ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަމީން މައުލޫމާތު ދިނީ ގަސްދުގައި އޮޅުވާލައިގެން: ކޮމިޓީ ރިޕޯޓް

ހެލްތް މިނިސްޓަރު އަބްދުﷲ އަމީން/ ވެންޓިލޭޓަރުތަކުގެ މައްސަލައިގައި އަމީނަށް ތުހުމަތުތަކެއް ވެސް ކުރެވުނު
ޝެއާރކޮށްލާ ކަހަލަދޯ؟

ވެންޓިލޭޓަރު މައްސަލާގައި ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މުޅި މަޖިލީހަށް ގަސްދުގައި އޮޅުވާލާފައިވާ ކަމަށް މަޖިލީހުގެ އިމްތިޔާޒު އަދި ސުލޫކު ކޮމިޓީން ނިންމައިފި އެވެ.

ދުބާއީ ކުންފުންޏާ 75 ވެންޓިލޭޓަރު ގެނައުމަށް ހަވާލުކުރި މައްސަލާގައި އަމީން މަޖިލީހުގައި ވިދާޅުވީ ދުބާއީގެ ކުންފުންޏާ ވެންޓިލޭޓަރުތައް ހަވާލުކުރީ ޑަބްލިޔުއެޗްއޯގެ ލަފާގެ މަތިން ކަމަށެވެ. ނަމަވެސް އޮޑިޓް ރިޕޯޓުގައި ބުނެފައިވާ ގޮތުން ޑަބްލިޔުއެޗްއޯ އިން އެއްވެސް އިރެއްގައި ދުބާއީގެ ކުންފުންޏާއެކު ވިޔަފާރީގެ އެއްވެސް މުއާމަލާތެއް ކޮށްފައެއް ނުވެ އެވެ.

އެ މައްސަލަ ބެލުމަށް ފަހު އިމްތިޔާޒް ކޮމެޓީން އެކުލަވާލި ރިޕޯޓުގައި ބުނެފައި ވަނީ މައްސަލާގައި މަޖިލީހުގެ މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު އަހްމަދު ހައިތަމް، ލިޔުމުން ޖަވާބު ހޯދަން އަމީނަށް ފޮނުވި ސުވާލުގެ ހެލްތު މިނިސްޓްރީން 28 އޭޕްރީލް 2020ގައި ފޮނުވާފައިވާ ސިޓީން ދެއްވާފައިވާ މައުލޫމާތާއި 20 އޮކްޓޫބަރުގައި އެ ކޮމެޓީން ބޭއްވި ބައްދަލުވުމުގައި މިނިސްޓަރު އަމީން ދެއްވި މައުލޫމާތުގައި އެއްވެސް ތަފާތެއް ނެތް ކަން ފާހަގަވެފައިވާ ކަމަށެވެ.

ނަމަވެސް 16 އޯގަސްޓުގައި އޮޑިޓާ ޖެނެރަލް ނެރުއްވި އޮޑިޓު ރިޕޯޓުގައި ވާ މައުލޫމާތާއި އަމީން ކޮމެޓީއަށް ދެއްވި މައުލޫމާތާ ހިލާފުކަން ވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

އަދި މިނިސްޓަރު ކޮމެޓީއަށް ހާޒިރުވެ ދެއްވި މައުލޫމާތަށް ބަލާއިރު، ވެންޓިލޭޓަރު ހޯދުމުގައި ޑަބްލިއުއެޗްއޯއާއި މިނިސްޓްރީ އޮފް ހެލްތާ ދެމެދު ރަސްމީކޮށް މުއާމަލާތްކުރެވުނުކަން ފާހަގަކުރައްވައި، އެ މުއާމަލާތްކުރި ކަމުގެ ހެއްކެއްގެ ގޮތުން ކޮމިޓީއަށް ހުށަހެޅި އީމެއިލްގެ ކޮޕީ ކޮމެޓީން ބެލި ބެލުމުން، އެ އީމެއިލް އިން މުއާމަލާތްކޮށްފައި ވަނީ މިނިސްޓްރީގެ މުވައްޒަފަކާކަން ނުވަތަ މިނިސްޓްރީއާ ގުޅުންހުރި ފަރާތަކާކަން އެ ލިޔުމުން އެ ލިޔުމުން އެނގެން ނެތް ކަމަށް ރިޕޯޓުގައިވެ އެވެ.

އަދި އެ ދެފަރާތުގެ ދެމެދުގައި މުއާމަލާތްކުރެވުނު ރަސްމީ ލިޔުމެއް ވާނަމަ އެ ލިޔުމެއް ކޮމެޓީއަށް ހުށަހަޅަން ފުރުސަތު ދިން ނަމަވެސް، މިނިސްޓްރީން އެފަދަ އެއްވެސް ލިޔުމެއް ހުށަހަޅާފައި ނުވާކަމަށް ކޮމެޓީ ރިޕޯޓުގައިވެ އެވެ.

އެހެންކަމުން ކޮމެޓީން އަމީން އާ ކުރިމަތިކުރުވި ސުވާލުތަކަށް އިތުރުފުޅުހައްދަވާފައިވާ ކަމަށް ގަބޫލުކުރެވޭ ކަމަށް ވަނީ ނިންމައިފަ އެވެ.

އަދި އެއީ މަޖިލީހުގެ ގަވާއިދުގެ ދަށުން މަޖިލީހުގެ މެމްބަރުގެ އިމްތިޔާޒަށް އުނިކަން އައިސްފައިވާ ކަމެއް ކަމަށާއި އަދި އަމީން މުޅި މަޖިލީހަށް ނުވަތަ ކޮމެޓީއަށް ގަސްދުގައި އޮޅުވާލައިގެން މައުލޫމާތު ދެއްވި ކަމެއް ކަމަށް 25 ނޮވެމްބަރު ވަނަ ދުވަހު ބޭއްވި ކޮމެޓީއަށް ހާޒިރުވެ މެމްބަރުންގެ އިއްތިފާގުން ވަނީ ފާސްކޮށްފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: