ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑް ވެކްސިން ރާއްޖެ އަށް ހޯދައިދޭން އެހީވާނަން: ޑަބްލިއުއެޗްއޯ

ޝެއާރކޮށްލާ ކަހަލަދޯ؟

ކޯވިޑް-19ގެ ވެކްސިން ހޯދުމަށް ރާއްޖެ އަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ޑަބްލިއުއެޗްއޯ އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ މަންދޫބު ޑޮކްޓަރ އަރުވިންދު މާތުރު ވިދާޅުވެއްޖެއެވެ.

މަންދޫބު މިހެން ވިދާޅުވީ ރައީސް މުޙައްމަދު ޞާލިޙްގެ އަރިހަށް މިއަދު ކުރެއްވި ވަދާއީ ޒިޔާރަތުގައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ސޯލިހު ދެއްކެވި ވާހަކަފުޅުގައި، ކޯވިޑް-19ގެ ސަބަބުން ކުރިމަތިވެފައިވާ ހާލަތުން އަރައިގަތުމަށް އެ ބަލީގެ ވެކްސިން ހޯދުމުގައި ރާއްޖެއަށް އެ ޖަމުޢިއްޔާގެ އެހީތެރިކަމާއި އެއްބާރުލުން ލިބޭނެކަމަށް އުންމީދު ކުރައްވާ ކަމުގައި ވިދާޅުވިއެވެ.

މިކަމާއިމެދު ވާހަކަފުޅު ދައްކަވަމުން ޑޮކްޓަރ އަރްވިންދް މާތުރު ވަނީ، ރާއްޖެއިން ކޯވެކްސް ފެސިލިޓީގައި ބައިވެރިވުމަށް ނިންމި ނިންމުމަށް މަރުޙަބާ ވިދާޅުވެފައެވެ. އަދި، ކޯވިޑް-19ގެ ވެކްސިން ހޯދުމަށް ކުރަމުންދާ މަސައްކަތުގައި އެ ޖަމުޢިއްޔާއިން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.

މީގެއިތުރުން ވަކީން ޚާއްޞަކޮށް، ޑޮކްޓަރ އަރްވިންދް މާތުރުގެ މަންދޫބުކަމުގެ ދައުރުގައި އެ ޖަމުޢިއްޔާއިން ރާއްޖެއާމެދު ބަހައްޓަމުންދާ ގާތްކަމާއި، ބަދަހިވަމުންދިޔަ ގުޅުމަށް އިޝާރާތްކުރައްވާ ރައީސުލްޖުމްހޫރިއްޔާ ވަނީ އެ ކަމަށް ޝުކުރު އަދާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ޑޮކްޓަރ އަރްވިންދް މާތުރު ދެއްކެވި ވާހަކަފުޅުގައި ކޯވިޑް-19ގެ ސަބަބުން ކުރިމަތިވި ހާލަތުން އަރައިގަތުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތައް ފާހަގަކުރައްވާ، އަދި ވޭތުވެދިޔަ ދެ އަހަރުގެ ތެރޭގައި ޞިއްޙީ ދާއިރާ ކުރިއެރުވުމަށް ސަރުކާރުން ކޮށްފައިވާ މަސައްކަތްތަކާއި، ހޯދާފައިވާ ތަރައްޤީއާއި ކާމިޔާބީއަށް ތަޢުރީފު ކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: