ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުންފުންޏެއްގެ އެމްޑީކަން ލިބުނީމަ ފުރަތަމަވެސް ދަނީ ދުބާއީއަށް: ޔާސިރު

ކުޅުދުއްފުށި އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަތީފް
ޝެއާރކޮށްލާ ކަހަލަދޯ؟

ދައުލަތުގެ ކުންފުނިތަކުގެ މެނޭޖިން ޑިރެކްޓަރުކަން ހަވާލުކުރުމުން، ގިނަ ބޭފުޅުންނަށް އެއީ އަމިއްލަ މުދާކަމަށް ހީކޮށް ބޭނުންހާ ގޮތަކަށް ޚަރަދުކުރާ ކަމަށް ވިދާޅުވެ ސަރުކާރުގެ ކުންފުނިތަކުގެ މެނޭޖިން ޑިރެކްޓަރުންނަށް ކުޅުދުއްފުށި އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަތީފް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

މަޖިލީހުގެ ޖަލްސާގައި މޯލްޑިވް ގޭހުގެ ކޮރަޕްޝަންގެ މައްސަލައިގެ ކޮމެޓީ ރިޕޯޓަށް ބަހުސްކުރައްވަމުން، މެމްބަރު ޔާސިރު ވިދާޅުވީ ދިވެހި ރައްޔިތުންގެ ފައިސާއިން އުފައްދާފައިވާ ކުންފުނިތަކުގެ އެމްޑީކަން ލިބުމުން ގިނަ ފަހަރަށް އެއީ އަމިއްލަ މުދާކަމަށް ހީކުރެވޭކަމަށެވެ. އަދި ކުންފުނީގެ ފައިސާއިން ބޭނުންހާގޮތަކަށް އަމިއްލަ ކަންކަން ކުރަމުންދާކަމަށް ޔާސިރު ވިދާޅުވިއެވެ.

ޔާސިރު ވިދާޅުވީ، ކުންފުނީގެ އެމްޑީކަން ލިބުމާއެކު ފުރަތަމަވެސް ދަނީ ދުބާއީއަށް ކަމަށެވެ. އަދި އެތަނުން ޑީލަރެއް ހޯދާ ކަމަށާއި އެއަށްފަހު، ކުންފުނިން އިއުލާނު ކުރާ ހުރިހާ ޕްރޮޖެކްޓެއް އިއުލާނުކުރާނީ ސީދާ އެކުންފުންޏަށް އަމާޒުކޮށްގެން ކަމަށް ވިދާޅުވިއެވެ.

ދިވެހި ދައުލަތުގެ ސަބްސިޑަރީ ކުންފުނިތަކަކީ ރައްޔިތުންނަށް މަންފާ ހޯދައިދިނުމަށް ގާއިމްކޮށްފައިވާ ކުންފުނިތައްކަން ފާހަގަކުރައްވައި، ޔާސިރު ވިދާޅުވީ އެކުންފުނިތަކުން އެމަންފާ ހާސިލްނުވާ ކަމަށެވެ. އޭގެ ބަދަލުގައި ފެނިގެންދަނީ ރައްޔިތުންގެ ފައިސާއިން ވައްކަންކުރަމުންދާ މަންޒަރުކަމަށް ވިދާޅުވިއެވެ.

ޑީލްތައް ހޯދުމާއި، ދެން އަންނަ ދައުރަކަށް ކެމްޕެއިން ކުރުމާއި، ނުދެއްކި ހުރި ލޯނުތަކަށް ފައިސާ ދެއްކުމަކީ މިހާރު ކުންފުނިތަކުގެ އެމްޑީކަން ލިބުމުން ކުރަމުންދާ ކަންތައްތައް ކަމަށް ވިދާޅުވިއެެވެ. ދައުލަތުން ކުންފުނިތައް ހިންގުމަކީ އަބަދުވެސް އެމްޑީޕީއިން ދެކޮޅު ހަދާ ކަމެއް ކަމަށާއި ކުންފުނިަތއް ޕްރައިވެޓައިޒް ކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްކަމަށް ޔާސިރު ވިދާޅުވިއެވެ.

ޔާސިރު ވިދާޅުވީ ކޮމެޓީތަކުން ރިޕޯޓުތައް ފާސްކޮށް، މަޖިލީހުގެ ތަޅުމަށް ފޮނުވައި މަޖިލީހުން ކިތަންމެ ވަރަކަށްވެސް މަސައްކަތް ކުރެވިދާނެކަމަށެވެ. އެހެންނަމަވެސް ދައުލަތުން ވައްކަންކުރުމަށްފަހު، ކެފޭތަކަށް އަރައި ހަމަޖެހިލައިގެން ސައިބޯން ތިބެވޭނެ އުސޫލު އޮންނަހާ ހިނދަކު އެކަމަށް ހައްލު ނާންނާނެކަމަށް ޔާސިރު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: