ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދައުލަތަށް ލިބެންޖެހޭ 781 މިލިއަނަށް ހިޔާނާތްވި ޒިޔަތަށް، 11 އަހަރުގެ ހުކުމް އިއްވައިފި

އެމްއެމްޕީއާރުސީގެ ކުރީގެ އެމްޑީ އަބްދުﷲ ޒިޔަތު/ ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ޚިޔާނާތާ ގުޅިގެން ކުންފުނީގެ ކުރީގެ މެނޭޖިން ޑައިރެކްޓަރ އަބްދުﷲ ޒިޔަތުގެ މައްޗަށް އުފުލާފައިވާ ދައުވާތަކަށް އިއުތިރާފުވެފައިވާތީ އޭނާއަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވައިފިއެވެ.

ރާއްޖޭގެ ތާރީހުގައި ވެސް ހިނގައިދިޔަ އެންމެ ބޮޑު ހިޔާނާތުގެ މައްސަލައިގައި ޒިޔަތުގެ މައްޗަށް 32 ދައުވައެއް އުފުލިއެވެ. އެމްއެމްޕީއާރުސީ މެދުވެރިކޮށް ރަށްތަކާއި، ފަޅުތައް ކުއްޔަށް ދޫކޮށްގެން ދައުލަތަށް ލިބެންޖެހޭ 781 މިލިއަން ރުފިޔާއަށް ޒިޔަތު ވަނީ ހިޔާނާތް ވެފައެވެ. އަދި ޒިޔަތު ވަނީ އެ ފައިސާއަށް ހިޔާނާތްވީކަމަށް އިއުތިރުފެ، ދައުލަތާއި އެކު ކުށުގެ އިއުތިރާފު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ

މައްސަލައަށް އެއްބާރުލުން ދިނުމަށް ހެދި އެއްބަސްވުމުގައި ޒިޔަތު ވަނީ، ދައުލަތަށް ލިބެންޖެހޭ ފައިސާގެ ޗެކުތަކާއި ހަވާލުވުމަށްފަހު، އެމްއެމްޕީއާރުސީ އާއި ހަވާލުކުރުމުގެ ބަދަލުގައި ކުރީގެ ނައިބް ރައީސް އަހުމަދު އަދީބު އެންގެވި ފަރާތްތަކާއި ޗެކުތައް ހަވާލުކުރިކަމަށް އިއުތިރާފުވެފައެވެ. އެހެން ނަމަވެސް އެ ޗެކުތަކުން އެއްވެސް ފައިސާއެއް އޭނާއަށް ނުލިބޭކަމަށް ޒިޔަތު ޝަރީއަތުގައި ވިދާޅުވެފައި ވެއެވެ.

އަދީބު އަންގާ ގޮތަކަށް ފައިސާއާއި މެދު އަމަލު ކުރިއިރު، އެ ފައިސާ އޭރު ހަރަދު ކުރީ ސަރުކާރުގެ ތަފާތު އެކި ބޭނުންތަކަށް ކަމަށް ޒިޔަތު ވިދާޅުވިއެވެ.

ދައުވާތަކަށް އެއްބަސްވަނީ އެއްވެސް މަޖުބޫރީ ހާލަތެއްގައިތޯ، ސުވާލު ކުރުމުން ޒިޔަތު ވިދާޅުވީ ދައުވާތަކަށް އިއުތިރާފު ވަނީ އަމިއްލަ އިހުތިޔާރުގައި ކަމަށެވެ.

ޒިޔަތަށް އަދަބެއްގެ ގޮތުގައި 11 އަހަރުގެ ޖަލު ހުކުމެއް އިއްވުމަށް ދައުލަތުން އެދިފައިވަނީ ހިޔާނާތްވި، ފައިސާގެ އަދަދަށް ބަލައި ގާނޫނުލް އުގޫބާތުގެ ދަށުން އަދަބުގެ ދަރަޖަ މަތި ކުރުމަށް ފަހު އެވެ. އަދިި ޒިޔަތު ތަހުގީގަށް އެއްބާރުލުން ދެމުންދާތީ އަދަބުގެ ދެ ދަރަޖަ ދަށް ކުރުމުންނާއި ގާނޫނުލް އުގޫބާތުގައި ބަޔާންކުރާ އެއް ކުށަށް ވުރެ ގިނަ ކުށަށް އަދަބު ކަނޑައެޅުމުގެ އުސޫލުގެ ދަށުންކަމަށް ދައުލަތުން ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: