ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފުލުހުންގެ ތެރޭގައި ބަޣާވާތް ކުރުމަކީ ކޮބައިކަން މާނަކޮށް، އެ އަމަލުތައް ހިންގާ އޮފިސަރުންނަށް ދައުވާ ކުރަނީ!

މާލޭގައި ކުރިޔަށް ގެންދިޔަ ސިލްސިލާ މުޒާހަރާއެއްގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

ފުލުހުންގެ ތެރޭގައި ބަޣާވަތް ކުރުމާއި، އެކަމަށް ހިތްވަރު ދިނުމާއި ބަޔަކު ރާވާކަމެއް އެނގި ހުރެ އެކަމެއް ސިއްރުކުރުން އެއީ ޖިނާއީ ކުށަކަށްވާ ގޮތަށް ފުލުހުންގެ ހިދުމަތުގެ ބިލުގައި ހިމަނައިފިއެވެ.

ފުލުހުންގެ ހިދުމަތާއި ގުޅޭގޮތުން ހުށަހަޅާފައިވާ އިސްލާހުތައް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާއި ބެހޭ ކޮމިޓީއިން ވަނީ ފާސްކޮށްފައެވެ. އަދި މަޖިލީހުގެ ތަޅުމަށް ފޮނުވާފައިވާ އެ ރިޕޯޓުގައި ވަނީ ފުލުހުންގެ ތެރޭގައި ބަޣާވާތުގެ އަމަލެއް ހިންގައިފިނަމަ އެ އޮފިސަރެއް ނުވަތަ އޮފިސަރުންތަކާއި މެދު އަމަލު ކުރާނެ ގޮތް ހިމަނާފައެވެ.

މަޖިލީހަށް ހުށަހަޅާފައިވާ ބިލު ފާސްވެ ގާނޫނަކަށް ބަދަލުވުމުން ފުލުހުންގެ ބަޔަކާއި އެހެން ބަޔަކު ގުޅިގެން ހިންގާ އެ އަމަލުތަކުގެ ސަބަބުން ފުލުހުން ކުށްވެރިވާނެ އެވެ. އަދި އާއްމުންގެ ތެރެއިން ބަޔަކު ހިންގާ އަމަލަކަށް ފުލުހުންގެ ފަރާތުން ހިތްވަރު ދީފިނަމަ، ނުވަތަ އެފަދަ އަމަލެއް ހިންގަން އުޅޭކަން އެނގިތިބެ ފުލުހުންގެ އިސްވެރިންނަށް ނާންގައިފިނަމަ އެ ފުލުހަކު ކުށްވެރިވާނެ އެވެ.

ބިލުގައި ވަނީ ފުލުހުންގެ ވަޒީފާގައި ހުރުމަށްފަހު އެއްވެސް އެންގުމެއް ނެތި ވަޒީފާ ދޫކޮށް ގޮސްފިނަމަ ނުވަތަ ދާން މަސައްކަތް ކުރުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ބުނެފައެވެ.

ބަޣާވަތް ކުރުން ކަމުގައި ބެލެވޭނެ ހާލަތްތައް މި ބިލުގައި ހިމަނާފައި ވެއެވެ. ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ބަޣާވާތް ކުރުމަކީ އެއީ ގާނޫނީ ކުށެކެވެ. ކޮމިޓީއިން އެކުލަވާލި ރިޕޯޓުގައި ފުލުހުންގެ ފަރާތުން އެފަދަ އަމަލެއް ފެނިގެން ދިއުމާއި ގުޅޭގޮތުން ވަކި ބާބެއް ހިމަނާފައި ވެއެވެ.

ފުލުހަކަށްވެ ހުރެ، ފުލުހުން ތެރޭގައި އެހެން ފުލުހަކާ ނުވަތަ ފުލުހުންގެ ބަޔަކާ ބައިވެރިވެ، ނުވަތަ ފުލުހުން ނޫން ބަޔަކާ ބައިވެރިވެ، ބާރުގެ ބޭނުން ކުރުމާއި ނުވަތަ ބާރުގެ ބޭނުން ކުރާނެ ކަމަށް ބުނެ ބިރު ދެއްކުމާއި ނުވަތަ އެ މަގުސަދުގައި ތިމާ އަދާކުރަން ޖެހޭ ޑިއުޓީތަކާއި ހަވާލުކުރެވޭ މަސައްކަތްތަކާއި ކުރެވޭ އަމުރުތަކަށް ނުކިޔަމަންތެރިކަން ދެއްކުމާއި، މިފަދަ ކަންތައްތަކަށް އެހެން މީހުންނަނަށް ހިތްވަރުދީ ހެދުމަކީ ބަޢާވާތްކުރުން ކަމަށް ކޮމިޓީއިން މަޖިލީހުގެ ތަޅުމަށް ފޮނުވި ރިޕޯޓުގައި ވަނީ ބުނެފައެވެ.

“ބަޣާވާތް” ކުރުމަކީ ކޮބައިކަން ބިލުގައި ތަފްސީލުކޮށް ކޮމިޓިއިން ތައްޔާރު ކުރި ރިޕޯޓުގައި ބުނެފައިވަނީ ފުލުހުންގެ ތެރޭގައި އެހެން ފުލުހަކާ ނުވަތަ ފުލުހުން ނޫން އެހެން ބައަކު ބައިވެރިވެ، ބާރުގެ ބޭނުން ކުރުމާއި ނުވަތަ ބާރުގެ ބޭނުން ކުރާނެކަމަށް ބުނެ ބިރު ދެއްކުން އެއީ ކުށެއް ކަމަށެވެ.

ފުލުހުންގެ ތެރޭގައި “ބަޣާވާތް ކުރުން” ކަމުގައި ބެލެވޭނެ އިތުރު ނުކުތާތަކެއް ބިލުގައި ހިމަނާފައި ވެއެވެ. އޭގެ ތެރޭގައި ހިމެނެނީ:

  1. ފުލުހުންގެ އިސްމީހަކަށް ނުވަތަ ވެރިޔަކަށް ފުލުހުންގެ އިދާރާއިން ލިބިދީފައިވާ ބްރެއް ނިގުޅައިގަތުން ނުވަތަ
  2. ޤައުމީ ސުލްމުތަށް ނުރައްކާވާ ފަދަ ޙާލަތުތަކުގައި ފުލުހުންގެ ވެރިން ކުރާ އަމުރުތަކަށް ނުކިޔަމަންތެރިވުމާއި، ޙަވާލުކުރެވޭ މަސައްކަތްތަކަށާއި ޑިއުޓީތަކަށް ނުދިޔުން. ނުވަތަ
  3. ފުލުހުންގެ ތެރޭގައި ކުރަންޖެހޭ މަސައްކަތްތަކަށާއި އަދާކުރަން ޖެހޭ ޑިއުޓީތަކަށް ހުރަސްއެޅުން، ނުވަތަ
  4. ޑިއުޓީގައި ހުންނަ ފުލުހަކަށް ނުކިޔަމަންތެރިކަން ދެއްކުމާއި ބާރުގެ ބޭނުންކުރުން ނުވަތަ
  5. ފުލުހަކު ޑިއުޓީއަށް ބަހައްޓާފައި ހުރި ތަނަކަށް ގަދަކަމުން ވަންނަން އުޅުން ނުވަތު ބްދުގެ ބޭނުންކޮށްގެން ބިރުދައްކައި، އެތަނަކަށް ތިމާ ނުވަތަ އެހެން ބަޔަކު ވެއްދުން.
  6. ފުލުހުންގެ ހަތިޔާރާއި އާލާތްތައް ގަދަބާރުން އަތުލުން ނުވަތަ ފުލުހުންގެ ޚިދުމަތުގައި ބޭނުންކުރާ އިމާރާތަކަށް ނުވަތަ އާލާތަކަށް ނުވަތަ ވަސީލަތަކަށް ގެއްލުންދިނުން ނުވަތަ ހަލާކުކުރުން.

ބިލުގައި ބުނެފައިވަނީ އެ ގާނޫނުގެ ދަށުން ފުލުހެއްގެ މައްޗަށް ތައުދީބީ ފިޔަވަޅެއް އެޅުމަކީ ނުވަތަ ޖިނާއީ ކުށެއްގެ ދައުވާ ކުރުމަކީ އެހެން ގާނޫނެއްގެ ދަށުން ޖިނާއީ ކުށެއް ކަމުގައި ބަޔާންކޮށްފައިވާ ކުށަކާއި ގުޅިގެން ދައުވާ ނުއުފުލޭނެ ސަބަބެއް ނޫން ކަމަށެވެ. އަދި އެއީ އެއް ކުށަކަށް ދެ ފަހަރަށް އަދަބު ދިނުން ވެސް ނޫން ކަމަށް ވަނީ ބުނެފައެވެ.

މި ބިލާއި އެކު ޣައިރު ގާނޫނީ އަމުރުތައް ކުރުމަކީ ވެސް ކުށެއްކެވެ. އަދޮ އެފަދަ އެއްވެސް އަމުރަކަށް ފުލުހުން ތަބާވެގެން ނުވާނެ ކަމަށް ބިލުގައި ވަނީ ބުނެފައެވެ.

ފުލުހުންގެ ގާނޫނު އިސްލާހު ކުރުމަށް ފުޅާ ދާއިރާއެއްގައި މަޝްވަރާތަކެއް ކުރިޔަށް ގެންދިޔައެވެ. އަދި އެކަމާއި ގުޅިގެން ސަރުކާރަށް އެންމެ ބޮޑަށް ފާޑުކިއުން އަމާޒުވަނީ 2012 ވަނަ އަހަރު އޭރުގެ ރައީސުލްޖުމްހޫރިއްޔާ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވީ ފުލުހުންގެ ބައިވެރިވުމާއި އެކުކަމަށް ވުމުން އެކަން ތަހުގީގު ކުރަން އުޅޭތީ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: