ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީއިން ހުށައެޅި ފުލުހުންގެ ބިލު ފާސްވެއްޖެ

ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުގެ ފަރާތުން، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)އިން ހުށައެޅި ފުލުހުންގެ ޚިދުމަތުގެ ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

މި ބިލު މަޖިލީހުން ފާސްކުރީ 59 މެމްބަރުންގެ ވޯޓާއެކުގައެވެ. މައުލޫމާތު ލިބޭގޮތުގައި މިބިލަށް ވޯޓުލުމަށް ބޭނުންނުވާތީ، އިދިކޮޅު ކޯލިޝަންގެ މެމްބަރުން ވަނީ މަޖިލީސް ބޯއިކޮޓްކޮށް ތަޅުމުން ނުކުންނަވާފައެވެ.

ފުލުހުްނގެ ބިލު ފާސްވެގެންދިޔައިރު، ހިމެނޭ މައިގަނޑު ކަންކަމުގެ ތެރޭގައި ޕޮލިސް ބޯޑު އެކުލަވާލެވިގެންވާ ގޮތާއި، އެ ބޯޑުގެ މައިގަނޑު މަސްއޫލިއްޔަތު، ފުލުހުންގެ އިދާރީ އާ އޮނިގަނޑު އެކުލެވިގެންވާ ގޮތާއި
ލާމަރުކަޒީކޮށް ފުލުހުންގެ ޚިދުމަތް ދިނުމުގައި ޢަމަލުކުރާނެ ގޮތް، ރާއްޖެއާއި ރާއްޖެއިން ބޭރުގައި ޙަރަކާތްތެރިވުމުގައި ފުލުހުންނަށް ލިބިދީފައިވާ ބާރުތައް، ފުލުހުންގެ މަޤާމަށް މީހުން ރެކްރޫޓް ކުރުމުގައި ޢަމަލުކުރާނެ ގޮތާއި ފުލުހުންގެ ޚިދުމަތުގެ މަސައްކަތްތަކާއި ފުލުހުންނަށް ލިބިދީފައިވާ ބާރާއި އިޚްތިޔާރު އަދި  ފުލުހުންނާމެދު ހުށަހެޅޭ ޝަކުވާތަކާމެދު ޢަމަލުކުރާނެ ގޮތާއި ފިޔަވަޅުއަޅާނެ އުސޫލު ވަނީ ކަނޑައަޅާފައެވެ. މީގެ އިތުރުން، ޙައްޤުނޫން އަނިޔާއަށް ބަދަލުދިނުމުގައި ޢަމަލުކުރާނެ ގޮތް، ފުލުހުންގެ ރޭންކް ބަދަލުކުރުމުގައި ޢަމަލުކުރާނެ ގޮތް،  ފުލުހުންނަށް ޓްރެއިނިންގ ދިނުމުގައި ޢަމަލުކުރާނެ އުސޫލާއި ފުލުހުންނާއި ގުޅުންހުރި ބައެއް މުހިންމު ކަންކަން ވަނީ ހިމަނާފައެވެ.

މިބިލަކީ މި ސަރުކާރުގެ ވައުދާއި އެއްގޮތަށް، ޑިމޮކްރެޓިކް ވެރިކަމެއްގައި ޕްރޮފެޝަނަލްކަމާއި، ހުނަރުވެރިކަމާއެކު މަސައްކަތްކޮށް، ހިދުމަތްދޭ މުއައްސަސާއަކަށް ފުލުހުން ހެދުމަށް ފަރުމާކުރެވިފައިވާ ބިލެއްކަމަށް އެމްޑީޕީއިން ވަނީ ބުނެފައެވެ. އެގޮތުން، މިބިލު ގާނޫނަކަށްވުމުން ފުލުހުންނާއި ފުލުހުންގެ މުއައްސަސާގެ ތަސައްވަރަށާއި ކުރިއެރުމަށް ބޮޑެތި ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް އެމްޑީޕީއިން ފާހަގަކުރެއެވެ. އަދި ރައްޔިތުންގެ ރައްކާތެރިކަމާއި އަދި ޖިނާއީ އަދުލުގެ ނިޒާމުގެ އިތުރަށް ހަރުދަނާކޮށް ރައްޔިތުންގެ އިތުބާރު ލިބިދީފައިވާ މުއައްސަސާއަކަށް ވެގެންދާނެކަމަށް އެމްޑީޕީއިން ފާހަގަކުރެއެވެ.

ބިލު ފާސްކުރިއިރު ކަމާއި ގުޅުންހުރި އިދާރާތަކާއި މުއައްސަސާތަކާއި ބޭފުޅުންނާއި ބައްދަލުކޮށްފައިވާއިރު އާންމުންގެ ޚިޔާލުވެސް މިބިލަށް ހޯދާފައިވެއެވެ.

މިބިލަށް އެމްޑީޕީގެ ބައެއް މެމްބަރުންނާއި އިދިކޮޅު ކޯލިޝަނުން ވަނީ ފާޅުގައި ދެކޮޅު ހަދާފައެވެ. އެގޮތުން މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ފާޅުކަން ބޮޑު ގޮތެއްގައި ދެކޮޅު ހަދާފައިވާއިރު، މަޖިލީހުގެ ތަޅުމުގައި މިބިލާއި ދެކޮޅު ަހއްދަވައި އަޑުގަދަކުރެއްވުމުން ނަން އިއްވައި މަޖިލީހުގެ ތަޅުމުން މެމްބަރު ޝަރީފް ބޭރުކޮށްލާފައިވެސްވެއެވެ.

ބިލާއި ދެކޮޅު ހެއްދެވި މެމްބަރުން ފާހަގަކުަރއްވާ ގޮތުގައި، މިއީ ފުލުހުންގެ މުއައްސަސާ ސިޔާސީވާނެ ބިލެކެވެ. އަދި މިއީ ފުލުހުންގެ މުއައްސަސާގެ މިނިވަންކަން ގެއްލިގެންދާނެ ކަމެއްގޮތުގައި މެމްބަރުން ފާހަގަކުރައްވައެވެ. އަދި ބިލު ފަރުމާކުރުމުގެ ނިޔަތް ރަނގަޅު ނޫންކަމަށް އެބޭފުޅުން ފާހަގަކުރެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: