ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަމާޒަކީ މިމަހުގެ 16 ވަނަ ދުވަހުގެ ކުރިން 1 ލައްކަ ފަތުރުވެރިން ގެނައުން: މައުސޫމް

ޓުއަރިޒަމް މިނިސްޓަރ މައުސޫމް-- ފޮޓޯ: ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

އަމާޒަކީ ރާއްޖޭގެ ބޯޑަރު ހުޅުވާލިފަހުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު މިމަހުގެ ފުރަތަމަ 16 ދުވަސްތެރޭ 100،000އަށް އެރުވުން ކަމަށއ ޓޫރިޒަމް މިނިސްޓަރ ޑރ. ޢަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

ކޮވިޑްގެ ސަބަބުން ރާއްޖޭގެ ބޯޑަރު މާރޗް މަހުގެ ތެރޭގައި ބަންދުކޮށް ހާލަތަށް ބަލައި ޖުލައިމަހުގެ 15 ވަނަ ދުވަހު އަލުން ވަނީ ބޯޑަރު ހުޅުވާލާފައެވެ.

މިނިސްޓަރު މަޢުޞޫމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މިމަހުގެ 16 ވަނަ ދުވަހުގެ ކުރިން ރާއްޖެއަށް 1 ލައްކަ ފަތުރުވެރިން ގެނައުމަށް އަމާޒު ކަނޑައަޅާފައިވާކަމަށެވެ. އަދި ޑިސެމްބަރ މަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް މިއަހަރު ރާއްޖެއަށް ޒިޔާރަތްކުރި ޖުމްލަ ފަތުރުވެރިންގެ އަދަދު 5 ލައްކައަށް އެރުވުމަށް މަސައްކަތް ކުރަމުންދާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މަޢުޞޫމް ވިދާޅުވީ، މިދިޔަ އަހަރުގެ ނޮވެމްބަރ މަހާއި އަޅާބަލާއިރު މިއަހަރުގެ ނޮވެމްބަރުމަހު ބައެއް މާކެޓްތަކުން ކުރިއެރުން ހޯދާފައިވާކަމަށެވެ. އެގޮތުން ކުރިއެރުން ހޯދާފައިވާ މާކެޓްތަކުގެ ތެރޭގައި އިޖިޕްޓް، ކަޒަކިސްތާން، ރަޝިއާ، ބްރެޒިލް އަދި ޔޫކްރެއިން ހިމެނެއެވެ.

ޖުލައި 15 ވަނަ ދުވަހު ރާއްޖޭގެ ބޯޑަރު އަލުން ހުޅުވިފަހުން މިމަހުގެ 2 ވަނަ ދުވަހާއި ހަމައަށް ރާއްޖެއަށް 79،627 ފަތުރުވެރިން މިހާރު ވަނީ އައިސްފަ އެވެ. މި އަދަދާއެކު މިއަހަރުގެ މިހާތަނަށް 462،474 ފަތުރުވެރިން ރާއްޖެ އައިސްފައިވާކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: