ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޒިޔަތަށް ޙުކުމް އިއްވުން މާދަމާ

ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) މެދުވެރިކޮށް ދައުލަތައް ލިބެން ޖެހޭ ފައިސާގެ ތެރެއިން 781 މިލިއަން ރުފިޔާއަށް ޚިޔާނާތްތެރިވި ކަމަށް އަމިއްލައަށް ޝަރީޢަތުގައި އިއުތިރާފުވި އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ މައްޗަށް  ޙުކުމް އިއްވުމަށް މާދަމާ ކްރިމިނަލް ކޯޓުން ޝަރީޢަތުގެ މަޖިލީހައް ތާވަލް ކޮށްފިއެވެ.

ޒިޔަތުގެ މައްޗަށް ޙުކުމް ކުރާ ޝަރީޢާތް ބޭއްވުމަށް ތާވަލް ކޮށްފައި ވަނީ މާދަމާ ހެނދުނު 10:30 ގައެވެ

ޒިޔަތުގެ މައްޗަށް ދައުލަތުން ޚިޔާނާތުގެ 32 ދައުވާއެއް ކްރިމިނަލް ކޯޓުގައި ވަނީ އުފުލާފައެވެ. އެހުރިހާ ދައުވާތަކަކަށް ވެސް ޒިޔަތު ވަނީ މިދިޔަ ހަފްތާގައި ކްރިމިނަލް ކޯޓުގައި އިއުތިރާފު ވެފައެވެ.

ހުރިހާ ދައުވާއަށް ޒިޔަތު އިއުތިރާފުވި ނަމަވެސް ދައުލަތުން ޝަރީޢަތުގައި އެދުނީ އެންމެ 11 އަހަރުގެ ޖަލު ޙުކުމެއް އިއްވައި ދިނުމަށެވެ.

ޒިޔަތުގެ މައްޗަށް އުފުލާފައިވާ ދައުވާތަކަށް އޭނާ ކްރިމިނަލް ކޯޓުގައި އެއްބަސްވީ ދައުލަތާއި އޭނާއާ އެކު ހަދާފައިވާ އެއްބާރުލުން ދިނުމުގެ އެއްބަސްވުމެއްގެ ދަށުންނެވެ.

ޒިޔަތުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ހުރިހާ ދައުވާއެއް ވަކިވަކިން އިއްވުމުން ޒިޔަތު ވަނީ އެ ދައުވާތަކަށް އިއުތިރާފްވާ ކަމަށް ވިދާޅުވެފަ އެވެ.

އެ ދައުވާތަކުގެ އިތުރުން ޚިޔާނާތުގެ އެހެން ދައުވާއެއް 2016 ވަނަ އަހަރު ޒިޔަތުގެ މައްޗަށް ސާބިތުވެ، އަށް އަހަރުގެ ޖަލު ހުކުމެއް އޭނާ ގެންދަނީ މިހާރު ވެސް ތަންފީޒު ކުރަމުންނެވެ.

ޒިޔަތުގެ މައްޗަށް ޖަލު ޙުކުމެއް އޮތް ނަމަވެސް މި ސަރުކާރަށް ވެރިކަން ލިބިވަޑައިގެންނެވި ހިސާބުން ޒިޔަތު ހުންނަވަނީ ގޭބަންދުގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: