ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މި ސަރުކާރުން ކެމްޕެއިންތައް ކުރަނީ، އިދިކޮޅު ލީޑަރު ކަސްތޮޅު އެޅުވުމަށްފަހު: ޖަމީލް

ރައީސް ސާލިހު އަދި އަރިހުގައި ކުރީގެ ނައިބް ރައީސް ޑރ ޖަމީލް: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ރަށްތަކުގެ މަޝްރޫއުތައް އިފްތިތާހު ކުރުމުގެ ނަމުގައި މި ސަރުކާރުން ދަނީ ކުރިޔަށް އޮތް ކައުންސިލް އިންތިހާބުގެ ކެމްޕެއިންކަމަށް ކުރީގެ ނައިބް ރައީސް ޑރ. ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

މި ސަރުކާރުގެ އިސްވެރިން ގެންދަވަނީ ރަށްތަކުގައި ކުރިޔަށް ގެންދާ ތަފާތު އެކި މަޝްރޫއުތައް އިފްތިތާހު ކުުރުމަށް ރާއްޖޭގެ ރަށްތަކަށް ޒިޔާރަތް ކުރަމުންނެވެ. ކޮވިޑުގެ ބަލިމަޑުކަމުގެ ތެރޭގައި ކަރަންޓީނުވުމެއް ނެތި، ރަށްތަކަށް ދަތުރުކުރާތީ އާއްމުންގެ ފާޑުކިއުންތައް ވަނީ ސަރުކާރަށް އަމާޒުވެފައެވެ. އޭގެ ތެރޭގައި އައްޑޫ އާއި ހުވަދޫއާއި ދެމެދު ސީޕްލޭން ދަތުރު ފެށުމުގެ ރަސްމިއްޔާތާއި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހއ. ހޯރަފުށި އަދި ލ އަތޮޅަށް ކުރެއްވި ދަތުރު ހިމެނެއެވެ. އޭގެ އިތުރުން ކުންފުނިތަކުގެ ވެރިންނާއި، ދާއިރާތަކުގެ މެމްބަރުން ވެސް ރައްތަކަށް ދަތުރުކޮށް އެ ރަށުގެ ރައްޔިތުންނާއި ބައްދަލު ކުރާތީ އާއްމުން ވަނީ ނުރުހުން ފާޅުކޮށްފައެވެ.

ރައީސްގެ ދަތުރުފުޅުތަކަށް ފާޑުކިއުން އަމާޒުކޮށް ޑރ. ޖަމީލް ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ، މި ސަރުކާރުން ސިޔާސީ ހަރަކާތްތައް ހިންގަނީ އިދިކޮޅުގެ މަސައްކަތްތަކަށް ހުރަސްއެޅުމަށްފަހު ކަމަށެވެ. އެގޮތުން އިދިކޮޅު ކޮންގްރެސް ކޯލިޝަނަށް ކެމްޕެއިން ކުރުމުގެ އެއްވެސް ފުރުސަތެއް ނުދޭކަމަށް ޑރ. ޖަމީލް ވަނީ ވިދާޅުވެފައެވެ. ޑރ. ޖަމީލް ވިދާޅުވީ އެއީ މި ސަރުކާރުން ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމަށް ދޭ އެންމެ ބޮޑު އަނިޔާ ކަމަށެވެ.

“އޮޅުވާލައިގެން ކެމްޕެއިން ކުރުން ހުއްޓާލައްވާ. ދަތުރުކޮށް ކެމްޕެއިން ކުރުމުގެ ހަމަހަމަ ފުރުޞަތު އިދިކޮޅަށްވެސް އޮންނަންޖެހޭ. ސިޔާސީ ހަރަކާތް ހިންގަވަން އުޅުއްވަނީ އިދިކޮޅު ލީޑަރާއި ޕާޓީ ކަސްތޮޅު އެޅުވުމަށްފަހު. ޚުދުމުހުތާރު ވެރިކަން މިފެށުނީ.” ޑރ. ޖަމީލް

ރައީސް ސޯލިހު ލ އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު ކައްދުއަށް ވަޑައިގެން އެމްއެންޑީއެފްގެ ސެންޓްރަލް އޭރިއާގެ މަސައްކަތްތައް ބައްލަވާލެއްވިއެވެ. އަދި އެ ރަށުގައި އެމްއެންޑީއެފްގެ ތަމްރީނުތައް ވަނީ ބައްލަވާލައްވާފައެވެ. އެއަށްފަހު ލ. ގަމުގައި ވެސް ވަނީ ގިނަ ހަރަކާތްތަކެއް ކުރިޔަށް ގެންގޮސްފައެވެ.

ރައީސް ސޯލިހަށް ފާޑުކިއުންތައް އަމާޒު ކުރައްވާ ޖަމީލް ވަނީ ރައްޔިތުންނަށް އޮޅުވާލައިގެން ކެމްޕެއިން ހަރަކާތްތައް ކުރިޔަށް ގެންދިއުން ހުއްޓާލުމަށް ގޮވާލައްވާފައެވެ. އަދި ރަށްތަކަށް ދަތުރުކުރުމުގައި ހަމަހަމަ ފުރުސަތު ދިނުމަށް ވެސް ޑރ. ޖަމީލް ވަނީ ވިދާޅުވެފައެވެ. މި ސަރުކާރަކީ މިއީ ހުދުމުހުތާރު ވެރިކަމެއްގެ ގޮތުގައި ސިފަކުރައްވާ ޑރ. ޖަމީލް ވަނީ މި ސަރުކާރުން ރައީސް ޔާމީންގެ މައްޗަށް އިސްކޮށްފައިވަނީ އަނިޔާވެރިކަން ކަމަށް ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: