލި ނެގުން ފަސްކުރުމަށް ނިންމާފައިވާކަމަށެވެ. ނަމަވެސް އެ މުއްދަތު ހަމަވުމަށްފަހުވެސް އެ ތިން މަހުގެ ކުލި ފަސްކޮށްދިނުމަށް އެދި ވަރަށް ގިނަ ފަރާތްތަކަކުން މިނިސްޓްރީއަށް ހުށަހަޅަމުންދާތީ، އެ ތިން މަހުގެ ކުލި ފަސްކޮށްދިނުމަށް އެދުމުގެ ފުރުޞަތު މިމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްދިނުމަށް މިހާރު ނިންމާފައިވާކަމަށް ހައުސިން މިނިސްޓްރީން ބުނެއެވެ.

ކުލި ދެއްކުން ފަސްކޮށްފައިވީ ނަމަވެސް ކުލި ފަސްކުރާ މުއްދަތުގައި މެއިންޓަނެންސް ފީ ދައްކަންޖެހޭނެކަމަށް ހައުސިން މިނިސްޓްރީން ބުނެއެވެ. އަދި ކުލި ފަސްކުރާ މުއްދަތު އެގްރީމެންޓަށް އިތުރުކުރެވޭނެކަމަށްވެސް އެ މިނިސްޓްރީން ބުނެއެވެ.

ކުލި ފަސްކުރުމަށް ބޭނުންވާ ފަރާތްތަކުން 15 ޑިސެމްބަރ 2020 ވާ އަންގާރަ ދުވަހުގެ ނިޔަލަށް އައި.ޑީ.ކާޑުގެ ކޮޕީއާއި، ގުޅޭނެ ފޯނު ނަންބަރާއި، ހައުސިންގ މިނިސްޓްރީއާއެކު ކޮށްފައިވާ އެގްރީމެންޓް ނަމްބަރު އެނގޭނެގޮތަށް އެ މިނިސްޓްރީގެ އީމެއިލް beneficiary@planning.gov.mv އަށް މެއިލްކުރެއްވުމަށް ހައުސިންގ މިނިސްޓްރީން ވަނީ އަންގަވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: