ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މީޑިއާ ކައުންސިލަށް އާ މެމްބަރުން އިންތިހާބުކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް މީޑިއާ ކައުންސިލް، ގެ އާ ދައުރަށް މެންބަރުން މިއަދު އިންތިހާބުކޮށްފި އެވެ.

މެންބަރުން އިންތިހާބުކޮށްފައިވަނީ މީޑިއާތަކުގެ މެދުގައި މިއަދު ހޯމް މިނިސްޓްރީގައި ކުރިއަށް ދިޔަ ވޯޓަކުންނެވެ.

މީޑިއާތަކުގެ ފަރާތުން ކައުންސިލަށް އިންތިހާބުވެފައިވަނީ އަލީ ހުސައިން (ޕީއެސްއެމް)، މުއިއްޒު އިބްރާހިމް (މިހާރު)، އާދަމް ނަވާޒް (ވަގުތު)، އާދަމް ނަޒީރު (ހަތާވީސް އޮންލައިން)، ހުސެއިން ސަގީފް (ތިލަދުން)، ޝަހުބާން ފަހުމީ (ސަންގު ޓީވީ)، އަދި ހަސަން ޝާކިރު (އަސްދަނޑި) އެވެ.

މީޑިއާ ކައުންސިލަށް އާއްމުންގެ ފަރާތުން ހޮވުނީ ފާތިމަތު އަހްމަދު، އަންވަރު ހުސެއިން، އިބްރާހިމް ފައުޒީ، އަހްމަދު މޫސާ، ޝަފާތު ހަބީބް އަދި މުހައްމަދު ޝަފާއު ހަސަން އެވެ.

އެމްއެމްސީ އެކުލެވިގެން ވަނީ މީޑިއާގެ ހަތް މެމްބަރުންނާއި އާންމުންގެ ހަ މެމްބަރުން އެކުލެވޭ ގޮތަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: