ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

“ހިޔާ މަޝްރޫޢު”ގެ ދަށުން ދިރިއުޅުމުގެ ހާލަތު ދެނެގަތުމަށް އެކުލަވާލާފައިވާ މިންގަނޑު އާންމުކޮށްފި

ހުޅުމާލެ ފޭސް ދޭއްގައި އަޅާފައިވާ ހިޔާ މަޝްރޫއުގެ ފްލެޓުތައް
ޝެއާރކޮށްލާ ކަހަލަދޯ؟

“ހިޔާ މަޝްރޫޢު”ގެ ދަށުން ފްލެޓަށް އެދި ފޯމު ހުށަހަޅުއްވާފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުތު ފުރިހަމަވާ ފަރާތްތަކުގެ “ދިރިއުޅުމުގެ ހާލަތު”ގެ ބަޔަށް ޕޮއިންޓް ދިނުމަށް އެކުލަވައިލާފައިވާ މިންގަނޑު ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމިޓީން މިއަދު ޢާންމުކޮށްފިއެވެ.

މި ގޮތުން، އެ ކޮމިޓީން ޢާންމުކޮށްފައިވާ އިޢުލާނެއްގައި ބުނެފައި ވަނީ ވަނީ، ދިރިއުޅުމުގެ ހާލަތުގެ ބަޔަށް އިންސާފުވެރިކަމާއި ހަމަހަމަކަމާއެކު ޕޮއިންޓް ދިނުމަށް ޚާއްޞަ މިންގަނޑެއް އެކުލަވައިލައްވާފައި ވަނީ، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަންނީ ލަފަޔާއެކު ކަމުގައެވެ.

އެ ކޮމިޓީގެ އިޢުލާނުގައި އިތުރަށް ވަނީ، ދިރިއުޅުމުގެ ހާލަތު ދެނެގަތުމަށް އެކުލަވައިލާފައިވާ މިންގަނޑުގައި ހިމެނޭ މަޢުލޫމާތު ކުރިން ހާމަކޮށްފައި ނުވަނީ، އެ މަޢުލޫމާތަކީ ކުރިން ހާމަކޮށްފިނަމަ، އެންމެ އިންސާފުވެރިކަމާއެކު ޕޮއިންޓް ދިނުމަށް ހުރަސްއެޅޭނެ މަޢުލޫމާތެއްކަމަށް ކޮމިޓީއަށް ފެންނާތީ ކަމުގައެވެ. އަދި، މިހާރު ޢާންމުކޮށްފައި މި ވަނީ، ފޯމު ހުށަހަޅުއްވާފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތައް ދިރިއުޅޭ ގޭގެއަށް ޒިޔާރަތްކޮށް ދިރިއުޅުމުގެ ހާލަތު ވަޒަންކުރުމަށްފަހު، ވަގުތީ ލިސްޓުތައް އިޢުލާނުކޮށްފައިވާ ކެޓެގަރީތަކުގެ މިންގަނޑާ ގުޅޭ މަޢުލޫމާތު ކަމުގައެވެ.

އެ ގޮތުން، ދިރިއުޅުމުގެ ހާލަތު ދެނެގަތުމަށް އެކުލަވައިލާފައިވާ މިންގަނޑު ޢާންމުކުރައްވާފައިވާ ކެޓެގަރީތަކަކީ H4 (ޑޮކްޓަރުންނާއި ނަރުހުންނަށް ޚާއްޞަ) ކެޓަގަރީއާއި، H5 (ޓީޗަރުންނަށް ޚާއްޞަ) ކެޓަގަރީއާއި، H6 (އެކަނިވެރި މައިންނާއި ބަފައިންނަށް ޚާއްޞަ) ކެޓަގަރީއާއި، H7 (18 އަހަރާއި 40 އަހަރާ ދެމެދުގެ ކައިވެނިކޮށްގެންއުޅޭ ފަރާތްތަކަށް ޚާއްޞަ) ކެޓަގަރީއާއި، H8 (މާލޭ ރަށްވެހިންނަށް ޚާއްޞަ) ކެޓަގަރީގެ އިތުރުން H9 (މާލޭ މުނިސިޕަލްޓީގެ ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް ޚާއްޞަ) ކެޓަގަރީ އަދި H10 (ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާ އާއިލާތަކަށް ޚާއްސަ) ކެޓަގަރީއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: