ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހަރުކަށި ފިކުރުތަކާއި ދެކޮޅަށް ގައުމުތަކުން ގުޅިގެން މަސައްކަތް ކުރަންޖެހޭ: މާރިޔާ

ޝެއާރކޮށްލާ ކަހަލަދޯ؟

ހަރުކަށި ފިކުރުތަކާއި ނިރުބަަވެރި ހަރަކާތްތަކާއި ދެކޮޅަށް ދޭދޭ ގައުމުތަކުން މިހާރަށްވުރެ ގުޅިގެން މަސައްކަތްކުރަންޖެހޭކަމަށް ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދިދީ ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް ނޭޗަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)އާއި އިނގެރޭސިވިލާތުގެ އަސްކަރިއްޔާ ގުޅިގެން ހިންގި ކައުންޓަރ ޓެރަރިސްޓް ކުއާޓަރ ބެޓަލް ކޯސް ނިންމާލުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރ ވިދާޅުވީ އަމާން ވެށްޓެއް ގާއިމްކުރުމަށް ދިވެހި ސިފައިން ކުރައްވަމުން ގެންދަވާ މަސައްކަތްތައް ފުރިހަމަކުރުމަށް ރަނގަޅު ތަމްރީންތަކެއް ކުރިއަށް ގެންދިޔުމަކީ މުހިންމުކަމެއް ކަމަށެވެ.

ނިރުބަވެރިކަމާއި ހަރުކަށި ފިކުރުތަކާއި ހަރަކާތްތަކަކީ މުޅި ބައިނަލްއަގްވާމީ މުޖުތަމައަށްވެސް މިއަދު ދިމާވެފައިވާ ބޮޑު ގޮންޖެހުމެއްކަން ފާހަގަކުރައްވައި މިނިސްޓަރ ވިދާޅުވީ މިހާރަށްވުރެވެސް ބޮޑަށް ދޭދޭ ގައުމުތައް ގުޅިގެން މިގޮންޖެހުންތަކުން އަރައިގަތުމަށް މަސައްކަތްކުރަންޖެހޭ ކަމަށެވެ. އެގޮތުން ދޭދޭ ގައުމުތަކުގެ މެދުގައި މިހާރަށްވުރެވެސް ބޮޑަށް އިންޓެލިޖެންސްގެ މައުލޫމާތު ހިއްސާކުރުން މުހިންމުކަމަށް ވިދާޅުވިއެވެ.

ރާއްޖެއަކީ ފަތުރުވެރިކަމަށް ވަަރަށް ބޮޑަށް ބަރޯސާވެފައިވާ ގައުމެއްކަމަށާއި އެހެންކަމުން އަންނަން އޮތް ޖީލުތަކަށް ރާއްޖޭގެ ވެށި ރައްކާތެރިކަމާއި އަމާންކަމާއެކު ފޯރުކޮށްދިނުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. އަދި މިހާރު ނޭޝަނަލް ޓެރަރިޒްމް ރެސްޕޮންސް ޕްލޭންގެ ދަށުން ޒަރޫރީ ހާލަތްތަކުގައި ހަތިޔާރާއެކު ކުރިމަތިލުމުގެ ބާތު އެމްއެންޑީއެފްއަށް ދީފައިވާކަމަށެވެ.

މިނިސްޓަރގެ ވާހަކަފުޅުގައި ދިވެހިރާއްޖެއާއި އިނގެރޭސިވިލާތާއި ދެމެދު އޮތް ގާތް ގުޅުމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. އެގޮތުން މިތަމްތރީން ޕްރޮގްރާމާއެކުވެސް ދިފާއީ ގޮތުން ރާއްޖެއާ އިނގެރޭސިވިލާތާއި ދެމެފު އޮތް ގާތް ގުޅުމުގެ އާ ބާބެއް ހުޅުވިގެން ހިނގައްޖެކަމަށް ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި އިނގިރޭސި ވިލާތުން ރާއްޖެ ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކެރަން ރޯޒްލަރ އާއި ޗީފް އޮފް ޑިފެންސް ފޯރސް މޭޖަރ ޖެނަރަލް އަބްދުﷲ ޝަމާލާއި އިނގިރޭސި ވިލާތުގެ ޓްރެއިނިންގ ޓީމުގެ މެމްބަރުންގެ އިތުރުން ޖެނެރަލް އޮފިސަރުން އަދި ސެންޓްރަލް އޭރިޔާގެ ސިފައިން ބައިވެރިވެވަޑައިގެންނެވިއެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: