ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ކޯލިޝަންގެ ވާހަކަ ހިމަނަން އެމްޑީޕީން ހުށަހެޅި: އިލެކްޝަންސް ކޮމިޝަން

ސަރުކާރުގެ ކޯލިޝަންގެ ލީޑަރުން
ޝެއާރކޮށްލާ ކަހަލަދޯ؟

ސިޔާސީ ޕާޓީތަކުގެ ގާނޫނަށް އިސްލާހު ގެނައުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން އެކުލަވާލި ޑްރާފްޓްގައި ކޯލިޝަނަށް ގާނޫނީ ހައިސިއްޔަތެއްދީ ވަކި މާއްދާއެއްގެ ގޮތުގައި ހިމެނުމަށް އެމްޑީޕީން ހުށަހެޅި ކަމަށް އެކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ސަންގުޓީވީ އާ ވާހަކަ ދައްކަވުން ޝަރީފް ވިދާޅުވީ ސިޔާސީ ޕާޓީތަކުގެ ގާނޫނަށް ގެންނަ އިސްލާހުތަކުގެ ތެރޭގައި “ކޯލިޝަން ރިކޮގްނައިޒް” ކުރަން އެމްޑީޕީގެ ފަރާތުން ހުށަހެޅުއްވި ކަމަށެވެ. ނަމަވެސް އެކޮމިޝަނުން ބަންޑާރަ ނައިބުގެ އޮފީހަށް ފޮނުވި ޑްރާފްގައި އެ ހުށަހެޅުން ހިމަނާފައިނުވާނެ ކަމަށެވެ.

ޝަރީފް ވިދާޅުވީ އެމްޑީޕީގެ އެ ހުށަހެޅުން ޑްރާފްޓްގައި ނުހިމެނީ އިލެކްޝަންސް ކޮމިޝަނުގެ ޤާނޫނީ ޓީމާ މަޝްވަރާ ކުރުމަށްފަހުގައި ކަމަށެވެ. އިސްލާހު ބަލައިނުގަތް ސަބަބެއް ކަމަށް ޝަރީފް ވިދާޅުވީ “ކޯލިޝަން ރިކޮގްނައިޒް” ކުރުމުގެ އިތުރަށް، ކޯލިޝަންގައި ހިމެނޭ ޕާޓީއެއް ސަރުކާރުން ވަކިވެއްޖެނަމަ ވަކި މުއްދަތެއްގެ ތެރޭގައި އިންތިޚާބެއް ބާއްވަންޖެހޭނެ އޮތުމެވެ.

އެމްޑީޕީގެ އެ ހުށަހެޅުމުގެ ސަބަބުން ޤާނޫނު އަސާސީގައި ރިޔާސީ ދައުރު ކަނޑައަޅާފައި ވަނިކޮށް، އެދައުރެއް ނުނިމެނީސް އޭގެ ކުރިން ގާނޫނަކުން އިންތިޚާބެއް ބޭއްވިދާނެ ކަމަށް ކޮމިޝަނުގެ ޤާނޫނީ ޓީމަށް ޤަބޫލެއް ނުކުރެވުނު ކަމަށް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ ކޯލިޝަންގެ ވާހަކަ ޤާނޫނު އަސާސީއާ ގާނޫނެއްގައި ނެތަސް ރާއްޖޭގެ ސިޔާސީ މަޝްރަހުގައި ކަންކަން ކުރަމުން އަންނަނީ އެގޮތަށް ކަމަށް ނިމިދިޔަ ހުރިހާ އިންތިޚާބުތަކަކުންވެސް އެނގޭ ކަމަށެވެ. އެހެންވެ ވަކި މާއްދާ އެއް އޮތުމަށްވުރެ ކޯލިޝަނާބެހޭ ގާނޫނެއް އޮތުން މާ ރަނގަޅުވާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

“އެމްޑީޕީން ހުށަހެޅި ކޯލިޝަން ރެކޮގްނައިޒް ކުރަން، އެކަމަކު ގާނޫނީ ޓީމުގެ ލަފާގެ މަތިން އަޅުގަނޑުމެން ނިންމީ އެކަން ނުހިމަނަން، އެއީ ކޯލިޝަނުން ޕާޓީއެއް ވަކި ވެއްޖެނަމަ ވަކި މުއްދަތެއްގެ ތެރޭގައި އިންތިޚާބެއް ބާއްވަންޖެހޭނެ ކަމަށް އެބައޮތް ހުށަހަޅާފަ، ޤާނޫނު އަސާސީގައި ރިޔާސީ ދައުރު ކަނޑައަޅާފައި ވަނިކޮށް ދައުރުގެ މެދުން ގާނޫނަކުން އިންތިޚާބެއް ބޭއްވިދާނެ ކަމަށް ޤަބޫލެއް ނުކުރެވޭ” ޝަރީފް

މީގެ އިތުރުން ޝަރީފް ވިދާޅުވީ އެމްޑީޕީން ވަރަށް ރަނގަޅު ހުށަހެޅުމެއްވެސް ހިމަނާފައިވާ ކަމަށެވެ. އެގޮތުން ސަރުކާރާ އިދިކޮޅު ލީޑަރު”އަށް ޤާނޫނީ ހައިސިއްޔަތު ދިނުމަށް ހުށަހަޅާފައިވާ ކަމަށް ޝަރީފް ވިދާޅުވިއެވެ. އަދި އިދިކޮޅު ލީޑަރު އެއްވެސް ހާލަތެއްގައި ސަލާމަތާއި ރައްކާތެރިކަން ބޭނުންވެއްޖެ ހިނދެއްގައި އެކަންކަން ހަމަޖެއްސުމަށްވެސް ހުށަހެޅި ކަމަށް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ އެމްޑީޕީގެ އެ ހުށަހެޅުން ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ގެންނަ އިސްލާހުގެ ތެރޭގައި ހިމަނާފައިވާނެ ކަމަށާއި ރާއްޖޭގެ ސިޔާސީ މަޝްރަހު އިތުރަށް ހަރުދަނާވަމުން އަންނައިރު، އެފަދަ ބަދަލުތައް ގެނައުމަކީ ގާނޫނުގެ ތެރެއިން އަންނަންޖެހޭ ކަންކަން ކަމަށެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނަށް ގިނަ އިސްލާހުތަކެއް ގެންނަން ނިންމާފައިވާ އިރު، އެކަމާ ގުޅޭ ގޮތުން ސިޔާސީ ޕާޓީތަކާ އެކު އިލެކްޝަންސް ކޮމިޝަނުން ވަނީ މަޝްވަރާކޮށްފައެވެ. އެ ބައްދަލުވުމުގައި އެމްޑީޕީ އާއި ޕީޕީއެމާއި ޕީއެންސީ އާއި ޖުމްހޫރީ ޕާޓީގެ އިތުރުން ޑީއާރުޕީން އަދި އެހެންވެސް ޕާޓީތަކުން ބައިވެރިވިއެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނަށް ހުށަހެޅި އިސްލާހުތަކުގެ ތެރެއިން ޕާޓީތަކުގެ މަސްއޫލިއްޔަތުތައް ބަޔާންކުރާ ހަ ވަނަ މާއްދާގެ (ފ) އޮތީ، “ސިޔާސީ ޕާޓީތައް ރެގިއުލޭޓްކުރުމުގެ ގޮތުން ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން އިލެކްޝަންސް ކޮމިޝަނުން އަންގާ ކަންކަން ކުރަން” ޖެހޭ ގޮތަށެވެ.

ގާނޫނަށް ގެންނަން ހުށަހަޅާފައިވާ މުހިއްމު ބައެއް އިސްލާހުތަކުގެ ތެރޭގައި ދަރަންޏަށް ޒިންމާވުމާއި ޕާޓީތަކުގެ މަގާމްތަކުގައި 33 ޕަސެންޓް އަންހެނުން ތިބުމާއި ގާނޫނާ ޚިލާފުވުމުން އަޅާ ފިޔަވަޅުގެ ޖޫރިމަނާ ބޮޑު ކުރުމާއި އިސް މަގާމްތަކާ ހަވާލުވެ ތިބޭ މީހުން ޖޫރިމަނާކުރުމާއި އިންތިޚާބުތަކުގައި އީސީގެ ދަފްތަރަށް ވޯޓުލުމާއި ވަކި މުއްދަތަކަށް ޕާޓީ ސަސްޕެންޑްކުރން ހިމެނެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: