ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަލީހް ވަކި ކުރަން އެދި އެމްޑީޕީގެ ޕީޖީން ރައީސަށް ސިޓީއެއް

މިނިސްޓަރ މަލީހު
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮމިއުނިކޭޝަން، ސައިންސް، އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް ވަކި ކުރަން އެދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ފަރާތުން ސިޓީއެއް ފޮނުވަައިފިއެވެ.

ސިޓީ ފޮނުވާފައިވާކަން އެ ގްރޫޕްގެ ލީޑަރު، ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް މިއަދު ވަނީ ވިދާޅުވެފައެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަލީ އާޒިމް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާއަކީ އެމްޑީޕީގެ ބޭފުޅަކަށް ވާތީ ރައީސްގެ ވަޒީރެއްގެ މައްސަލަ މަޖިލީހަށް ގެނައުމުގެ ކުރިން އެ ވަޒީރަށް ފިޔަވަޅު އެޅުމަށް އެދި ރައީސަށް ސިޓީއެއް ފޮނުވައި ދަންނަވާފައިވާނެ ކަމަށެވެ.

މީގެ އިތުރުން އާޒިމް ވިދާޅުވީ، މަޖިލިސް ޗުއްޓީއަށް ގޮސް ނިމިގެން އަންނަ އަހަރުގެ ފުރަތަމަ ދައުރަށް އަންނަ އިރުގައި މިނިސްޓަރު މަލީހް ވަކި ކުރުމުގެ މައްސަލައަށް އަލި މަގެއް ފެންނާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

މަލީހު މަގާމުން ވަކި ކުރަން ފެންނަ ކަމަށް ނިންމައި، އެމްޑީޕީގެ ޕީޖީ އަށް މައްސަލަ ހުށަހެޅުއްވީ އެ ޕާޓީގެ 10 މެމްބަރަކެވެ

. މިހާތަނަށް މަލީހް ވަކި ކުރުމާ ގުޅޭ ގޮތުން ރައީސް ސޯލިހް ވަކި ގޮތެއް ނުނިންމަވައެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: